Roadha Mihaaru
މަޖިލީހުގައި ރެސްޓޯރެންޓާއި ޖިމް ހިންގަން ބަޔަކު ހޯދަނީ

މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓާއި ޖިމެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

22 ޖުލައި 2020

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓަކާއި ޖިމެއް ހިންގާނެ ފަރާތެއް ހޯދަން އެ އިދާރާ އިން މިއަދު އިއުލާންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓަކާއި ޖިމެއް ހިންގާނެ ފަރާތެއް ހޯދަން އެ އިދާރާ އިން މިއަދު އިއުލާންކޮށްފި އެވެ.

އެ އިއުލާނުގައި ވަނީ، މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައި ރެސްޓޯރެންޓެއް، 12 ވަނަ ފްލޯގައި ޖިމެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުުޅުވައިލާ ކަމަށެވެ. އެކަމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ފަހު، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 16 ގައި ލިބޭނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.

މަޖިލީހުގެ އިދާރާގެ ސޯޝަލް ކްލަބުން މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓާއި ޖިމެއް ހަދަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން ވަނީ ވިދާޅުވެފަ އެވެ. މެމްބަރުންނާއި މުވައްޒަފުންނަށް އެތަނުގެ ޚިދުމަތްތައް ލިބޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.