14 އޯގަސްޓް 2020
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް އަލަށް އަޖޭ ދޭވްގަން އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް އަލަށް އަޖޭ ދޭވްގަން އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެ ފިލްމަކީ އެކްޝަން-ކޮމެޑީއެއް ކަމަށާއި ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 27 ގައި ފާހަގަކުރާ، ވައިއާރްއެފްގެ ބާނީ ޔާޝް ޗޯޕްޅާގެ އުފަން ދުވަހު ކަމަށެވެ.
ނަމަވެސް ފިލްމު ޑައިރެކްޓްކުރާނެ މީހަކާ ބެހޭ އެއްވެސް ވާހަކައެއް މީޑިއާތަކުން ހާމައެއްނުކުރެ އެވެ.
އަޖޭ މިހާތަނަށް ވައިއާރްއެފްގެ ފިލްމެއްގައި މަސައްކަތްކޮށްފައި ނުވާ އިރު، އޭނާގެ އަންހެނުން ކާޖޮލް އަކީ އެ ސްޓޫޑިއޯގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އަދި ހިންދީ ސިނަމާގެ އައިކޮނިކް ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގެ ބަތަލާ އެވެ. ޝާހްރުކް ޚާން ބަތަލުގެ ރޯލް ކުޅުނު އެ ފިލްމު ޑައިރެކްޓްކުރީ ވައިއާރްއެފްގެ މިހާރުގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ އެވެ.
"ޑީޑީއެލްޖޭ" ގެ އިތުރުން ވެސް އެ ސްޓޫޑިއޯގެ ފިލްމުތަކެއް ކާޖޮލް ކުޅުނެވެ. އެއީ "ފަނާ" އާއި "ޔޭ ދިއްލަގީ" އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖެނުއަރީގައި ރިލީޒްކުރި "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އާއި "ގަބްގްބާއީ ކަތިއަވާޅީ" އާއި "މައިދާން" އާއި "އާރްއާރްއާރް" އަދި "ކައިތީ" ގެ ރިމެކްގެ އިތުރުން "ތޭންކް ގޯޑް" ހިމެނެ އެވެ.
ޝާހްރުކާއި ކާޖޮލްގެ "ޑީޑީއެލްޖޭ" ބްރޯޑްވޭއަކަށް
ޝާހްރުކާއި ކާޖޮލްގެ "ޑީޑީއެލްޖޭ" އަލުން ސިނަމާތަކަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބާބިލްއާ އެކު ވައިއާރްއެފްގެ "ދަ ރެއިލްވޭމެން"
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ
ވައިއާރްއެފްގެ ފުރަތަމަ ސީރީޒް އިރުފާންގެ ދަރިފުޅަށް
އެމެޒޯންގެ ބޮޑު ހުށަހެޅުން ވައިއާރްއެފުން ގަބޫލެއްނުކުރި
ފިލްމުގައި ލަވައެއް ނެތުމުން ބަދަލުދޭން ޖެހިއްޖެ