Roadha Mihaaru
ވިންޑޯޒް 7 ޕްރޮފެޝަނަލް ވިއްކުން ހުއްޓާލައިފި

ވިންޑޯޒް 7 ޕްރޮފެޝަނަލް ވިއްކުން މައިކްރޮސޮފްޓުން ހުއްޓާލައިފި

03 ނޮވެމްބަރ 2016

މައިކްރޮސޮފްޓުން ވިންޑޯޒް 7 ޕްރޮފެޝަނަލް ވިއްކުން ހުއްޓާލައިފި އެވެ. ވިންޑޯޒް 8.1 ވިއްކުން ވެސް ވަނީ އޮކްޓޯބަރު 31 ގައި ހުއްޓާލާފަ އެވެ. މާނަ އަކީ، އެއިން އެއްވެސް އަދަދެއްގެ ލައިސަންސް، ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކަށް، މައިކްރޮސޮފްޓުން ދެން ނުވިއްކާނެ ކަމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓުން ވިންޑޯޒް 7 ޕްރޮފެޝަނަލް ވިއްކުން ހުއްޓާލައިފި އެވެ. ވިންޑޯޒް 8.1 ވިއްކުން ވެސް ވަނީ އޮކްޓޯބަރު 31 ގައި ހުއްޓާލާފަ އެވެ. މާނަ އަކީ، އެއިން އެއްވެސް އަދަދެއްގެ ލައިސަންސް، ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކަށް، މައިކްރޮސޮފްޓުން ދެން ނުވިއްކާނެ ކަމެވެ.

ނޮވެމްބަރުން ފެށިގެން މައިކްރޮސޮފްޓުން އެ ގަވާއިދަށް އަމަލުކުރި ނަމަވެސް، އެ ތާރީޚަށް ވުރެ ކުރިން ވިއްކާފައި ހުރި، ވިންޑޯޒް 7 ޕްރޮފެޝަނަލް އަދި ވިންޑޯޒް 8.1ގެ ލައިސަންސް ހުސްވަންދެން، ކުންފުނިތަކުން ކޮމްޕިއުޓަރު އުފައްދާނެ އެވެ.

ވިންޑޯޒް 7 ޕްރޮފެޝަނަލް ހުއްޓާލާނެކަން މައިކްރޮސޮފްޓުން ވަމީ މީގެ ދެ އަހަރު ކުރިން އިއުލާންކޮށްފަ އެވެ. ވިންޑޯޒް 7 ޕްރޮފެޝަނަލް ހުއްޓާލަން އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚަކީ އޮކްޓޯބަރު 31، 2014 އެވެ.

ވިންޑޯަޒް 7 ޕްރޮފެޝަނަލް އިތުރަށް ފެތުރެން މައިކްރޮސޮފްޓުން ބޭނުމެއް ނުވެ އެވެ. އެ ކުންފުނިން މިހާރު ބޭނުންވަނީ ވިންޑޯޒް 10 ތަރައްގީކޮށް ކުރިއަރުވާށެވެ. ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކަށް މައިކްރޮސޮފްޓުން ހިތްވަރުދެނީ، ވިންޑޯޒްގެ މުސްކުޅި އަދަދުތައް އެއްފަރާތްކޮށް ވިންޑޯޒް 10ގެ ވިޔަފާރި ފުޅާކުރުމަށެވެ.

މައިކްރޮސޮފްޓުން ވިންޑޯޒް 7 ޕްރޮފެޝަނަލްގެ ލައިސަންސް އިތުރަށް ދޫނުކުރި ނަމަވެސް، ވިޔަފާރި ކުންފުނިތަކުންނާއި މާލީ އިދާރާތަށް ފަދަ ޚާއްސަ ލައިސަންސެއް އޮވެގެން ވިންޑޯޒް 7 ޕްރޮފެޝަނަލް ބޭނުންކުރާ ކުންފުނިތަކަށް އެ ގޮތުގައި ދެމިތިބެވިދާނެ އެވެ.

އާ ކޮމްޕިއުޓަރެއް ގަތުމަށް ފަހު ވެސް، ވިންޑޯޒް 10 ފޮހެލައި، ބޭނުން ނަމަ ވިންޑޯޒް 7 ޕްރޮފެޝަނަލް ބޭނުންކުރުމަކުން މައްސަލައެއް ނެތް ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ. އެކަމަކު ލައިސަންސެއް ގަނެފައި އޮތް ނަމަ އެވެ.

ވިންޑޯޒް 7 އަށް ސަޕޯޓްދިނުން މުޅިން ހުއްޓާލަން ކަނޑައަޅާފައި ވަނީ ޖެނުއަރީ 2020 ގަ އެވެ. އެ ދުވަސް އަންނަން އަދި އަތްނުލައި ތިން އަހަރު އެބަ އޮތެވެ. ވިންޑޯޒް 10 ބަދަލުވާން އެއީ އެކަށީގެންވާ މުއްދަތެކެވެ.