19 ޖެނުއަރީ 2021
ދާދި ފަހުން ކްލަބް އީގަލްސްގެ ކޯޗުކަމުން ވަކިވި އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށްވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
ދާދި ފަހުން ކްލަބް އީގަލްސްގެ ކޯޗުކަމުން ވަކިވި އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށްވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
އީގަލްސްއާ އެކު މޯހަން ހަދާފައިވާ އެއްބަސްވުން އުވާލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މޯހަން މިއަދު ސަސްއާ އެކު ސޮއިކުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށް އެ ކްލަބްގެ އޮފިޝަލަކު ވަނީ "މިހާރު" އަށް ކަށަވަރުކޮށްދީފަ އެވެ.
ސަސް އިން މި ފަހަރު ލީގުގައި ފުރަތަމަ ހަ މެޗަށް ނުކުތީ އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގަ އެވެ. ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ސަސް އެއްވަރުވި މެޗަށް ފަހު ނާދު ވަނީ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށާއި ޖެހޭނީ ވަކިކުރަން ކަމަށް ބުނެފަ އެވެ. އެކަމަކު އިއްޔެ ސަސް އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ނާދުއާ މަޝްވަރާކުރެވިގެން އޭނާ އާއި ސަސްއާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށެވެ.
ސަސް އަކީ ފުރަތަމަ ޑިވިޝަނުގައި މޯހަން ކޯޗުކޮށްދޭނެ ފަސް ވަނަ ޓީމެވެ. މީގެ ކުރިން އޭނާ ވަނީ އީގަލްސްގެ އިތުރުން ނިއު ރޭޑިއަންޓާއި ވެލެންސިއާ، ދ. ކުޑަހުވަދޫގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފަ އެވެ. ދިވެހި ޕްރިމިއާ ލީގަށް ރިބްރޭންޑްކުރި ފަހުން މޯހަން ފެނުނީ އީގަލްސްގެ އިތުރުން ދ. ކުޑަހުވަދޫ ބެންޗުންނެވެ.
އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި މޯހަންގެ ކޯޗިން ކެރިއަރު ފެށީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުންނެވެ. ކްލަބް ލެވަލްގެ ކޯޗިން އަށް ބަލާއިރު މޯހަން ވަނީ ނިއު ރޭޑިއަންޓާ ހަވާލުވެ، އެ ޓީމަށް 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ. އަދި 2017 ވަނަ އަހަރު ދ. ކުޑަހުވަދޫ އަށް މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިދީ އެ ޓީމު ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނެވެ.
އީގަލްސްގައި މިދިޔަ ދެ އަހަރު މަސައްކަތްކުރިއިރު މޯހަން ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދައިދީފަ އެވެ. މި ފަހަރު އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގައި ވާދަކުރަން ތައްޔާރުވަމުން އަންނައިރު މޯހަން ސީޒަން ފެށިއިރު އެންމެ ބޮޑަށް ޓާގެޓްކުރީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށެވެ. އެކަމަކު އެ މުބާރާތުގެ ކޮލިފައިން ފެށުމުގެ ކުރިން މޯހަން މި ވަނީ އީގަލްސް އިން ވަކިވެފަ އެވެ.
މި ފަހަރުގެ ސީޒަންގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އަތުން ފަަހަތުން އަރައި މޮޅުވެ އީގަލްސް އިން މޯހަންގެ ކޯޗުކަމުގައި ޗެރިޓީ ޝީލްޑް އުފުލާލި ނަމަވެސް އޭގެ ފަހުން އެ ކްލަބްގެ ނަތީޖާތައް ދިޔައީ ގޯސްވަމުންނެވެ. އީގަލްސް އިން މޯހަންގެ ކޯޗުކަމުގައި މި ފަހަރު ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ލީގުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަތުންނެވެ. އަނެއް ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.
އީގަލްސް އިން މޯހަންގެ ކޯޗުކަމުގައި ކުޅުނު ފަހު މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން ބަލިވީ 4-1 އިންނެވެ. އީގަލްސް މި ވަގުތު އޮތީ އަށް ޓީމު ވާދަކުރާ ލީގުގެ ހަތް ވަނައިގަ އެވެ.
މޯހަން ހަވާލުވިއިރު ސަސް އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. ސަސްގެ ނަތީޖާތަކަށް ބަލާއިރު މޯހަން ހުއްޓައި އީގަލްސް އަތުން ސަސް މޮޅުވިއިރު، އެ ޓީމު ވަނީ ޓީސީ، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ އަދި ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށްފަ އެވެ. ނާދުގެ ކޯޗުކަމުގައި ސަސް ބަލިވީ ހަމައެކަނި ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އަތުންނެވެ.
މޯހަންގެ ކޯޗުކަމުގައި ސަސް ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު ވެލެންސިއާއާ ދެކޮޅަށެވެ.
ބައްޕަގެ ޓީމާ ދެކޮޅަށް ވެސް ނުކުތީ މޮޅުވާން: މޯހަން
ސަސް ގަދަ ހަޔަކަށް ވަންނަންޖެހޭ: މޯހަން
ޝާޒްގެ ފުރަތަމަ މެޗު، މޯހަން ކުރީގެ ޓީމާ ދެކޮޅަށް
އީގަލްސް އަށް ނޫނެކޭ ބުނަން ޝާޒަށް އުނދަގޫ
ފުޓްސަލް އާއި ފުޓްބޯޅަ އަށް ހައްލެއް ބޭނުންވޭ
"ކޯޗުންނާއި ކުޅުންތެރިންނަށް ވެސް އޮތީ އެއް އުސޫލެއް"
މާޒިޔާ މޮޅުވިޔަސް، ކުޅުމާމެދު ކޯޗު ހިތްހަމައެއް ނުޖެހޭ
މޯހަން މަޑުމަޑުން ގޮސް ގެއްލެނީތަ؟
ސަސްގެ ކޯޗްކަމުން މޯހަން ވަކިވެއްޖެ
ގްރާންޑޭ ބަލިކޮށް ސަސް ޕްރެޝަރު ކަނޑުވާލައިފި