26 އޮކްޓޯބަރ 2020
ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ޝުކޫރު ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ޝުކޫރު ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އޭނާ ސަސްޕެންޑް ކުރަން ނިންމީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާކާ ގުޅިގެން ލިބިފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް، ޝަރުއީ ދާއިރާގެ އިތުބާރު ދަމަހައްޓަން ކަމަށް ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުންޏެވެ. މެޖިސްޓްރޭޓުގެ މަސައްކަތާ އޭނާ ދުރުކޮށްފައި ވަނީ ދެ މަސް ދުވަހަށެވެ.
ޝުކޫރު ސަސްޕެންޑު ކުރަން ނިންމި އިރު، މިދިޔަ ހޮނިހިރު ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރެއްގެ މަގާމެއްގައި ހުރި މީހެއް ކުރުން އެކަށީގެން ނުވާ ކަންތައްތައް ކޮށްފައިވާ ކަން ސާބިތުވާތީ، ޝުކޫރު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
އޭނާ ކޮށްފައިވާ ކަމަށް ސާބިތުކުރެވޭ ކަންތައްތަކުގެ ތެރޭގައި ގއ. ވިލިނގިލި ކޯޓުގައި މަސައްކަތް ކުރެއްވިއިރު، ގާތް ގުޅުމެއް އޮންނަ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެއް ކޯޓުގައި ހިނގި ދުވަހަކު ތުހުމަތު ކުރެވޭ މީހާގެ ވަކީލާ ރެސްޓޯރެންޓެއްގައި ބައްދަލުކޮށް، އެ ވަކީލު ދިން ސިޓީ އުރައަކާ ހަވާލުވުން ހިމެނެ އެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ޝުކޫރު ސަޕޯޓު ކުރައްވާކަން ކަން ބަޔާން ކުރައްވައި، އެ ކެންޑިޑޭޓަށް ވޯޓު ހޯދަން މަސައްކަތް ކުރެއްވި ކަން ސާބިތުވެފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައި ވެ އެވެ.
މީގެ އިތުރުން 2018 ގައި ގއ. ކޮލަމާފުށިން ޓެރަރިޒަމްގެ ތުހުމަތެއްގައި ހަައްޔަރުކުރި ބައެއް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުގައި، އެ މީހުންގެ ބަންދާ މެދު ނިންމާނެ ގޮތް އިސް މެޖިސްޓްރޭޓް ޝުކޫރު ފުލުހުންނާ ހިއްސާ ކުރެއްވި ކަމަށް ވެސް ވެ އެވެ.
ޝުކޫރާ ގުޅޭ އިތުރު މައްސަލަތަކެއް ޖޭއެސްސީން މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރޭގައި ވިލިނގިލީގެ ބަޔަކާ ގުޅޭ މަސްތުވާތަކެތީގެ މައްސަލަތައް ސާބިތު ނުވާ ކަމަށް ނިންމުމުމާއި އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭ ކަންކަން ކުރުމުގެ އިތުރުން ފުލުހުންނަށް ބިރު ދައްކާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައި ވެ އެވެ.
މީގެ ކުރިން ވެސް ބައެއް މެޖިސްޓްރޭޓުންނާއި ދަށު ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވެ އެވެ. އެކަމަކު، މަޖިލީހުން އެގޮތަށް ފާސް ކުރުމުގެ ކުރިން ގިނަ ބޭފުޅުން ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ދެ މެޖިސްޓްރޭޓަކު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
މެޖިސްޓްރޭޓަކު ފަރުވާކުޑަކުރި ކަމަށްބުނެ މައްސަލަ ބަލަނީ
އެއްމަސް ތެރޭ ހުކުމް ނުކުރުމުން ސުލޫކީ މައްސަލައެއް
ސިޔާމާއަށް އެޅި ފިޔަވަޅު ގޯސް: އިސްތިއުނާފް މަޖިލިސް
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް
ސިހުރެއް ބާތިލު ކުރަން އުޅުނު ގާޒީއަކަށް ނަސޭހަތް
ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
މެޖިސްޓްރޭޓް މައުސޫމް ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް
އުސޫލާ ޚިލާފަށް ސަލާމް ބުނުމުން ނަސޭހަތް ދެނީ
މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި