13 މާޗް 2021
އަހުމަދުއާބާދު، އިންޑިއާ (މާޗް 13) - މި އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާގައި ބާއްވަން ތާވަލުކޮށްފައިވާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ފޭވަރިޓުންނަކީ އިންގްލެންޑް ކަމަށް އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ބުނެފި އެވެ.
އަހުމަދުއާބާދު، އިންޑިއާ (މާޗް 13) - މި އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާގައި ބާއްވަން ތާވަލުކޮށްފައިވާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ފޭވަރިޓުންނަކީ އިންގްލެންޑް ކަމަށް އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ބުނެފި އެވެ.
އިންޑިއާގައި މިހާރު އިންގްލެންޑާ ދެކޮޅަށް ކުޅެމުން އަންނަ ޓީ20 ސީރީސްގައި އިއްޔެ ކުޅުނު މެޗުން އިންގްލެންޑް ވަނީ އަށް ވިކެޓުން މޮޅުވެފަ އެވެ. މި ސީރީސްގައި ފަސް މެޗު ކުޅޭއިރު، އިއްޔެ ކުޅުނީ ފުރަތަމަ މެޗެވެ.
ވިރާތު ވަނީ އިއްޔެގެ މެޗުގައި އިންގްލެންޑްގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފުކޮށްފަ އެވެ. އަދި އިންޑިއާ އިން ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅުނުކޮށްފިނަމަ އިންގްލެންޑް އަތުން މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށް ވިރާތު ބުންޏެވެ.
"މި މެޗުތަކުގެ ކުރިން އޮތް އިންޓަވިއުގައި ވެސް އަހަރެން ބުނިން. ކްރިކެޓް ވޯލްޑް ކަޕްގެ ފޭވަރިޓުންނަކީ އިންގްލެންޑް. އެ މީހުން އޮތީ ރަނގަޅު ފޯމެއްގައި. އެ މީހުންގެ ކުޅުންތެރިންގެ ކޮލިޓީ އަންނަނީ ފަހަރަކަށް ވުރެ ފަހަރެއް ރަނގަޅުވަމުން. އަހަރެމެން އެބަޖެހޭ އަމިއްލަ ވިސްނުން ރަނގަޅު ލެވަލެއްގައި ބަހައްޓައިގެން ގިނަ ކަންކަން ރަނގަޅުކުރަން،" ވިރާތު ބުންޏެވެ.
އިންގްލެންޑް މެޗުގެ ތެރެއިން އިންޑިއާގެ ސަޕޯޓަރުން.-- ފޮޓޯ: އޭއެފްޕީ
ދުނިޔޭގެ އެންމެ ގިނަ މީހުންނަށް ވަދެވޭ ކްރިކެޓް ސްޓޭޑިއަމްގައި ކުޅޭ މި ސީރީސްގެ އެންމެ ބޮޑު ބޭނުމަކީ އިންޑިއާގެ މާހައުލަށް ތައްޔާރުވެލުން ކަމަށް އިންގްލެންޑްގެ ކެޕްޓަން އޮއިން މޯގަން ވަނީ ބުނެފަ އެވެ. ފުރަތަމަ މެޗު މޮޅަކުން ފެށުމަކީ ކުރިއަށްދާން ލިބުނު ހިތްވަރެއް ކަމަށާއި އެކަމަކު އިންޑިއާގެ ފެންވަރާ މެދު ކޮންމެ މެޗެއްގައި ވެސް އިންގްލެންޑް ސަމާލުވާނެ ކަމަށް މޯގަން ބުންޏެވެ.
"އިންޑިއާގެ ކްރިކެޓް މާހައުލަށް ވޯލްޑް ކަޕްގެ ކުރިން ހޭނުމަކީ އަހަރެމެންނަށް ވަރަށް މުހިއްމުކަމެއް. އެއީ އާންމުކޮށް ވަރަށް ފޯރިގަދަކޮށް އިންޑިއާގައި ކްރިކެޓް މުބާރާތްތައް ދާނީ. މުބާރާތެއް ނޫނަސް މެޗުތައް ވެސް ފޯރިގަދަވާނެ. އެހެންވީމަ މި ސީރީސް އިން އަހަރެމެންނަށް ފައިދާތަކެއް ކުރާނެ،" މޯގަން ބުންޏެވެ.
އިންޑިއާގައި 2016 ވަނަ އަހަރު ބޭއްވި ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ ވެސްޓް އިންޑީސް އެވެ. އެއީ ފައިނަލުގައި އިންގްލެންޑް އަށް ވިކެޓުން ބަލިކޮށްގެންނެވެ.
ރެކޯޑް މުގުރާލައި އިންޑިއާ ގޮވައިގެން ކޯލީ ފައިނަލަށް
ތިން އަހަރަށް ފަހު ވިރާތު ކޯލީ ޓެސްޓް ސައްތައެއް ހަދައިފި
ޕާކިސްތާނަށް ގުރޫޕްގެ އެއްވަނަ، އިންޑިއާ ކަޓައިފި
"އިންޑިއާ ސަޕޯޓަރުން ޖަޒުބާތުގައި ނުޖެހެން އެދެން"
ކްރިކެޓް ވޯލްޑް ކަޕަށް ސަމާލުކަން ބޮޑުވާނެ: ވިރާތު
އިންޑިއާ-ޕާކިސްތާން މެޗު ނޯންނާނެކަމުގެ އިޝާރާތެއް ނެތް
ޓެންޑުލްކާއާ ވާދައެއް ނުކުރާނަން: ވިރާތު
އިންޑިއާގެ ކްރިކެޓް ޓީމް ރާއްޖެ އައުމަށް ދައުވަތުދީފި
އަކޭ ގޮވައިގެން އަނުޝްކާ އިންޑިއާ އަށް ހިނގައްޖެ
އަނުޝްކާ އާއި ވިރާޓް އަށް ފިރިހެން ކުއްޖަކު ލިބިއްޖެެ