29 ޖޫން 2020
ލަންކާ (ޖޫން 29) - މުސްލިމް ވޯލްޑް ލީގުން ފަސް މިލިއަން ޑޮލަރުގެ އެހީއެއް ނުލިބޭ ކަމަށް ސްރީ ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ލަންކާ (ޖޫން 29) - މުސްލިމް ވޯލްޑް ލީގުން ފަސް މިލިއަން ޑޮލަރުގެ އެހީއެއް ނުލިބޭ ކަމަށް ސްރީ ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ސިރިސޭނާ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މުސްލިމް ވޯލްޑް ލީގުގެ ސެކްރެޓަރީ ޖެނެރަލް ޝެއިޚް މުހައްމަދު ބިން އަބްދުލް ކަރީމް ބިން އީސާ ބައިވެރިވެވަޑައިގަތް ބައްދަލުވުމެއްގައި މިދިޔަ އަހަރު އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. މިދިޔަ އަހަރުގެ ޖޫން 30 ގައި ލަންކާގައި ބޭއްވި އެ ބައްދަލުވުމުގެ ޝަރަފުވެރި މެހެމާނަކީ ސިރިސޭނާ އެވެ.
އޭގެ ފަހުން ވަނީ އީސްޓަ ސަންޑޭ ހަމަލާގައި އަނިޔާ ލިބުނު އާއިލާތަކަށް އެހީވުމަށް މުސްލިމް ވޯލްޑް ލީގުން ފަސް މިލިއަން ޑޮލަރު ދޭން އެއްބަސްވި ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި އެ ފައިސާ މުސްލިމް ވޯލްޑް ލީގުން ހަވާލުކުރި ކަމަށާއި ނަމަވެސް އޭގެ ފަހުން އެ ފަސް މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ ކަމަށް ތުހުމަތުކޮށް ބައެއް ރިޕޯޓްތައް އާއްމުކޮށްފައިވެ އެވެ.
ސިރިސޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވީ މުސްލިމް ވޯލްޑް ލީގުން އެމަނިކުފާނަށް ފައިސާ ހަވާލު ނުކުރާ ކަމަށާއި އެކަން ވަނީ އެ ޖަމާއަތުން ވެސް ސާފުކޮށްދީފައި ކަމަށެވެ. އެ ފައިސާ ނުލިބި ވަނީ މުސްލިމް ވޯލްޑް ލީގަށް ލަންކާ އިން ފޮނުވަން ޖެހޭ ބައެއް ލިޔުންތައް ނުފޮނުވައިގެން ކަމަށް ވެސް ސިރިސޭނާ ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައި އެޕްރީލް 21، 2019 ގައި ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދާއި އެ މީހުންގެ ދީނާ އަދި ތަކެއްޗަށް ލިބުނު ގެއްލުމާއި ލަންކާގެ ރައީސް އަދި ބޮޑު ވަޒީރުގެ ޗެރިޓީ އެކައުންޓްތަކާ ބެހޭ މައުލޫމާތު ހިމެނޭ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.
އީސްޓަ ބޮމުގެ ހަމަލާގައި ސިރިސޭނާ އަށް ދައުވާކުރަނީ
ލަންކާގައި ރާމާމަކުނު ގިނަވެ، ބިރަކަށްވެއްޖެ: ސިރިސޭނާ
ލަންކާގެ 280 ކުށްވެރިންނަށް ސިރިސޭނާގެ މައާފް
ސިރިސޭނާގެ ވެރިކަމުގައި މަރުގެ އަދަބު ދެވޭ ގޮތެއް ނުވި
ބޮމުގެ ހަމަލާގެ ރިޕޯޓުގައި ސިރިސޭނާ އަށް ތުހުމަތުތަކެއް
ރައީސްކަމުން ވަކިވާތީ ސިރިސޭނާގެ އިނާޔަތްތައް ފާސްކޮށްފި
އިންތިޚާބުގައި ވާދަނުކުރެއްވުމަށް ސިރިސޭނާ ނިންމަވައިފި
ލަންކާގެ ބޮމުގެ ހަމަލާ އަލުން ތަހުގީގުކުރަން އަންގައިފި
"ލޮޓަސް ޓަވަރާ ގުޅޭ ގޮތުން ސިރިސޭނާގެ ތުހުމަތު ގޯސް"
ދެކުނު އޭޝިއާގެ އެންމެ އުސް އިމާރާތް ލަންކާގައި