Roadha Mihaaru
ސަސްޕެންޑް ކުރުމުން އިޔާޒް ރައްދު ދެއްވައިފި

އަޅުގަނޑުގެ ސަބަބުން އެމްއެންޔޫގެ ކަރާމާތް ވާނީ މަތިވެރި: އިޔާޒް

08 މާޗް 2021

އޭނާގެ ސަބަބުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކަރާމާތަށް އެއްވެސް އުނިކަމެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އޭގެ ބަދަލުގައި އެ ޔުނިވާސިޓީގެ ކަރާމާތް ވަނީ މަތިވެރި ކަމަށް ގައުމީ ޔުނިވާސިޓީން ސަސްޕެންޑް ކޮށްފައިވާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އޭނާގެ ސަބަބުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކަރާމާތަށް އެއްވެސް އުނިކަމެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އޭގެ ބަދަލުގައި އެ ޔުނިވާސިޓީގެ ކަރާމާތް ވަނީ މަތިވެރި ކަމަށް ގައުމީ ޔުނިވާސިޓީން ސަސްޕެންޑް ކޮށްފައިވާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އިޔާޒް 14 ދުވަހަށް ސަސްޕެންޑްކުރީ އޭނާ ސޯޝަލް މީޑިއާގައި އާންމުކުރައްވާ ލިޔުންތަކުގެ ސަބަބުން ޔުނިވާސިޓީގެ ކަރާމާތަށް ގެއްލުންވާ ކަމަށް ބުނެ އެވެ.

ސަސްޕެންޑް ކުރުމާ ގުޅިގެން އެމްއެންޔޫގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށް އިޔާޒް ފޮނުއްވި ސިޓީގައި ވަނީ އޭނާއަކީ އިސްލާމްދީނުގެ އިލްމު ހާސިލް ކުރައްވައިގެން އެ މައުލޫމާތު މީހުންނަށް ފޯރުކޮށްދެއްވާ ބޭފުޅެއް ކަމަށާއި އެކަން އޭނާ ކުރައްވަމުން އަންނަނީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ސަރުކާރުން ދިނުމުން ކަމަށް އެ ސިޓީގައިވެ އެވެ. އަދި އޭނާއަކީ އިސްލާހަށް މަސައްކަަތްކުރައްވާ ބޭފުޅަކަށް ވާތީ ހައްގު ބަސް އަބަދުވެސް ވިދާޅުވާނެ ކަމަށާއި އޭގެ ސަބަބުން އެމްއެންޔޫގެ ކަރާމާތް އިތުރަށް މަތިވެގެންދާނެ ކަމަށް އެ ސިޓީގައިވެ އެވެ.

"އަޅުގަނޑު ބުނަން ބޭނުންވާ ހައްގު ބަސް މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތިި އިރާދަކުރެއްވިއްޔާ އަބަދުވެސް ބުނަމުން ގެންދާނަމެވެ." އެ ސިޓީގައިވެ އެވެ.

އެ ސިޓީގައި ވަނީ ގާނޫނުއަސާސީން ލިބިިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލު ކުރުމުގެ ހައްގު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށާއި އަދި އެފަދަ އަމުރުތައް ތަންފީޒުކުރާ ފަރާތްތަކުން ވެސް އެކަމަށް ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

އެ ސިޓީގައިވާ ގޮތުން އޭނާ ސަސްޕެންޑްކުރީ އާންމުންގެ ފަރާތުން ހުށަހެޅި ޝަކުވާތަކެއް ބަލަމުންދާތީ ކަމަށް އޭނާ އަށް އަންގާފައި ވިޔަސް، އެއީ ކޮން ޝަކުވާތަކެއް ކަމެއް އޭނާއަށް އަންގާފައެއް ނުވެ އެވެ. އަދި އޭނާގެ ސަބަބުން އެމްއެންޔޫގެ އަގު ވެއްޓޭ ކަމަށް ބުނުމުން ހައިރާންވެ އަދި ދެރަވާ ކަމަށާއި އެގޮތަށް އެ ބުނަނީ ބަޔަކު މަޖުބޫރު ކޮށްގެންތޯ ސުވާލު އުފެދޭ ކަމަށް ވެސް އިޔާޒްގެ ސިޓީގައިވެ އެވެ.

އިޔާޒަކީ ކޮވިޑާ ގުޅިގެން މިސްކިތްތަކުގައި ނަމާދުގައި ޖަމާއަތް ހަދާއިރު، ގައިދުރު ނުކުރުމަށް އާންމުންނަށް ފާޅުގައި ހިތްވަރު ދެއްވި ބޭފުޅެކެވެ.