06 އެޕްރީލް 2021
ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމޭކް ދީޕިކާ ޕަދްކޯނާއި ރިޝީ ކަޕޫރާ އެކު ހަދަން ނިންމާފައި ވަނިކޮށް، ރިޝީ މިދިޔަ އަހަރު މަރުވެފައިވާތީ އެ ފިލްމު އަމީތާބް ބައްޗަނާ އެކު ހަދަން ނިންމިކަން އޭގެ ޓީމުން ކަށަވަރުކޮށް ދީފި އެވެ.
ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމޭކް ދީޕިކާ ޕަދްކޯނާއި ރިޝީ ކަޕޫރާ އެކު ހަދަން ނިންމާފައި ވަނިކޮށް، ރިޝީ މިދިޔަ އަހަރު މަރުވެފައިވާތީ އެ ފިލްމު އަމީތާބް ބައްޗަނާ އެކު ހަދަން ނިންމިކަން އޭގެ ޓީމުން ކަށަވަރުކޮށް ދީފި އެވެ.
އަމީތާބަށް ފިލްމު ހުށަހެޅިކަމުގެ ވާހަކަތައް ދެކެވެން ފެށީ ރިޝީ އެޕްރީލް 30، 2020 ގައި މަރުވުމުގެ ކުރިން ހާލު ސީރިއަސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށި ހިސާބުންނެވެ. އެކަމަކު މިހާރު އެކަން ފިލްމުގެ ފަސްޓްލުކް ޕޯސްޓަރާ ވެސް އެކު މި ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ހިންދީ ފިލްމަށް ވެސް "ދި އިންޓާން" ކިޔާފައިވާ އިރު މީގެ ޑައިރެކްޓަރަކީ މީޑިއާތަކުން ދާދި ފަހުން ބުނި ގޮތަށް ހަމަ އަމިތު ރަވިންދުރަނާތު ޝަރުމާ އެވެ. އޭނާ މި ވަގުތު އަންނަނީ އަޖޭ ދޭވްގަންއާ އެކު "މައިދާން" ގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމަކީ މި އަހަރުގެ އޮކްޓޯބަރު 15 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
އަމިތަކީ 2018 ގައި ބޮޑު ތަރުހީބެއް ލިބުނު "ބަދާއީ ހޯ" ގެ ވެސް ޑައިރެކްޓަރެވެ.
"ދި އިންޓާން" ގެ ހިންދީ ރިމެކަކީ ދީޕިކާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ފިލްމެކެވެ. ފިލްމުގައި އޭނާ އަމީތާބާ އެކު މަސައްކަތްކުރަން ހަމަޖެހުނު އިރު ކުރިން ވެސް ދެ ތަރިން އެކީގައި ދެ ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ 2015 ގެ "ޕީކޫ" އާއި 2011 ގެ "އާރަކްޝަން" އެވެ.
"ދި އިންޓާން" ގެ އިތުރުން ދީޕިކާ އާއި އަމީތާބް ފެންނާނެ އެހެން ފިލްމެއް ވެސް އެބަ އޮތެވެ. އެއީ "ބާހްބަލީ" ކުޅުނު ތެލެގޫ އެކްޓަރު ޕްރަބާސް ބަތަލުގެ ރޯލު ކުޅޭ އަދި ނަން އިއުލާން ނުކުރާ ފިލްމެކެވެ.
ދެހާސް ފަނަރައިގައި ނޭންސީ މޭޔާޒް ޑައިރެކްޓްކޮށް ގެނެސްދިން "ދި އިންޓާން" އަކީ ފެޝަން ކުންފުންޏެއްގައި މަސައްކަތްކުރާ ދެ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެއީ ހުވަފަތްވެފައިވާ ދުވަސްވީ ފިރިހެނަކާއި ކުޑަ އާއިލާއެއް އޮންނަ ޒުވާން އަންހެނެއްގެ ވާހަކަ އެވެ. ފިލްމުގައި އެ ރޯލުތައް ކުޅުނީ ރޮބަޓް ޑި ނީރޯ އާއި އޭން ހަތަވޭ އެވެ
ދީޕިކާގެ "އިންޓާން" އަށް ޑައިރެކްޓަރަކު ހަމަޖެހިއްޖެ
ޕްރަބާސްގެ އަތުގައި ބޮޑެތި ފިލްމުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދީޕިކާ އާއި ޕްރަބާސްގެ ފިލްމަކީ ސައިންސް ފިކްޝަނެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދީޕިކާ އާއި ޕްރަބާސްގެ ފިލްމަށް އަމީތާބް
ދީޕިކާ ޕްރޮޑިއުސްކުރާ ދެވަނަ ފިލްމުގެ މަސައްކަތް ފަށަނީ
އަމީތާބަށް އެންމެ އުނދަގުލީ އަޑުއަޅަން