އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިން ވެސް އެ މަގާމު ފުރުއްވަމުން އައި އަހުމަދު މުންތަގިމް ހަމަޖައްސައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިން ވެސް އެ މަގާމު ފުރުއްވަމުން އައި އަހުމަދު މުންތަގިމް ހަމަޖައްސައިފި އެވެ.
އެތުލެޓިކްސްގެ އިން މިދިޔަ މަހު 29 ގައި ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި ތިން ވަނަ މުހައްމަދު ތޮލާލު ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ. އިއްޔެ ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ހުރިހާ މެމްބަރުންގެ އިއްތިފާގުން މުންތަގިމް ޖެނަރަލް ސެކްރެޓަރީ އަކަށް ހަމަޖައްސަން ފާސްކުރީ އެވެ.
މިއާ އެކު މުންތަގިމް މި ޒިންމާއާ މި ހަވާލުވީ ހަތަރު ވަނަ ދައުރަކަށެވެ. އޭނާ އެންމެ ފުރަތަމަ އެ ޒިންމާއާ ހަވާލުވީ 2008 ވަނަ އަހަރެވެ.
އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް)ގެ ރެފްރީންގެ މަތީ ފާހެއް ނަގާފައިވާ މުންތަގިމް ވަނީ ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަން ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި އިންސާފުކޮށްފަ އެވެ. އެ ގޮތުން އޭނާ ވަނީ 2018 ވަނަ އަހަރުގެ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރެފްރީއެއްގެ ހައިސިއްޔަތުން ބައިވެރިވެފަ އެވެ.
ޖަޕާނުގެ ޖިފޫގައި ބޭއްވި ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ސްޓާޓް ރެފްރީކަންކޮށް މުންތަގިމް ވެފައިވަނީ އޭޝިއާގެ މުބާރާތެއްގައި އެފަދަ ޒިންމާއެއް ނެގި ފުރަތަމަ ދިވެއްސަށެވެ. އަދި ނޭޕާލުގައި މިދިޔަ އަހަރު ކުރިއަށްދިޔަ ސަރަހައްދުގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސް އިވެންޓްތަކުގެ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް (އައިޓީއޯ) އަކަށް މުންތަގިމް މަސައްކަތްކުރެއްވިއިރު، އޭނާ އަކީ ގޭމްސް އެއްގެ އެތުލެޓިކްސްގެ އެ ފަދަ ޒިންމާއެއް އަދާކުރި ރާއްޖެ އަށް ނިސްބަތްވާ ފުރަތަމަ މީހާ އެވެ.
އައްޑޫ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި 1996 ވަނަ އަހަރު އެންމެ ފުރަތަމަ އޮފިޝަލްކުރަން ފެށި މުންތަގިމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އެތުލެޓިކްސް ރެފްރީ އެވެ. ސްޕޯޓްސް ޑިވިޝަނުގައި 1995 ވަނަ އަހަރު ވަޒީފާއަދަކުރަން ފަށައި 1999 ވަނަ އަހަރުން ފެށިގެން މުންތަގިމް އަންނަނީ އެތުލެޓިކްސް އެސޯސިއޭޝަނުގައި މަސައްކަތްކުރަމުންނެވެ.
އެތުލެޓިކްސްގެ ރައީސަށް ނޫނެކޭބުނެ ޖީއެސްއަށް ނައިބުކަން
އޭޝިއާގެ އެތުލެޓިކްސްއިން ތޮލާލްގެ ހިދުމަތަށް އެވޯޑެއް
ޖޫނިއާ ރިލޭ ޓީމުތަކުން ބްރޯންޒް މެޑަލް ހޯދައިފި
ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް
ރެކޯޑަކާ އެކު އެންމެ މޮޅު އެތުލީޓްގެ އެވޯޑް ފަސޫހާއަށް
އެތުލެޓިކްސްގެ ޖީއެސްގެ މަގާމު އަނެއްކާވެސް މުންތަގިމަށް
އުފަން ދުވަހު، ފަސޫހާ ގައުމީ ރެކޯޑް މުގުރާލައިފި
އޮލިމްޕިކްސްއަށް ފޮނުވުމުގައި ބޭއިންސާފެއް ނުވަން
މުގުރާލަން އުނދަގޫ 100 މީޓަރުގެ ރެކޯޑް ރޫޔާ އަށް
5000 މީޓަރު ރެކޯޑް މިފަހަރުވެސް ޝަމްހާ މުގުރާލައިފި