Roadha Mihaaru
އަންހެނަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

75 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ފިރިހެނަކު ހައްޔަރުކޮށްފި

22 ޑިސެމްބަރ 2020

ލ. ގަމުގައި ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކޮށް، އޮރިޔާން ކާޑު އުފެއްދި މައްސަލައިގައި ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލ. ގަމުގައި ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކޮށް، އޮރިޔާން ކާޑު އުފެއްދި މައްސަލައިގައި ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 75 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަން އެ އިދާރާ އަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އަދި މި މައްސަލައިގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ބުންޏެވެ.

މައްސަލައިގެ ހައްޔަރު ކުރި މީހާގެ މުއްދަތު ކަނޑައަޅަން ހާޒިރުކުރުމުން ކޯޓުން ވަނީ ހޯމް މިނިސްޓްރީން ހަމަޖައްސާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް ދީފައި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.