25 ޖުލައި 2020
މީގެ ތިން އަހަރު ކުރިން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ގައިދީ ބޭންޑް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު އާދާރް ޖެއިން ދެވަނަ ފިލްމުގެ މަސައްކަތް ފަށައިފި އެވެ.
މީގެ ތިން އަހަރު ކުރިން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ގައިދީ ބޭންޑް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު އާދާރް ޖެއިން ދެވަނަ ފިލްމުގެ މަސައްކަތް ފަށައިފި އެވެ.
އާދާރަކީ މަޝްހޫރު ދެ ތަރިން ކަމަށް ރަންބީރް ކަޕޫރާއި ކަރީނާ ކަޕޫރްގެ ދެބޭންގެ ދެ ދަރި ކޮއްކޮއެކެވެ. އޭނާގެ މަންމަ އަކީ ކަރީނާގެ ބައްޕަ ރަންދީޕް ކަޕޫރާއި ރަންބީރް ކަޕޫރްގެ ބައްޕަ ރިޝީ ކަޕޫރާ އެއްބަނޑު އެއްބަފާ ރީމާ ކަޕޫރެވެ.
"ގައިދީ ބޭންޑް" ގެނެސްދިންތާ ތިން އަހަރު ފަހުން 25 އަހަރުގެ އާދާރްގެ ދެވަނަ ފިލްމަކީ "ހެލޯ ޗާލީ" އެވެ. މި ފިލްމަކީ ފަރްހާން އަޚްތަރާއި ރިތޭޝް ސިދްވާނީގެ އެކްސެލް އެންޓަޓައިންމަންޓިން ހަދާ ފިލްމެކެވެ. އިންޑިއާގައި އިއުލާންކޮށްފައި އޮތް ލޮކްޑައުންގެ ކުރިން މި ފިލްމުގެ ޝޫޓިން އޮތީ ފަށައިފަ އެވެ. ނަމަވެސް ލޮކްޑައުންއާ އެކު ޝޫޓިން ހުއްޓިފައި އޮތުމަށް ފަހު މިހާރު ވަނީ އަލުން ފަށައިފަ އެވެ.
އެކަން ކަށަވަރުކޮށް ދެމުން އާދާރް ބުނީ މިހާރު ބާރަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ފިލްމާ ބެހޭ ގޮތުން އިތުރު އެއްވެސް ތަފުސީލެއް ދިނުމުގެ ހުއްދަ އޭނާ އަށް ނެތް ކަމަށް ބުންޏެވެ.
"ޕްރޮޑިއުސަަރުން ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާނީ." އާދާރް ބުންޏެވެ.
"ހެލޯ ޗާލީ" ގެ ޑައިރެކްޓަރަކީ ޕަންކަޖް ސަރަސްވަތެވެ. ފިލްމު ރިލީޒްކުރާނެ އިރެއް ވެސް އަދި ނޭނގެ އެވެ.
ދެވަނަ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ އިރު، އާދާރް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މިދިޔަ އަހަރު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ތާރާ ސުތާރިއާއާ އެވެ.
އާދާރްގެ ބޭބެ އަރްމާން ޖެއިން، 30، ވެސް ފިލްމެއް ކުޅުނެވެ. އެކަމަކު 2014 ގައި ރިލީޒްކުރި "ލޭކަރް ހަމް ދީވާނާ ދިލް" އަށް ފަހު، އޭނާ އިތުރު އެއްވެސް ފިލްމެއް ނުކުޅެ އެވެ. އަރްމާން ވަނީ މި އަހަރު ކުރީކޮޅު ކައިވެނި ވެސް ކޮށްފަ އެވެ.
ރާޖް ކަޕޫރަށް 100؛ ކަޕޫރް އާއިލާ އެއްތަނަކަށް!
ރާޖް ކަޕޫރްގެ ބައޮގްރަފީއެއް ޑިސެމްބަރުގައި ނެރެނީ
ރަންބީރްގެ ދައްތަ ފިލްމެއް ނުކުޅޭނެ
އަރްމާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު
އާއިލާގައި މަރުތައް ގިނަވެ ރަންދީރު ހިތް ހަލާކުވެފައި
ތާރާ އާއި އާދާރްގެ ކައިވެނީގެ ވާހަކަ ދޮގުކޮށްފި
ރިޝީގެ ހަނދާންތަކެއް ނުފިލާނެ: ރަންދީރް ކަޕޫރް
ރިޝީގެ މަރު: ބޮލީވުޑަށް ހިތާމައިގެ މައްޗަށް ހިތާމަ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އާރްކޭ ސްޓޫޑިއޯ މިއުޒިމަކަށް ބަދަލުކޮށްދޭން އެދެފި