Roadha Mihaaru
"ހުވާކޮށްފާ ބުނަން" ގެ ޓްރެއިލާ ދައްކާލައިފި

"ހުވާކޮށްފާ ބުނަން" ގެ ޓްރެއިލާ ދައްކާލައިފި

12 އޮކްޓޯބަރ 2020

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ސިލްސިލާ "ހުވާކޮށްފާ ބުނަން" ގެ ޓީޒާ ދައްކާލިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން އޭގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ސިލްސިލާ "ހުވާކޮށްފާ ބުނަން" ގެ ޓީޒާ ދައްކާލިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން އޭގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ބޮޑު ކާސްޓެއް ފެނިގެންދާނެ ސިލްސިލާގެ ޓްރެއިލާގެ ކުރީކޮޅު މުޅިން ވެސް ފެންނަނީ "ދެ މާނަ" ނެގޭ ކަހަލަ ޑައިލޮގްތަކާ އެކު މަޖާ މަންޒަރުތަކެވެ. އަދި ޓްރެއިލާ ނިމިގެން އަންނަ އިރު ފެންނަނީ ހުރިހާ ކާސްޓުން ވެސް ވަރަށް ޖަޒުބާތީވެގެން އުޅެނިކޮށެވެ.

ޔޫއްޕެ ބުނެފައިވާ ގޮތުގައި "ހުވާކޮށްފާ ބުނަން" އަކީ މުޖުތަމައުގެ ތެރެއިން އާންމުކޮށް ފެންނަ އެކި ހާދިސާތަކާ އެކު ލޯބީގެ އަސަރު ގަދަ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ. މީގެ ލީޑް ފިރިހެން ތަރިންނަށް ބަލާ އިރު ފިލްމީ ދާއިރާގެ މަޝްހޫރު ބައެއް މޫނުތައް ހިމެނެ އެވެ. އޭގެ ތެރޭގައި އަހުމަދު އީސަ (އާނަންދު) އާއި އަލީ އާޒިމް (ދޮން އައްޔަ) އާއި އަހުމަދު ސައީދާއި މުހައްމަދު ފައިސަލް ފަދަ ތަރިން ހިމެނެ އެވެ.

މި ފަހުން ފިލްމީ ދާއިރާ އިން ފެންނަން ފެށި އަދި އާންމުންގެ މަގުބޫލުކަން ހޯދަމުން އަންނަ ބަތަލާއިންތަކެއް މީގައި ފެންނާނެ އެވެ. އޭގެ ތެރޭގައި މަރިޔަމް ޝިފާ އާއި ވާޝިޔާ މުހައްމަދު (ޝިޔާ) އިރުފާނާ އިބްރާހީމާއި ނަތާޝާ ޖަލީލު ހިމެނެ އެވެ. މަޝްހޫރު ބަތަލާއިންގެ ތެރެއިން ނާޝިދާ މުހައްމަދު (ނާއްކޮ) ވެސް ސިލްސިލާ އިން ފެންނާނެ އެވެ.

ހުޅުމާލޭގައި މަންޒަރުތައް ނަގާފައިވާ "ހުވާކޮށްފާ ބުނަން" އަކީ ތިން ސީޒަނަކަށް ޔޫއްޕެ ގެނެސްދޭން ނިންމާފައިވާ އެއްޗެކެވެ. ކޮންމެ ސީޒަނެއްގައި ހިމެނޭނީ 26 އެޕިސޯޑެވެ.

ފުރަތަމަ ސީޒަނުގެ ޓްރެއިލާ ދައްކައިލި ނަމަވެސް އަދިވެސް މި ސިލްސިލާ ބެލުންތެރިންނަށް ގެނެސްދޭނެ ޕްލެޓްފޯމެއް އިއުލާނެއްނުކުރެ އެވެ. "ހުވާކޮށްފާ ބުނަން" އަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ އެއްޗެކެވެ.