Roadha Mihaaru
ވިންޑޯޒް ކަލްކިޔުލޭޓަރުގައި "ގްރާފިން މޯޑް" ހިމަނަނީ

މައިކްރޮސޮފްޓް ވިންޑޯޒް ކަލްކިޔުލޭޓަރުގައި "ގްރާފިން މޯޑް" ހިމަނަނީ

25 މާޗް 2019

މިއީ ކިޔަވާ ކުދިންނަށް ބޭނުންތެރި ފީޗާއަކަށް ވާނެ އެވެ. ވިންޑޯޒް ކަލްކިޔުލޭޓަރުގައި "ގްރާފިން މޯޑް" ހިމަނަނީ އެވެ. މައިކްރޮސޮފްޓުން ބުނީ މިކަން ކުރަނީ ގިނަ ބަޔަކު އެދިފައި ވާތީ ކަމަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މިއީ ކިޔަވާ ކުދިންނަށް ބޭނުންތެރި ފީޗާއަކަށް ވާނެ އެވެ. ވިންޑޯޒް ކަލްކިޔުލޭޓަރުގައި "ގްރާފިން މޯޑް" ހިމަނަނީ އެވެ. މައިކްރޮސޮފްޓުން ބުނީ މިކަން ކުރަނީ ގިނަ ބަޔަކު އެދިފައި ވާތީ ކަމަށެވެ.

ވިންޑޯޒް ކަލްކިޔުލޭޓަރަކީ ވަރަށް އާދައިގެ ކުޑަކުޑަ އަދި އެހައި ލުއި އެޕްލިކޭޝަނެކެވެ. މައިކްރޮސޮފްޓް ވިންޑޯޒް ކޮމްޕިޔުޓަރެއް ބޭނުންކުރާ ނަމަ، ކަލްކިޔުލޭޓަރަކީ ހަމަ ޔަގީނުން ވެސް ބޭނުންކުރާނެ އެޕްލިކޭޝަނެެކެވެ. މިއީ އެންމެ ފަސޭހައިން އަތުޖެހޭ ފަށުގައި އިންނަން ޖެހޭ އެޕްލިކޭޝަނެއް ކަމަށް ގިނަ ބަޔަކު ދެކޭ ވެސް މެ އެވެ.

މައިކްރޮސޮފްޓް ވިންޑޯޒް 10 އަށް ގެންނަން ކަނޑައަޅާފައި ހުރި ކުރިއެރުންތަކުގައި، ކަލްކިޔުލޭޓަރަށް ބަދަލުގެނައުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން، ބެލެވެނީ ލަސްތަކެއް ނުވެ މިއީ ލިބިދާނެ ފަސޭހައެއް ކަމަށެވެ.

ވިންޑޯޒް ކަލްކިޔުލޭޓަރުގައި "ގްރާފިން މޯޑް" ހިމަނަން މަސައްކަތްކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ. މި ފީޗާ ޓެސްޓްކުރަމުން އަންނައިރު، ބޭނުންކުރާ މީހުން ވިސްނުމުގައި ބަހައްޓަން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަކީ، ކަލްކިޔުލޭޓަރުގައި "ގްރާފިން މޯޑް" ހިމެނުމުން، ދެން އެ ވާނީ ކުރިން ބޭނުންކުރި ކަލްކިޔުލޭޓަރަށް ނޫން ކަމެެވެ. "ގްރާފިން މޯޑް"އާ ހެދި އުނދަގޫވާ ނަމަ، އާދައިގެ ކަލްކިޔުލޭޓަރެއް ހޯދަން ވެސް ޖެހިދާނެ ކަމެވެ.

ވިންޑޯޒް ކަލްކިޔުލޭޓަރުަގައި "ގްރާފިން މޯޑް" ހިމެނުމަށްޓަކައި، ކަލްކިޔުލޭޓަރު އެޕްލިކޭޝަންގެ "ކޯޑް އިންޖީން' އަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި، ކަލްކިޔުލޭޓަރު އެޕްލިކޭޝަން، އީކްއޭޝަން ލިޔެވޭ ގޮތަށް ހަދައި، ގްރާފްކުރަހާ ގޮތަށް ހަދަން ބޭނުންވާ "ކޯޑް އިންޖީން" އަކީ މައިކްރޮސޮފްޓްގެ އުފެއްދުމެއް ނޫން ކަމަށެވެ. އެބައި ހަމަޖައްސައި ބެލެހެއްޓުން އެހެން ކުންފުންޏަކާ ހަވާކޮށްފައި ވާއިރު، "ގްރާފިން މޯޑް" އަކީ ބާރުގަދަ ފީޗާއަކަށް ވާނެ ކަމަށެވެ.