Roadha Mihaaru
ޔައުގޫބްގެ ގޮނޑީގެ މައްސަލައިގެ ހުކުމް ހޯމަ ދުވަހު

ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލައިގެ ހުކުމް ހޯމަ ދުވަހު އިއްވަނީ

11 ނޮވެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެންބަރު ކަމުގެ ގޮނޑީގެ މައްސަލައިގެ ހުކުމް އަންނަ ހޯމަ ދުވަހު އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެންބަރު ކަމުގެ ގޮނޑީގެ މައްސަލައިގެ ހުކުމް އަންނަ ހޯމަ ދުވަހު އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްގެ ކައުންސިލް މެމްބަރުކަމާ ޔައުގޫބް ހަވާލުވެ ވަޑައިގަތުމުން ދައުލަތުގެ އެހެން ވަޒީފާއެއް އޭނާ ގަބޫލު ކުރެއްވީ ކަމަށް ބުނެ އޭނާގެ މަޖިލިސް މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އައްސަދު ޝަރީފެވެ.

އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަހުކޮޅު ސުޕްރީމް ކޯޓުން އޮތީ ނިންމާލައިފަ އެވެ. އެ މައްސަލާގެ ހުކުމް އިއްވަން އަންނަ ހޯމަ ދުވަހު ހެނދުނަށް ތާވަލް ކޮށްފައިވާކަން ޔައުގޫބްގެ ވަކީލުން ކަށަވަރުކޮށް ދިނެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުއޫދެވެ.

ގާނޫނު އަސާސީ ބުނާގޮތުން ދައުލަތުގެ އެހެން ވަޒީފާއެއް މަޖިލިސް މެމްބަރަކު އަދާ ކުރުމަކީ މަނާ ކަމެކެވެ. އެކަމަކު ގާނޫނު އަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކުގެ ތެރޭގައި ދައުލަތުގެ އެހެން ވަޒީފާއެއް އަދާ ކުރުން ހިމަނާފައެއް ނުވެ އެވެ.