ހިންދީ ފިލްމުތަކަށް މިއުޒިކް ހަދައިދިނުން މިހާރު މަދީ އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު މިހާރު ބޮލީވުޑްގައި އުޅޭތީ ކަމަށާއި އެފަދަ މީހުން ފުރުސަތު ނުދޭން މަސައްކަތްކުރާ ކަމަށް، އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އިންޑިއާގެ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ އޭއާރް ރަހްމާން ބުނެފި އެވެ.
27 ޖުލައި 2020
ހިންދީ ފިލްމުތަކަށް މިއުޒިކް ހަދައިދިނުން މިހާރު މަދީ އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު މިހާރު ބޮލީވުޑްގައި އުޅޭތީ ކަމަށާއި އެފަދަ މީހުން ފުރުސަތު ނުދޭން މަސައްކަތްކުރާ ކަމަށް، އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އިންޑިއާގެ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ އޭއާރް ރަހްމާން ބުނެފި އެވެ.
ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ދިލް ބޭޗާރާ" ގެ މިއުޒިކް ވެސް ހަދައިދީ ފިލްމުގެ ބައެއް ލަވަތައް ވެސް ކީ، ރަހްމާން ރޭޑިއޯ މިރްޗީ އަށް ދިން އިންޓަވިއުއެއްގައި ބުނި އޭނާއާ ދެކޮޅު ގޭންގެއް ބޮލީވުޑް ތެރޭގައި އުޅޭކަން އެނގުނީ އެކީގައި މަސައްކަތްކުރި ބައެއް މީހުންގެ ފަރާތުން ކަމަށެވެ. އެގޮތުން "ދިލް ބޭޗާރާ" ގެ ޑައިރެކްޓަރު މުކޭޝް ޗަބްރާ އެ ފިލްމުގެ މިއުޒިކް ހަދަން ރަހްމާނާ ހަވާލުކުރަން ނިންމުމުން އޭނާގެ ގާތަށް ނުދާން ބައެއް މީހުން ބުނި ކަމަށް މުކޭޝްއާ ހަވާލާދީ ރަހްމާން ބުންޏެވެ.
"އެގޮތުން އެކި ފަހަރުމަތިން މުކޭޝް އަހަންނާ ހިއްސާކުރި ވާހަކަތަކުން ކަށަވަރުވި އަހަންނާ ދޭތެރޭ ހިތްހަމަނުޖެހޭ ބަޔަކު ބޮލީވުޑްގައި އުޅޭކަން. އަދި އަހަންނަށް ފުރުސަތު ނުދޭން ބަޔަކު މަސައްކަތްކުރާކަން،" 2008 ގެ ހޮލީވުޑް ފިލްމު "ސްލަމްޑޯލް މިލިއަނާ" ގެ މިއުޒިކުން އޮސްކާ އެވޯޑް ހޯދި ރަހްމާން ބުންޏެވެ. "އެހެންވެ މިހާރު އަހަރެންގެ މިއުޒިކް ހިންދީ ފިލްމުތަކުން އިވޭލެއް މަދީ."
"ކަންކަމަށް މަގުފަހިކޮށް ދެއްވަނީ ހެއްދެވި ފަރާތް. އެހެންވީމާ އަހަންނަށް ލިބެން އޮތް އެއްޗެއް ވިއްޔާ އެ އެއްޗެއް ލިބޭނެ. އެއަކަށް އެއްވެސް މީހަކަށް ހުރަހެއް ނޭޅޭނެ."---ރަހްމާން
ރަހްމާނަކީ ހިންދީ އެތައް ފިލްމަކަށް މިހާތަނަށް މަޝްހޫރު އަދި ފަނޑުވުމެއް ނެތް އެތައް ލަވައެއް ގެނެސްދިން ފަންނާނެކެވެ. އިންޑިއާގެ ފިލްމުތަކަށް ބަލާ އިރު، ރަހްމާންގެ މަސައްކަތްތައް އެންމެ ގިނައިން ފެންނަނީ އެ ގައުމުގެ ދެކުނު ފިލްމު އިންޑަސްޓްރީގަ އެވެ.
ރަހްމާން ބުނިގޮތުގައި ފާއިތުވި ފަސް ވަރަކަށް އަހަރު އޭނާ އަށް މިއުޒިކް ހަދަން ލިބުނީ ހިންދީ ފަސް ވަރަކަށް ފިލްމަށެވެ. އަދި އެންމެ އުންމީދުކުރާ ކަހަލަ ފުރުސަތުތަކެއް މިހާރު ބޮލީވުޑުން ނުލިބޭކަން ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.
"އެކަމަކު އަހަންނަކީ އަބަދު ވެސް އަހަންނާ އެކު މަސައްކަތްކުރަން ބޭނުންވާ ބަޔަކާ އެކީ ކުރިއަށްދާނެ މީހެއް. އެކަމަށް އަބަދު ވެސް މަރުހަބާކިޔާނަން. އަހަރެންގެ ބޭނުމަކީ ރަނގަޅު މަސައްކަތެއް ކުރުން. ވަކި ބަޔަކާ އެކު މަސައްކަތްކުރަން ހުރި މީހެއް ނޫން އަހަންނަކީ،" ރަހްމާން، 53، ބުންޏެވެ. "ކަންކަމަށް މަގުފަހިކޮށް ދެއްވަނީ ހެއްދެވި ފަރާތް. އެހެންވީމާ އަހަންނަށް ލިބެން އޮތް އެއްޗެއް ވިއްޔާ އެ އެއްޗެއް ލިބޭނެ. އެއަކަށް އެއްވެސް މީހަކަށް ހުރަހެއް ނޭޅޭނެ."
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
އިންޑިއާ އިން އޮސްކާ ރޭހަށް ބޮލީވުޑްގެ ދެ ފިލްމެއް
"ޕިއްޕާ" ގެ މިއުޒިކް އޭއާރް ރަހްމާނާ ހަވާލުކޮށްފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޔޫ2 އާއި އޭއާރް ރަހްމާންގެ ސިންގަލްއެއް
އިންޑިއާ އިން މިފަހަރު އޮސްކާއަށް ގުޖުރާތީ ފިލްމެއް
މަހޭޝް ބާބޫ ބޮލީވުޑް ފިލްމުތައް ކުޅޭކަށް ބޭނުމެއް ނުވޭ
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި
ކްރިކެޓް ތަރި ޖޫލާންގެ ރޯލު ކުޅޭނީ ހަމަ އަނުޝްކާ
ނަމްބަރު ޕްލޭޓެއްގެ މައްސަލައިގައި ވިކީ ޕޮލިހަށް