16 މާޗް 2021
ބަތަލާ ދީޕިކާ ޕަދްކޯން ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލު ކުޅޭ ގޮތަށް މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާންކުރި ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމޭކްގެ ޑައިރެކްޝަން އަމިތު ޝަރުމާއާ ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބަތަލާ ދީޕިކާ ޕަދްކޯން ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލު ކުޅޭ ގޮތަށް މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާންކުރި ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމޭކްގެ ޑައިރެކްޝަން އަމިތު ޝަރުމާއާ ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ އެ ފިލްމުގެ ޑައިރެކްޓްކުރާނެ މީހަކާ ބެހޭ ގޮތުން ދެކެވުނު ވާހަކަތަކުގައި ޓީމްގައި އެންމެންނަށް އެއްބަސްވުމަކަށް އާދެވުނު މީހަކީ އަމިތު ކަމަށެވެ. އެހެންވެ އޭނާއާ ފިލްމު ހަވާލުކުރަން ނިންމައި ތައްޔާރީތައް ވަރަށް އަވަހަށް ވާން ފަށާނެ ކަމަށް ބުންޏެވެ.
އަމިތަކީ 2018 ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބަދާއީ ހޯ" ގެނެސްދިން ޑައިރެކްޓަރެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އޮކްޓޯބަރު މަހުގެ 15 ގައި އަޖޭ ދޭވްގަނާ އެކު ގެނެސްދޭ ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާ "މައިދާން" އެވެ.
ދީޕިކާ ހިންދީ ރިމެކެއް ހަދަން ނިންމި "ދި އިންޓާން" އަކީ 2015 ގައި ގެނެސްދިން ވަރަށް ކާމިޔާބު ބަޑީ ކޮމެޑީ ޑްރާމާ ފިލްމެކެވެ ފެޝަން ކުންފުންޏެއްގައި މަސައްކަތްކުރާ ޒުވާން އަންހެނަކާއި ދުވަސްވީ ފިރިހެން މުވައްޒަފަކާ ދެމެދު އޮންނަ ހާއްސަ ގުޅުމެއް ދައްކުވައިދޭ އެ ފިލްމަކީ ނޭންސީ މޭޔާޒް ޑައިރެކްޓްކޮށް، ރޮބަޓް ޑި ނީރޯ އާއި އޭން ހޭތަވޭ މައިގަނޑު ރޯލްތައް ކުޅުނު ފިލްމެކެވެ.
މީގެ ހިންދީ ރިމެކްގައި ދީޕިކާއާ އެކު ކުރިން މަސައްކަތްކުރާ ގޮތަށް އޮތީ މިދިޔަ އަހަރު މަރުވި އެކްޓަރު ރިޝީ ކަޕޫރެވެ. އޭގެ ފަހުން އަޑުތައް އަރާފައިވާ ގޮތުން ޑި ނީރޯގެ ރޯލަށް އަމީތާބް ބައްޗަން ގެނައުމާ ބެހޭ ގޮތުން ވާހަކަތަކެއް ދެކެވިފައވެ އެވެ.
ނަމަވެސް "ދި އިންޓާން" ގެ ހިންދީ ރިމެކްގެ އެއްވެސް އަޑެއްބަޑެއް ނީވޭތާ ދުވަސްތަކެއް ފަހުން ފިލްމަށް ޑައިރެކްޓަރަކު ހަމަޖެހުނު ކަމަށް މީޑިއާތަކުން ބުންޏަސް ކާސްޓާ ބެހޭ ވާހަކަތަކެއް މި ވަގުތު ދެކެވެމުންނެއް ނުދެ އެވެ.
މި ފިލްމު ހަދަން ނިންމާފައި ވަނީ ދީޕިކާގެ ފިލްމު ކުންފުނި ކާ ޕްރޮޑަކްޝަނާއި ވޯނާ ބްރޮސް އިންޑިއާ އަދި އެޒްއާ އެންޓަޓައިންމަންޓްގުޅިގެންނެވެ.
ދީޕިކާއާ އެކު "ދި އިންޓާން" އަށް އަމީތާބް ކަށަވަރު
ޕްރަބާސްގެ އަތުގައި ބޮޑެތި ފިލްމުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދީޕިކާ އާއި ޕްރަބާސްގެ ފިލްމަކީ ސައިންސް ފިކްޝަނެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދީޕިކާ އާއި ޕްރަބާސްގެ ފިލްމަށް އަމީތާބް
ދީޕިކާ ޕްރޮޑިއުސްކުރާ ދެވަނަ ފިލްމުގެ މަސައްކަތް ފަށަނީ
އަމީތާބަށް އެންމެ އުނދަގުލީ އަޑުއަޅަން