ވަޒީރުންނާއި ސަރުކާރަށް ތާއީދުކުރާ މަޖްލިސް މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ކަރަންޓީނުވުމެއް ނެތި އަތޮޅުތަކަށް ދަތުރުކޮށް ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ނޯންނަށް ކަަމަށް ވިދާޅުވެ، މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފި އެވެ.
23 މާޗް 2021
ވަޒީރުންނާއި ސަރުކާރަށް ތާއީދުކުރާ މަޖްލިސް މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ކަރަންޓީނުވުމެއް ނެތި އަތޮޅުތަކަށް ދަތުރުކޮށް ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ނޯންނަށް ކަަމަށް ވިދާޅުވެ، މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފި އެވެ.
އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރަށްރަށަށް ދަތުރުކޮށް ސިޔާސީ ހަރަކާތްތައް ހިންގަން ސަރުކާރަށް ފުރުސަތު އޮވެފައި އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ނޯންނާތީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުންދާ ކަމަށެވެ. ނުތަނަވަސްކަން އުފެދެނީ، އޭނާ ވިދާޅުވި ގޮތުގައި، ދަތުރުކުރުމުގެ ފުރުސަތު ދިނުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗުޕީއޭ) އިން ގެންގުޅޭ އުސޫލަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް މީހުން ދެކޭތީ އެވެ.
ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފަހު މިހާރު ކުރިއަށްދާ ބަހުސްގައި ސައީދު ވިދާޅުވި ގޮތުގައި ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް، ހެލްތު މިނިސްޓަރުގެ ނުފޫޒު އޮންނަ ކަން، މަޖިލީހުގެ ކޮމިޓީއެއްގައި ދެއްކެވި ވާހަކައިން އެނގޭ ކަމަށެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުން އަތޮޅުތަކަށް ޒިޔާރަތްކުރައްވަން ފުރުސަތު ލިބެނީ އެޗްޕީއޭއަށް އޮންނަ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ހަފްތާ ބަންދުގައި ވެސް ވަޒީރުންނާއި މަޖިލިސް މެމްބަރުން އަތޮޅުތަކަށް ވަޑައިގެން، އެއްވެސް ގައިދުރުކަމެއް ނެތި، މާސްކް ވެސް ނާޅުއްވާ އުޅުއްވި އެވެ.
"އަޅުގަނޑަށް އެއީ މާ ބޮޑު މައްސަލައަކަށް ވަނީއެއް ނޫން. އިއްޒަތްތެރި ރައީސް، މައްސަލައަކަށް ވަނީ ވަކި ގޮތަކަށް ގައިޑްލައިންތައް ހަދައި، ރަށު ބަންދުގައި ރައްޔިތުން ބައިތިއްބާފައި، ސިޔާސީ ވާދަވެރި ފަރާތް ބަހައްޓާފައި އަދި ސިޔާސީ ޕާޓީތައް، ސިޔާސީ ޕާޓީތަކެއް މި ދަންނަވަނަނީ މިއަދު ހާއްސަކޮށް ޕީޕީއެމް ޕީއެންސީ އަތް ބަނދެފައި، އަޅުގަނޑުމެންގެ ފަންޑެއް، އަޅުގަނޑުމެންގެ ރީސޯސެއް، އަޅުގަނޑުމެންގެ ލީޑަރު ހުއްޓަސް ހައްޔަރުކޮށްފައި މިކަން ކުރާތީ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމަހަމަ ފުރުސަތު ދޭން ގޮވާލައްވަނީ އެހެންވެ ކަމަށެވެ.
ސައީދު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި އެމްޑީޕީ މެމްބަރުން ވިދާޅުވީ ބަލިމަޑުކަމުގެ ހާލަތުގައި ވެސް ކެމްޕޭން ކުރެވޭނެ ގޮތްތައް އެބަ ހުރި ކަމަށާއި އެގޮތަށް މަސައްކަތްކުރާ ނަމަ އިދިކޮޅު ފަރާތްތަކަށް ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
ޓެގް ޓީމުން ވަނީ އެޗްޕީއޭ ހިސޯރުކޮށްފައި: ބޮންޑޭ
ވަސީލަތް ހުންނާނެ، ވިޔަފާރިއަށް ފަހިވާން ޖެހޭ: ނަޝީދު
އިންތިހާބާ ގުޅޭ ގައިޑްލައިން ބަދަލުކުރަން އެއްބަސްވެއްޖެ
ގާނޫނާ ޚިލާފުވާން އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު
"ރައްޔިތުންގެ އިތުބާރާއެކު ތަރައްގީގެ ދުވެލި ބާރުވާނެ"
ދެ ވަޒީރުން ގާނޫނާ ހިލާފުވި ކަމަށް ބުނާ މައްސަލައެއް
އެމްޑީޕީގެ ވިޕާ ހިލާފަށް 5 މެމްބަރަކު ސައީދަށް ރުހުން
އެމްޑީޕީން ވެސް ނިންމީ 4 ވަޒީރަކަށް ރުހުން ނުދޭން
ބަންކަރިން ހިދުމަތުގެ އެއްބަސްވުން ރިވިއު ކުރަނީ
ވަޒީރުންނާ ސުވާލުކުރުން ގާނޫނަށް ފެއްތެވުމުން ނުރުހުން!