06 އޯގަސްޓް 2020
ކޮވިޑްގެ މި ބަލިމަޑުކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލޭގައި ހިންގާ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ޓޭކްއަވޭގެ ހިދުމަތް އެކަނި ދޭ ގޮތަށް ބަދަލު ކުރަންޖެހޭ ކަމަށް، އާންމު ސިއްހަތުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އައިޝަތު އަރޫނާ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑްގެ މި ބަލިމަޑުކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލޭގައި ހިންގާ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ޓޭކްއަވޭގެ ހިދުމަތް އެކަނި ދޭ ގޮތަށް ބަދަލު ކުރަންޖެހޭ ކަމަށް، އާންމު ސިއްހަތުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އައިޝަތު އަރޫނާ މިއަދު ވިދާޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގައި ކުރިން މަސައްކަތް ކުރައްވާފައިވާ އެޕިޑެމިއޮލޮޖިސްޓް އަދި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާޕާސަން ޑރ. އަރޫނާ، "މިހާރު" އަށް ވިދާޅުވީ ކޮވިޑް-19 ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރެމުން ދާ ދުވަސް ވަރެއްގައި ކުޑަކުދިންނާއި އެކި އުމުރުގެ ގިނަ ބަޔަކު އާއްމުކޮށް ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނަށް ގޮސް ހިދުމަތް ހޯދުން އާއްމު ވެފައިވާ ކަމަށާއި އެއީ އެ ބަލި ފެތުރެން އޮތް ބޮޑު ފުރުސަތެއް ކަމަށެވެ.
Baeh cafe' thakah heevanee Eid eh aisgen ulheyhen
The most trusted news source in the Maldives
Mihaaru
ބައެއް ކެފޭތަކަށް ހީވަނީ އީެއް އައިސްގެން އުޅޭހެން
އެހެންވެ، މި ދުވަސްވަރު ހަމައެކަނި ޓޭކްއަވޭގެ ހިދުމަތް ދޭ ގޮތަށް ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން ބަދަލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކާން އިށީންނަ އިރު މާސްކް ނަގަން ޖެހޭ ކޮންމެ ގޮތެއް ވިޔަސް. އޭރުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު،" އަރޫނާ ވިދާޅުވި އެވެ.
"އެއްކޮށް ތަންތަން ބަންދު ކޮށްފިއްޔާ މީހުންނަށް ދަތި ވެދާނެ. އެހެންވީމާ ޓޭކްއަވޭ އަށް [އެކަނި] ހެދުން ރަނގަޅު. އޭރުން އެ ތަންތަނަށް ވެސް އާމްދަނީއެއް ލިބޭނެ."
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާޕާސަން ޑރ. އާމިނަތު އަރޫނާ: އޭނާ ވިދާޅުވަނީ ޓޭކް އަވޭގެ ހިދުމަތް ދޭ ގޮތަށް ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން ބަދަލު ކުރަން ޖެހޭ ކަމަށް-- ފޮޓޯ: އައިޖީއެމްއެޗް
މާލޭ ސަރަހައްދުގެ ކެފޭ/ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ މިދިޔަ މަހު 1 އިން ފެށިގެން ދީފައިވާއިރު ކުރިއެކޭ އެއްގޮތަށް އެ ތަންތަނަށް ގިނަ ބަޔަކު ގޮސް ހިދުމަތް ހޯދުން އަނެއްކާ ވެސއް ވަރަށް އާންމެވެ. މޭޒެއްގައި ދެ މީހުންނަށް ވުރެ އިތުރަށް ތިބުން މަނާކޮށް ދުރުދުރުގައި މޭޒުތައް ބަހައްޓާފައި ހުއްޓަސް ހިދުމަތް ހޯދަން ދާ މީހުން ގޮނޑި އާއި މޭޒުތައް ކައިރިކޮށް، ގުރޫޕު ހަދާފައި ތިބުން ވެސް އާއްމެވެ.
އެޗްޕީއޭގެ ގައިޑްލައިނާ ހިލާފު ވެގެން، ކެއިންބުއިމުގެ ހިދުމަތް ދޭ ގިނަ ތަންތަނެއް މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ބަންދުކޮށްފަ އެވެ. ގައިޑްލައިނާ އެއްގޮތަށް އެތަންތަން ބަދަލު ކުރުމުން އަނެއްކާ ވެސް ހިންގުމަށް ހުއްދަ ދެ އެވެ.
4months we stayed in homes! Kuliya thaney dhorey balaanulaa, lockdown uvaalun ey public ge kushynoon. Look how other countries lockdown uvaali goi.. step by step manage kurey vara.. mithaaga gym, hotels, cafes, restaurant, office, eyfaharaa public open v ma veegoi mi fennanee!
— A H M E D S H I Y A M (@littleamerica11) August 3, 2020
ކަންބޮޑުވުން ފާޅުކޮށް މީހަކު ކުރި ޓްވީޓެއް
ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން އަލުން ހުޅުވުމުގެ ހުއްދަ ފުރަތަމަ އެޗްޕީއޭ އިން ދިނީ އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފަ އެވެ. ނަމަވެސް ފަހުން އެ އިދާރާ އިން ވަނީ ގައިޑްލައިން ބަދަލުކޮށް، ދުރުދުރުގައި ތިބޭ ނަމަ ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ކަމަށް ނިންމައިފަ އެވެ.
ޑރ. އަރޫނާ ވިދާޅުވި ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑެވެ. އެހެން ކަމުން މިހާރުންމިހާރަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ވެސް ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަންޖެހޭ ކަމަށެވެ.
"ސިނގިރޭޓް ބޯ މީހާ އާއްމު ގޮތެއްގައި ކެއްސާނެ. އަދި ދުން ޖެހޭ ހިސާބު ކައިރި ތިބޭ މީހުން ވެސް ކެއްސާލެއް އިތުރު ވާނެ. އޭގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވޭ. ސިނގިރެޓް ބޯ މީހުން ތިން ފޫޓު ދުރުގައި ބެއިތިއްބިޔަސް އެއީ ރައްކާތެރި ހިސާބެއް ނޫން. އިލްތިމާސް އަކީ ރެސްޓޯރެންޓްތަކަކީ ސިނގިރެޓް ނުބޯ ތަނަކަށް ހެދުން. އެހެން ނޫނީ ރައްކާތެރިއެއް ނޫން،" ދުންފަތާ ދެކޮޅަށް މަސައްކަތް ކުރައްވާ އަރޫނާ ވިދާޅުވި އެވެ.
Gavaaidhaa hilaafu vumun ithuru 20 thaneh bandhukohfi
The most trusted news source in the Maldives
Mihaaru
ގަވައިދާ ހިލާފުވުމުން އިތުރު 20 ތަނެއް ބަންދު ކުރުން
ސިއްހީ ދިރާސާތައް ބުނާގޮތުން ސިނގިރެޓު ނުބޯ މިހުންނަށް ވުރެ ސިނގިރެޓް ބޯ މީހުންނަށް ކޮވިޑް-19 ޖެހުމުން ކުރާ ނޭދެވޭ އަސަރު ބޮޑެވެ. އޭގެ ސަބަބުން އެޑްމިޓް ކޮށްގެންނާއި ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހުން ހިމެނެ އެވެ. ސިނގިރެޓު ބުއިމުން ނޭވަލާ ނިޒާމަށް ގެއްލުންވެ، ފުއްޕާމެއަށް ޖެހޭ ބަލިތަކާއި އިންފެކްޝަން ޖެހުން އިތުރުވެ އެވެ.
ލޮކްޑައުން އަށް ދިން ބޮޑު ލުޔާއެކު، ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެ، ހާލަތު ގޯސްވެފަ އެވެ. އެހެންވެ، އަނެއްކާ ވެސް ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދާއި ކޮވިޑް ފެތުރޭ އެހެން ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ކުރުމާއި ސަރުކާރުގެ އޮފީސްތައް މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ބަންދުކުރުމާއި މާލެ ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓު އަދި ފިހާރަތަށް ރޭގަނޑު 9:30 ގައި ބަންދުކޮށް، ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ކާފިއު ހިންގުން ހިމެނެ އެވެ.
ގައިޑްލައިނަށް އަމަލުކުރޭތޯ ބަލަން ބޮޑު އިންސްޕެކްޝަނެއް
އެޗްޕީއޭގެ އުސޫލާ ހިލާފުވި 258 ތަނެއް ބަންދުކުރި
1،475 ވިޔަފާރި ބެލިއިރު 1،000 ތަން ރަނގަޅު
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 9 އާ ހަަމައަށް
ރޯދަމަހަށް ލުއިތައް ދޭން ވިސްނަން: މައިމޫނާ
ކޮވިޑް ކޭސްތައްް އިތުރުވާތީ އިންސްޕެކްޝަނެއް ފަށަނީ
އެޗްޕީއޭގެ އުސޫލާ ޚިލާފުވާ ތަންތަން ޖޫރިމަނާ ކުރަނީ
ގަވާއިދާ ހިލާފު ވުމުން އިތުރު 20 ތަނެއް ބަންދުކޮށްފި
ބައެއް ކެފޭތަކަށް ހީވަނީ "އީދެއް" އައިސްގެން އުޅޭހެން