02 ނޮވެމްބަރ 2016
ކޮމަންވެލްތުން ރާއްޖެ ވަކިވުމާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މޯލްޓާގެ ބޮޑުވަޒީރު، ޖޯސެފް މަސްކަޓްއާ އިއްޔެ މަޝްވަރާކުރައްވައިފި އެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މޯލްޓާގެ ބޮޑުވަޒީރު، ޖޯސެފް މަސްކަޓްއާ އިއްޔެ މަޝްވަރާކުރައްވައިފި އެވެ.
އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ނަޝީދު މޯލްޓާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވީ އެ ގައުމަށް ވަޑައިގެން، އެމަނިކުފާނުގެ އޮފީހުގަ އެވެ.
ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މޯލްޓާ އަކީ މި ދައުރުގައި ކޮމަންވެލްތުގެ ޗެއާ ކަމަށް ވާތީ، ކޮމަންވެލްތުން ވަކިވާން ދިވެހި ސަރުކާރުން ނިންމި ނިންމުމާ މެދު އެމަނިކުފާނު ކަންބޮޑުވުންފާޅުކުރެއްވި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ، ހީނަރުވަމުން އަންނަ ސިޔާސީ ހާލަތާ ގުޅޭގޮތުންނާއި އިސްލާހުގެ މަގަށް ރާއްޖެ އަލުން އަނބުރާ ގެންދިއުމާ މެދު ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ލީޑަރުން މިނިވަންކުރުމަކީ އެމްޑީޕީ/އަދާލަތުގެ އަމާޒެއް
އިންތިހާބުގައި ނަޝީދަށް ފުރުސަތެއް ނެތް: ޝައިނީ
ކޮމަންވެލްތުން ވަކިވުމަކީ ވިސްނުމެއް ނޫން: ޝައިނީ
އިސްލާހުވާން ރާއްޖެއަށް އޮތީ ހަނި ފުުރުސަތެއް: ޖަމީލް
"ކޮމަންވެލްތުގެ މަންދޫބާ އެކު ދައުވާތައް ހުއްޓިދާނެ"
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ވޯޓު ފޮށި ފަޅާލައިގެން ހައްޔަރުކުރީ ޕީޕީއެމް މީހެއް!
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!
ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދޭނެ ލީޑަރެއް އެބަހުރި؟