Roadha Mihaaru
ވެކްސިން ކިއުގައި ނުޖެހެން އުމުރު އޮޅުވާލަނީ

ވެކްސިން ކިއުގައި ނުޖެހެން އުމުރު އޮޅުވާލާ މައްސަލަތައް އެމެރިކާގައި އިތުރުވަނީ

21 ފެބުރުއަރީ 2021

އެމެރިކާގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން މިހާރު ދިގު ކިއޫތަކުގައި މަޑުކުރަންޖެހޭތީ އެކަން ނުކޮށް، ވީހާ ވެސް އަވަކަށް ވެކްސިން ޖެހުމުގެ ފުރުސަތު ހޯދުމުގެ ގޮތުން ސިފަ މުސްކުޅިކޮށް ވެކްސިން ޖަހަން އުޅުނު ދެ އަންހެނެއްގެ މައްސަލަ ފްލޮރިޑާގައި ފެންމަތިވެ އެކަން ބަލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން މިހާރު ދިގު ކިއޫތަކުގައި މަޑުކުރަންޖެހޭތީ އެކަން ނުކޮށް، ވީހާ ވެސް އަވަކަށް ވެކްސިން ޖެހުމުގެ ފުރުސަތު ހޯދުމުގެ ގޮތުން ސިފަ މުސްކުޅިކޮށް ވެކްސިން ޖަހަން އުޅުނު ދެ އަންހެނެއްގެ މައްސަލަ ފްލޮރިޑާގައި ފެންމަތިވެ އެކަން ބަލަން ފަށައިފި އެވެ.

ފްލޮރިޑާ އޮރެންޖް ކައުންޓީގެ ހެލްތު އެޑްމިނިސްޓްރޭޓަރު ރޯލް ޕީނޯ ވިދާޅުވި ގޮތުގައި ދުވަސްވީ ބައެއް ކަމަށް ހެދިގެން ކިއޫގައި ނުޖެހި ވެކްސިން ޖެހުމުގެ ފުރުސަތު ހޯދަން އުޅުނު ދެ މިހުންނަކީ 34 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ.

"އެ މީހުން ބީ މާމައިން އުމުރުގެ މީހުންގެ ސިފަ ޖައްސަައިގެން އެގޮތަށް ހެދުން އަޅައިގެން،" ރޯލް ވިދާޅުވި އެވެ. "އަދި ގެންގުޅުނީ ފޭކް އުފަން ދުވަހުގެ ސެޓްފިޓެކާއި ފޭކް ސީޑީސީގެ ކާޑު."

އޮރެންޖް ކައުންޓީ ހެލްތު ޑިޕާޓްމަންޓުން ބުނީ ވެކްސިން ޖަހަން އުމުރު އޮޅުވާލުމުގެ މައްސަލަތަކާ ހެދި ދެން އެފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ވެސް ކުރާނެ އެވެ. އުމުރު އޮޅުވާލި ދެ އަންހެނުންގެ މައްސަލަ ވެސް ފުލުހުންނަށް ހުށަހެޅި އެވެ. އެކަމަކު އެ މީހުންގެ މައްޗަށް ދައުވާކޮށްފައެއް ނުވެ އެވެ.

ކޮވިޑް ވެކްސން ޖަހަން އެމެރިކާގެ ބަޔަކު ކިއުއެއްގައި.

ކޮވިޑް ވެކްސން ޖަހަން އެމެރިކާގެ ބަޔަކު ކިއުއެއްގައި.

އެމެރިކާގައި ވެކްސިން ޖަހަމުން އަންނަ އިރު ހުރިހާ ސްޓޭޓެއްގައި ވެސް އުމުރުން 65 އަހަރުން މަތީގެ މީހުން ކިއޫތަކުގައި މަޑުކުރަން ނުޖެހޭ ގޮތަށް ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވެ އެވެ. ނަމަވެސް ދިގު ކިއޫތަކުގައި ގިނަ އިރުތަކެއް ވަންދެން މަޑުކޮށްގެން ތިބެން ޖެހޭތީ ބައެއް މީހުންގެ ފަރާތުން އޮޅުވާލަން އުޅުމުގެ އަމަލުތައް ފެންމަތިވާ މައްސަލަ ދަނީ އިތުރުވަމުންނެވެ.

އެގޮތުން ޒުވާނަކު އޭނާގެ ބައްޕަ ކަމަށް ހެދިގެން އަވަހަށް ވެކްސިން ޖަހަން އުޅުނު މައްސަލައެއް ވެސް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިދިޔަ ހަފުތާގައި އައިސްފައިވެ އެވެ.

އެމެރިކާ އަކީ ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެކަމަކު ވެކްސިން ޖަހަން ފެށި ފަހުން އެ ގައުމުގެ ކޭސްތައް ވަނީ ދަށްވާން ފަށައިފަ އެވެ. ކޮވިޑްގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު 500،000 އާ ގާތްކުރެ އެވެ.