Roadha Mihaaru
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލަން ހުށަހަޅަނީ

އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމުގެ ބިލްް މަޖިލީހަށް ފޮނުވަނީ

05 އޮކްޓޯބަރ 2020

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ" ގެ ނަމުގައި ވަކި މުއައްސަސާއެއް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ" ގެ ނަމުގައި ވަކި މުއައްސަސާއެއް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް 20 ބިލެއް ހުށަހަޅަން ނިންމައި، އެ ބިލްތަކުގެ ނަންތައް އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައިވާ އެއް ބިލަކީ އެމްއެމްސީއާއި ބްރޯޑްކޮމް އެއްކޮށްލުމުގެ ބިލެވެ.

އެ ދެމުއައްސަސާ އެއްކޮށްލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން ވެސް މީގެ ކުރިން މަސައްކަތްތަކެއް ކުރި އެވެ. މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީން އެކަމާ ބެހޭ ގޮތުން މީޑިއާތަކުގެ ވެރިންނާ މަޝްވަރާ ވެސް ކުރި އެވެ. އެނގިފައިވާ ގޮތުގައި ،ކޮމިޓީން އޭރު އެއްކުރި މައުލޫމާތައް ވެސް މިހާރު އޮތީ ރިކޮމެންޑޭޝަންތަކެއްގެ ގޮތުގައި އޭޖީ އޮޮފީހަށް ފޮނުވައިފަ އެވެ.

އޭޖީ އޮފީހުން މިރޭ ބުނީ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރަށް ފޮނުވާ ބިލްތަކުގެ މައުލޫމާތު ހާމަކުރާނީ އެއިން ކޮންމެ ބިލެއް ވެސް މަޖިލީހަށް ފޮނުވުމަށް ފަހުގައި ކަމަށެވެ.

މި ދައުރަށް ފޮނުވާ މުހިއްމު ބައެއް ބިލްތައް:

- ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް.

- ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް.

- ފޮރިން އިންވެސްޓްމެންޓް ބިލް.

- އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލް.

މީގެ އިތުރުން ކާބޯތަކެއްޗާ ބެހޭ ބިލަކާއި އާއްްމު ދަތުރުފަތުރުގެ ބިލެއް އަދި އަބުރާ ބެހުމުން ބަދަލު ނަގައިދިނުމުގެ ބިލެއް ވެސް މި ދައުރަށް ފޮނުވާ ބިލްތަކުގެ ލިސްޓުގައި ހިމެނެ އެވެ.