22 ޖުލައި 2020
ފުލުހުންގެ ފޮރެންސިކް ލެބުގައިި ކޮވިޑް-19 އަށް 10،000 ޓެސްޓް ހަދައިފި އެވެ.
ފުލުހުންގެ ފޮރެންސިކް ލެބުގައިި ކޮވިޑް-19 އަށް 10،000 ޓެސްޓް ހަދައިފި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮރެންސިކް ސާވިސްގައި ކޮވިޑް-19 އަށް ޓެސްޓުކުރުމުގައި ހަރަކާތްތެރިވާ ގްރޫޕުން ކޮވިޑަށް 10،000 ޓެސްޓް ހަދާފައިވާ ކަމަށެވެ. އެގޮތުން ހަފުތާއަކު 1،000 ޕީސީއާރު ޓެސްޓް ހަދަމުން ދިޔައީ 100 އަށް ވުުރެ ގިނަ ފޮރެންސިކް ހެކި ޕްރޮސެސްކުރުމުގެ މަސައްކަތާ ވެސް އެކުގައި ކަމަށް ވިދާޅުވި އެވެ.
"މަރުހަބާ ޓީމް،" އެކަން ފާހަގަކުރުމަށް ކޭކު ފެޅުމަށް ބޭއްވި ހަފުލާގެ ފޮޓޯތަކަކާ އެކު ހަމީދު ކުރެއްވި ޓްވީޓުގައި ވެ އެވެ.
It’s 10,000 tests and counting for our relentless COVID-19 testing group at Forensic Services. Notably, they’ve been churning out around a 1000 validated PCR test results per week whilst processing 100s of forensic evidence in casework every month. Congratulations team. ?? pic.twitter.com/qEWMZmyxSE
— Mohamed Hameed (@M_Hameedh) July 22, 2020
ރާއްޖޭގައި ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޓެސްޓުކުރަން ފެށީ މިިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އައިޖީއެމްއެޗުގަ އެވެ. އޭގެ ފަހުން، ފަރުވާއެއް ހޯދިފައިނުވާ ބައްޔަށް ޓެސްޓުކުރަން ފެށީ ޕޮލިސް ލެބްގަ އެވެ. އައިޖީއެމްއެޗުގައި ވެސް މިހާތަނަށް 50،000 އަށްވުރެ ގިނަ ކޮވިޑް-19 ޓެސްޓް ހަދާފައިވެ އެވެ.
ޓެސްޓް ހެދުމަށް މިހާތަނަށް މުޅި ޖުމްލަ 68،000 އަށްވުރެ ގިނަ ސާމްޕަލް ނަގާފައި ވެ އެވެ.
އައިޖީއެމްއެޗާއި ޕޮލިސް ލެބްގެ އިތުރުން އޭޑީކޭ އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ރީޖަނަލް ބައެއް ހޮސްޕިޓަލްތަކުގައި ވެސް މިހާރު އަންނަނީ ކޮވިޑް-19 އަށް ޓެސްޓްކުރަމުންނެވެ.
93 ފުލުހަކަށް މިހާތަނަށް ކޮވިޑް ޖެހިފައިވޭ: ހަމީދު
މާސްކް އަޅާތޯ ބަލާނެ ކަމަށް ފުލުހުން ބުނެފި
ވެހިކަލް ޕާމިޓް ބޭނުން ކުރެވޭނީ އަންގާރަ އާ ހަމަޔަށް
ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލި ދެ މީހުން ނުފެނޭ
24 ގަޑިއިރުގެ ތެރޭގައި 319 މީހަކު ޖޫރިމަނާކޮށްފި
އެޗުޕީއޭގެ އިންޒާރުގެ އަޑެއް ނޭހި، މަގުތައް ފުރިފައި!
އެންމެންގެ ފަހަތުގައި ފުލުހުންނަކަށް ނުހުރެވޭނެ: ނަޒްލާ
އެޗްޕީއޭގެ އެންގުމާ ޚިލާފުވުމުން ޝުޖާއު ޖޫރިމަނާކޮށްފި
އިންޒާރު ދިނަސް ދިފާއުގައި ނުކުންނާނަން: އަބްދުއްރަހީމް
ވެހިކަލް މަނާކުރީ އެއްވުންތައް ހުއްޓުވަން: އެޗްޕީއޭ