ވިލާ ކޮލެޖާއި ރާއްޖޭގެ ކައުންސެލިން އިންސްޓިޓިއުޝަންތަކާ ދެމެދު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
27 އޮކްޓޯބަރ 2020
ވިލާ ކޮލެޖާއި ރާއްޖޭގެ ކައުންސެލިން އިންސްޓިޓިއުޝަންތަކާ ދެމެދު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ކޮލެޖު، ވިލާގެ ބެޗެލާ އޮފް ސައިކޮލޮޖީ ކިޔަވަމުން އަންނަ ދަރިވަރުންގެ އަމަލީ ތަޖުރިބާގެ ބައި ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖެންޑާ މިނިސްޓްރީ، ސައިމާ ކެއާ، ޝީ، އައިސީޕީ އަދި މިޕްސްޓާ އާ އެވެ.
އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާ އަދި ޕްރޮގްރާމް ކޯޑިނޭޓަރު، ޑރ. އައިޝަތު ނަޝީދާ ވިދާޅުވީ އެފަދަ އެއްބަސްވުމެއްގެ ސަބަބުން ދަރިވަރުންނަށް ފުރިހަމައަށް އަމަލީ ތަޖުރިބާ ލިބުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އަމަލީ މައިދާނުގައި ދަރިވަރުންނަށް ދަސްވެފައިވާ ފިލާވަޅުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ވިލާ ކޮލެޖާއެކު އެއްބަސްވުމުގައި ސޮއިކުރެއްވި ބައެއް ބޭފުޅުން ވިދާޅުވީ ސައިކޮލޮޖީ ދާއިރާއިން ތަމްރީނުވެފައިވާ ދަސްވެނިންގެ ބޭނުން ރާއްޖެއަށް ބޮޑުވެފައިވާ ކަމަށެވެ. ވިލާ ކޮލެޖާއެކު ސޮއިކުރި އެއްބަސްވުމުން، އެ ދާއިރާއިން އިތުރު ކުރިއެރުން ލިބިގެންދާނެކަން ފާހަގަކުރި އެވެ.
ވިލާ ކޮލެޖުގެ ބެޗެލާ އޮފް ސައިކޮލޮޖީގެ އަމަލީ ތަޖުރިބާ ފުރިހަމަކުރާ އެންމެ ފުރަތަމަ ބެޗު އަންނަ ޖެނުއަރީގައި ފުރިހަމަކުރާނެ އެވެ.
ވިލާ ކޮލެޖުގެ ދެ ވަނަ ސައިކޮލޮޖީ ސިމްޕޯޒިއަމް ފަށައިފި
ކައުންސެލިން ސުޕަވިޝަން ޓްރެއިނިންއެއް ބާއްވައިފި
ރާއްޖޭގެ ފުރަތަމަ ސައިކޮލޮޖީ ލެބް ވިލާ ކޮލެޖުގައި
2020 ގައި ވިލާ ކޮލެޖުން ސައިކޮލޮޖީ ޑިގްރީ ފަށަނީ!
ވިލާކޮލެޖުން އާ ކޯހަކާއި ޖަޖަސް ރެސިޑެންސީ ޕްރޮގްރާމެއް
ގާނޫނީ ދާއިރާގެ 3 ކޯހެއް ވިލާ ކޮލެޖުން ތައާރަފްކޮށްފި
އައިޔޫއެމް، ވިލާ ކޮލެޖާ ގުޅިގެން ސެން ޓީޗިން ކޯހެއް
ޑިސްކަވާ ހޮސްޕިޓަލިޓީގެ 6ވަނަ ބެޗު ނިންމައި އާ ބެޗެއް
ވިލާ ކޮލެޖުގެ ހެލްތު ސައިންސަސް ދަރިވަރުން ހުވާކޮށްފި
ވިލާ ކޮލެޖުުގައި އިގްތިސާދީ ދާއިރާގެ ބޮޑު ކޮންފަރެންސެއް