މިހާރު ހުރީ ކޮންމެ ވަގުތަކު ވެސް ކައިވެންޏަށް ތައްޔާރަށް ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން ބުނެފި އެވެ.
20 ޑިސެމްބަރ 2020
މިހާރު ހުރީ ކޮންމެ ވަގުތަކު ވެސް ކައިވެންޏަށް ތައްޔާރަށް ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން ބުނެފި އެވެ.
މި އަހަރަކީ ކުރިން ވަރުން އާއި ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބެންކްކޮގައި ބާއްވަން ޕްލޭންކުރި އަހަރެކެވެ. ނަމަވެސް ކޮވިޑް-19 ގެ ބަޅިމަޑުކަމާ ހެދި އެކަން ފަސްކުރަން ޖެހުނީ އެވެ.
ކައިވެންޏާއި ނަތާޝާއާ ބެހޭ ގޮތުން، ބަތަލާ ކަރީނާ ކަޕޫރްގެ ޝޯ "ވަޓް ވިމެން ވޯންޓް" ގައި 33 އަހަރުގެ އެކްޓަރު ބުނީ ހަޔާތުގެ މި މަރުހަލާ އަށް އަންނަ އިރު ކޮންމެ މީހަކު ވެސް ކައިވެންޏަކާ ދޭތެެރޭ ސީރިއަސްކޮށް ވިސްނާނެ ކަމަށެވެ. އެހެންވެ އޭނާ ވެސް ހުރީ ކައިވެންޏަށް މަދުވެފައި ކަމަށް ބުންޏެވެ.
ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދެ ފިރިހެން ދަރިންގެ ތެރެއިން ހަގަށް ހުރި ވަރުން ބުނީ އޭނާގެ ބޭބެ ޑައިރެކްޓަރު ރޯހިތު ދަވަން ވެސް ކައިވެނިކޮށް މިހާރު ދަރިއަކު ވެސް ލިބިފައިވާތީ އެ މީހުންގެ ގުޅުން ވަރަށް ގާތުން ފެންނަ ކަމަށެވެ.
"އެއީ ވަރަށް އުފާވެރި ކަމެއް. އެ މީހުންގެ ދަރިފުޅު ނިއާރާ ފެނުނީމާ އަބަދު ވެސް ހިތަށް އަރާ ދަރިއަކު ހުރުމަކީ ކިހާ ރަނގަޅުމެއް ހޭ،" ވަރުން ބުންޏެވެ.
"ޑިޝޫމް" އާއި "ދޭސީ ބޯއިޒް" ގެނެސްދިން ރޯހިތު ކައިވެނިކުރީ 2012 ގަ އެވެ.
ވަރުން ބުނި ގޮތުގައި އޭނާ އާއި ނަތާޝާ މިހާރު އެންގޭޖް ވެސް ވެފައިވާތީ ދެން އޮތީ އެ ގުޅުން އެންމެ މުހިއްމު މަރުހަލާ އަށް ގެންދިއުމެވެ. އެކަމަކު ކައިވެނިކުރާނެ އިރަކާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ވަރުން އާއި ނަތާޝާ އަކީ ސްކޫލު ދައުރެއްސުރެ ގާތް ދެ ރައްޓެހިންނެވެ. ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ އެކުވެރިކަން އޮންނަތާ އަހަރުތަކެއް ފަހުން ކަމަށް ވަރުން ބުންޏެވެ.
"އެންމެ ފުރަތަމަ ނަތާޝާއާ ދިމާވީ ގްރޭޑް ހައެއްގައި ކިޔަވަނިކޮށް. އޭގެ ފަހުން ގްރޭޑް ބާރައާ ހަމައަށް ދިޔަ އިރު ވެސް އަހަރެމެން ދެ މީހުންގެ ރައްޓެހިކަން އޮތް،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ.
ވަރުން ކިޔައިދިން ގޮތުގައި އޭނާއާ ނަޝާތާ ލޯބީގެ ގޮތުން ގުޅެން އެއްބަސްވީ ރައްޓެހިވާން ތިންހަތަރު ފަހަރެއްގެ މަތިން ވެސް އަހައިގެން އެއްބަސްނުވެ އުޅުމަށް ފަހު އެވެ.
"އެކަމަކު އަހަރެން އެއްވެސް އިރެއްގައި އުންމީދު ގެއްލުވައެއް ނުލަން. ޒަމާންތަކެއް ވަންދެން ވަރަށް ގާތް ރައްޓެހިކަމެއް އޮތީމަ އަހަންނަށް އެނގޭ ކޮންމެވެސް ހިސާބަކުން ނަތާޝާ އަހަރެންގެ ހުށަހެޅުން ގަބޫލުކުރާނެ ކަމަށް." އޭނާ ބުންޏެވެ.
ވަރުން 2012 ގައި ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް އިރު ވެސް އޭނާ ނަތާޝާއާ ސީރިއަސްކޮށް ރައްޓެހިވެގެން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވެމުން ދިޔަ އެވެ. އެކަމަކު އެ ގުޅުމުގެ ވާހަކަ ރަސްމީކޮށް ފުރަތަމަ ފަހަރަށް ވަރުން ދެއްކީ ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަންގައި މިދިޔަ އެވެ.
ވަރުންގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ "ކޫލީ ނަމްބަރު 1" އެވެ. އެ ފިލްމުގެ ބަތަލާ އަކީ ސާރާ އަލީ ޚާނެވެ.
ވަރުން އެންމެ ބޭނުންވި ޑައިރެކްޓަރާ އެކު ފިލްމެއް
އާމިރާއި ކަރީނާގެ ފިލްމު އަނެއްކާވެސް ލަސްވެއްޖެ
ވަރުންގެ އާއިލާއިން ބޮލީވުޑަށް އާ މޫނެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކޮމެޑީ ފިލްމު ކުޅެން ފަސޭހައެއް ނޫން: ސާރާ އަލީ ޚާން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކޫލީ ނަމްބަރު 1" ގެ ޓްރެއިލާ ވަރަށް މަޖާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް