Roadha Mihaaru
ސެމްސަންގުގެ ފަތްޖެހޭ ފޯނަކާއި ނޯޓް 20 ދައްކާލައިފި

ސެމްސަންގުގެ ފަތްޖެހޭ ފޯނަކާއި ނޯޓް 20 ދައްކާލައިފި

06 އޯގަސްޓް 2020

ސެމްސަންގުން ފުރަތަމަ ހެދި ފަތްޖެހޭ ފޯނަށް އަމާޒުވި އެންމެ ބޮޑު ފާޑުކިޔުމަށް ބަލައި ސްކްރީން ސައިޒު ބޮޑުކޮށް އުފައްދައި ދައްކާލައިފި އެވެ.

ސެމްސަންގުން ފުރަތަމަ ހެދި ފަތްޖެހޭ ފޯނަށް އަމާޒުވި އެންމެ ބޮޑު ފާޑުކިޔުމަށް ބަލައި ސްކްރީން ސައިޒު ބޮޑުކޮށް އުފައްދައި ދައްކާލައިފި އެވެ.

ފޯނު ފަތްޖަހާލާފައި އޮންނަ އިރު - އެކްސްޓާނަލް ޑިސްޕްލޭ - ކުރިއަށް ވުރެ ބޮޑުކޮށް ހެދި މި ފޯނާ އެކު ސެމްސަންގުން ވަނީ އެ ކުންފުނީގެ ގެލެކްސީ މަރުކާގެ ނޯޓް 20 ވެސް ދައްކާލައިފަ އެވެ.

ސެމްސަންގުން އެންމެ ފުރަތަމަ ހެދި ފަތްޖެހޭ ފޯނު ކަމަށްވާ ގެލެކްސީ ފޯލްޑްގެ ސްކްރީން ސައިޒަކީ 4.6 އިންޗި ކަމަށް ވުމުން އެ ފޯނު ބޭނުންކުރަން އުނދަގޫ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ. އެކަމަކު އަލަށް ނެރުނު "ގެލެކްސީ ޒެޑް ފޯލްޑް 2" ގެ އެކްސްޓާނަލް ސްކްރީންގެ ސައިޒަކީ 6.2 އިންޗި އެވެ.

މާކެޓްގައި ސެމްސަންގުގެ މަގާމު ދަށްވެފައި ވަނިކޮށް އެ ކުންފުނިން އިއްޔެ ދައްކާލި އަނެއް އުފެއްދުމަކީ ނޯޓް 20 އާއި ނޯޓް 20 އަލްޓްރާ ފޯނުތަކެވެ. މި ދެ މަރުކާ އަކީ ވެސް 5ޖީ ކަނެކްޓިވިޓީ ލިބޭ އުފެއްދުންތަކެވެ.

އަލްޓްރާގައި ސްކްރީން ސައިޒު 6.9 ގެ ފޯނާއި 6.7 ގެ ފޯނު ހުންނާނެ އެވެ. އަދި މި ފޯނުތަކުން ސިކުންތަކު 120 ފްރޭމްގެ މީޑިއާ ޕްލޭކުރެވޭނެތީ މިއީ ގޭމު ކުޅޭ މީހުންނަށް ވަރަށް ކަމުދާނެ ފޯނަކަށް ވާނެ ކަމަށް ސެމްސަންގުން ބުންޏެވެ.

ސެމްސަންގުން އަލަށް އުފެއްދި ފޯނާއި ޓެބްލެޓާއި އިއާފޯނާއި ގަޑި

ސެމްސަންގުން އަލަށް އުފެއްދި ފޯނާއި ޓެބްލެޓާއި އިއާފޯނާއި ގަޑި

އާ ފޯނުތަކާ އެކު ސެމްސަންގުން ވަނީ ސްޓައިލަސް އަށް ވެސް ކުރިއެރުންތައް ގެނެސްފަ އެވެ. އެސް ޕެން އިން ލިޔެ ކުރަހާއިރު މިހާރު ކުރިއަށް ވުރެ އަސްލާ އެއްގޮތްވާނެ އެވެ. މީގެ އިތުރުން އޯފް ސްކްރީންގައި އެސް ޕެން އިން އިތުރު ބޭނުންތައް ކުރެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ.

އަލަށް ދިން ފީޗާތަކުގެ ތެރޭގައި، ފޯނު ގުޅާލެވޭ ޓީވީތަކުން ފޯނުގެ ވީޑިއޯ ޕްލޭކުރަމުން ފޯނުން އެހެން ބޭނުންތައް ކުރެވޭ ގޮތް ހެދުން ހިމެނެ އެވެ. މިއީ މިހާރު ވެސް އެޕަލްގެ އެއާޕްލޭގައި ލިބޭ ފީޗާއެކެވެ.

ސެމްސަންގުގެ އާ ފޯނާއި ގަޑި އަދި އިއާފޯނު

ސެމްސަންގުގެ އާ ފޯނާއި ގަޑި އަދި އިއާފޯނު

ފައިލް ޝެއާކުރުމަށް، އެޕަލްގެ އެއާޑްރޮޕާއި ވާވޭގެ ވަންހޮޕް މަސައްކަތްކުރާ ގޮތަށް ސެމްސަންގުން މިފަހަރު ވަނީ ފީޗާއެއް ހިމަނައިފަ އެވެ. އެއީ އެއް ޑިވައިސް އަނެއް ޑިވައިސް އަށް ދިއްކޮށްލުމުން ފައިލް ޓްރާންސްފާ ކުރެވޭ "އަލްޓްރާ-ވައިޑްބޭންޑް-އެނޭބްލްޑް" ފީޗާ އެވެ.

ސެމްސަންގުގެ އާ ފޯނު ގެލެކްސީ ނޯޓް20 ދައްކާލަނީ

ސެމްސަންގުގެ އާ ފޯނު ގެލެކްސީ ނޯޓް20 ދައްކާލަނީ

ސެމްސަންގު ނޯޓް 20 ގެ އަގު ފެށެނީ 1،000 ޑޮލަރުންނެވެ. އަދި އަލްޓްރާ ފޯނުގެ އަގު ފެށެނީ 1،300 ޑޮލަރުންނެވެ. ވިއްކަން ފަށާނީ މި މަހުގެ 21 ގަ އެވެ.

ސެމްސަންގުގެ އާ ގަޑި ވޮޗް 3

ސެމްސަންގުގެ އާ ގަޑި ވޮޗް 3

ފޯނުތަކުގެ އިތުރުން ނޮއިސް-ކެންސަލިން އިއަފޯނު ގެލެކްސީ ބަޑްސް ލައިވް އާއި ލޭގެ ޕްރެޝަރު ބެލުމާއި އީސީޖީ ނެގޭ ގޮތަށް ހެދި ގެލެކްސީ ވޮޗް 3 ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެކަމަކު ލޭގް ޕްރެޝަރާއި އީސީޖީ އަކީ ބޭނުންކުރާ ގައުމެއްގެ ރަސްމީ އިދާރާތަކުގެ ހުއްދައާ އެކު ލިބޭނެ ފީޗާއެކެވެ. ދެން ދައްކާލީ ގެލެކްސީ ޓެބް 7 އާއި ޓެބް އެސް7 ޕްލަސް އެވެ. ސްކްރީން ސައިޒް 11 އަދި 12.4 އިންޗިން ލިބޭ މި ޓެބްލެޓްތައް ސެމްސަންގް ޕީސީގެ އިތުރު ސްކްރީނެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ އެވެ.