ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް، ވަކި މުއްދަތެއް ނެތް ގޮތަށް އިއްޔެ ސަސްޕެންޑްކޮށްފި އެވެ.
27 ޖެނުއަރީ 2021
ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް، ވަކި މުއްދަތެއް ނެތް ގޮތަށް އިއްޔެ ސަސްޕެންޑްކޮށްފި އެވެ.
އެ އިދާރާގެ ކޮމިއުނިކޭޝަން އެންޑް މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ މައްސަލައެއް ބަލަމުންދާތީ ސާޖަންޓް އެޓް އާމްސް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ނުދެއްވަ އެވެ.
މަޖިލީހުގެ އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް އާމްސްއަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާ އެވެ.
ސާޖެންޓް އެޓް އާމްސްގެ މަގާމު އޮކްޓޯބަރު 31، 2013 ގައި އުފެއްދީއްސުރެ މިއަދާ ހަމައަށް އެ މަގާމުގައި ހުންނެވީ ހަލީމެވެ. މަޖިލީހުގެ އިދާރާގެ އިސްވެރިންނަށް އަލުން އިއުލާނުކުރުމަށް ފަހުގައި ވެސް ދެ ވަނަ ފަހަރަށް އެ މަގާމަށް ހަމަޖެއްސެވީ ހަލީމެވެ.
މަޖިލީހުގެ އިދާރާގައި މަސައްކަތްކުރައްވަން ފެއްޓެވުމުގެ ކުރިން ހަލީމް ވަނީ އެމްއެންޑީއެފްގައި ވަރަށް ޒަމާންވަންދެން ހިދުމަތްކުރައްވައިފަ އެވެ.
ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު
ނަޝީދާއި އީވާގެ ކޮޓަރި ބަގްކުރަން އުޅުނު މައްސަލައެއް!
ނިއުޝާ، ފިލްޒާ އަދި ހަލީމްގެ މަގާމު ދަމަހައްޓައިފި
ފަރަށް އަރާ ބޯޓުތަކުގެ ޖޫރިމަނާ ހޯދަން ގަވާއިދެއް
ހުކުރު މިސްކިތަށް ކުރީގެ ސަރުކާރުން އޮތީ އިހުމާލުވެފައި
ސީއެސްސީ އަށް މުޖުތާޒް އައްޔަންކުރަން ފާސްކޮށްފި
އެމްޑީޕީ ވެރިކަމެއްގައި އިޒްރޭލު މީހުންނަށް ހުއްދަ ދޭނެ
އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި
ބިލު ބަދަލުކުރީ މަގްސަދު ހާސިލްނުވާ ގޮތަށް: މީކާއިލް
ތެރަޕީ ފީ ލަސްވާތީ ހުށަހެޅި މައްސަލަ ބަލައިނުގަތް