Roadha Mihaaru
ބާސެލޯނާ އާއި ޔުވެންޓަސް އަށް ކާމިޔާބު ރެޔެއް

ބާސެލޯނާ އާއި ޔުވެންޓަސް އަށް ކާމިޔާބު ރެޔެއް

05 ނޮވެމްބަރ 2020

ބާސެލޯނާ (ނޮވެމްބަރު 5) – ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީ ގައި ބާސެލޯނާ އިން ރޭ ޑައިނަމޯ ކިއޭވް އަތުން 2-1 އިން މޮޅުވިއިރު ޔުވެންޓަސް އިން ފެރެންޝްވަރޯސް އަތުން 4-1 އިން މޮޅުވެއްޖެ އެވެ.

ބާސެލޯނާ (ނޮވެމްބަރު 5) – ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީ ގައި ބާސެލޯނާ އިން ރޭ ޑައިނަމޯ ކިއޭވް އަތުން 2-1 އިން މޮޅުވިއިރު ޔުވެންޓަސް އިން ފެރެންޝްވަރޯސް އަތުން 4-1 އިން މޮޅުވެއްޖެ އެވެ.

މި ނަތީޖާތަކާ އެކު ބާސެލޯނާ ގްރޫޕް ގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. އެ އަދަދަށް ޕޮއިންޓް ހޯދުމާ އެކު ބާސެލޯނާ އަށް ވަނީ ދަށް ވެގެން ގްރޫޕުގެ ތިން ވަނަ ލިބި ޔުރޮޕާ ލީގަށް ކޮލިފައިވާނެކަން ކަށަވަރުވެފަ އެވެ. ޔުވެންޓަސް ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ކިއޭވް އާއި ފެރެންޝްވަރޯސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ކިއޭވް ކޮޅަށް ލިއޮނަލް މެސީ ޕެނަލްޓީއަކުން ގޯލް ޖެހި އެވެ. ބާސެލޯނާގެ ދެ ވަނަ ގޯލް 75 ވަނަ މިނެޓުގައި ޖެހީ ޖެރާޑް ޕީކޭ އެވެ. ކިއޭވް އިން 75 ވަނަ މިނެޓުގައި ތަފާތު ކުޑަކުރި އެވެ.

"މޮޅުވީމާ އަހަރެމެން އުފަލުން މިތިބީ. އެކަމަކު މިއަށް ވުރެ ރަނގަޅު ކުޅުމެއް ދައްކަން ޖެހޭ. ބޯޅަ ނެތީސް އެ ކުޅޭ ކުޅުން އެބަޖެހޭ ހުރިހާ ކަމަކަށް ވުރެ ރަނގަޅުކުރަން. އެބައި ދަށްކޮށް ދިޔައީ،" ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުންޏެވެ.

ފެރެންޝްވަރޯސް ކޮޅަށް ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ ދެ ގޯލް ޖެހި އެވެ. އަނެއް ގޯލް ޕައޮލޯ ޑީބަލާ ޖެހިއިރު ފަހު ގޯލަކީ ފެރެންޝްވަރޯސް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފެރެންޝްވަރޯސް އިން އިތުރު ވަގުތު ލަނޑެއް ޖެހި އެވެ.

ގްރޫޕް އެފް ގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ ކްލަބް ބްރޫޖް އަތުން 3-0 އިން މޮޅުވެފަ އެވެ. އެ ޓީމު އޮތީ ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އެވެ. ގްރޫޕުގެ ދެ ވަނައިގައި ފަސް ޕޮއިންޓާ އެކު އޮތީ ލާޒިއޯ އެވެ. ރޭ އެ ޓީމު ވަނީ ޒެނިތާ 1-1 އިން އެއްވަރުވެފަ އެވެ. ގްރޫޕުގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު ބްރޫޖް އޮތްއިރު ޒެނިތު އޮތީ އެންމެ ޕޮއިންޓަކާ އެކު ފުލުގަ އެވެ.

ރަށުން ބޭރުގައި ޑޯޓްމަންޑް ކުޅުނު މެޗުގައި ތޯގަން ހަޒާޑް ލީޑު ނަގާފައި ވަނިކޮށް އަނެއް ދެ ލަނޑު ޖެހީ އާލިން ހާލާންޑެވެ.