22 ޖޫން 2020
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ މެދު އުފާކުރަން ނުޖެހޭ ކަމަށާއި ވެރިކަން ބަދަލުވި ގޮތް އަލުން ބަލާ ނަމަ އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ނަޝީދުގެ އޭރުގެ ނައިބު އަދި ނަޝީދުގެ އިސްތިއުފާ އަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ މެދު އުފާކުރަން ނުޖެހޭ ކަމަށާއި ވެރިކަން ބަދަލުވި ގޮތް އަލުން ބަލާ ނަމަ އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ނަޝީދުގެ އޭރުގެ ނައިބު އަދި ނަޝީދުގެ އިސްތިއުފާ އަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓުނީ ސަރުކާރާ ދެކޮޅަށް އާންމުން ކުރަމުން ދިޔަ ސިލްސިލާ މުޒާހަރާތަކާ ފުލުހުންނާއި ސިފައިން ގުޅި، އެންމެ ފަހުން ނަޝީދުގެ އިސްތިއުފާ އަށް ގޮވައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމަށް ފަހުގަ އެވެ. ނަމަވެސް ވަހިދު ވެރިކަމާ ހަވާލުވެވަޑައިގެން އުފެއްދެވި ކޮމިޝަން އޮފް ދަ ނޭޝަނަލް އިންކުއަރީ (ކޯނީ) އިން ވަނީ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކޮށް އެއީ ބަޣާވާތެއް ނޫން ކަމަށް ނިންމައިފަ އެވެ. ނަމަވެސް އެމްޑީޕީން އެ ކޮމިޝަންގެ ނިންމުން ގަބޫލެއް ނުކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު އެ މައްސަލަ އަލުން ބަލަން މެމްބަރުން އަންނަނީ ގޮވާލަމުންނެވެ.
Nasheed ge verikan badhaluvi goiy balan khaassa gaanooneh hadhan govaalavvaifi
The most trusted news source in the Maldives
Mihaaru
ވެރިކަން ބަދަލުވިގޮތް ތަހުގީގު ކުރަން ގޮވާލުން
އިިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ވަހީދު އައްޔަންކުރަން މިރޭ ބޭއްވި ހަފްލާގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަހީދު ވިދާޅުވީ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވި ގޮތަކީ އުފާކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި ޑިމޮކްރަސީގައި ކަންކަން ބަދަލުވާން ޖެހޭނީ ވަރަށް ސުލްހަވެރިކޮށް ކަމަށެވެ.
ވެރިކަން ބަދަލުވިގޮތް ރިޔާސީ ކޮމިޝަނުން ތަހުގީގު ކޮށްފައި ވާއިރު އެ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުއްވާފައި ނުވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. އަދި އެ ތަހުގީގުން ކުށްވެރިވާ ނަމަ ރައީސްކަމުގެ މަގާމުން ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށް ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ރައީސް އިސްމާއިލް ޝަފީއު އަށް އޭރު ވެސް ދެންނެވި ކަމަށް ވަހީދު ވިދާޅުވި އެވެ.
އެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޝަންގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތަޖުރިބާކާރު ބޭފުޅުންނާއި އެމްޑީޕީގެ ބޭފުޅުންނަށް ވެސް ފުރުސަތު ދީފައިވާނެ ކަމަށާއި އެއީ އެކަން ކުރެވޭނެ އެންމެ ރަނގަޅު ގޮތް ކަމަށް ވަހީދު ވިދާޅުވި އެވެ.
"އެ ރިޕޯޓަށް ވުރެ މޮޅު ރިޕޯޓެއް ހަދަންޏާ ޖެހޭނީ އެއަށް ވުރެ މޮޅު ބައެއް ހޯދައިގެން އެކަން ކުރަން. މިއީ ކުޅޭކުޅޭ ކުޅިވަރެއް ނޫން. ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން ކުރެވޭނެ އެންމެ ރަނގަޅަށް އެކަން ކުރީ. އަޅުގަނޑުގެ އދ.ގެ ތަޖުރިބާ އަށް ބަލައިފައި އެ ފިޔަވަޅު އެޅީ،" 2013 އިން ފެށިގެން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ވަހީދު ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހުން އެ މައްސަލަ ތަހުގީގުކުރާ ނަމަ އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމުގައި އެ މަނިކުފާން ގާނޫނާ ހިލާފަށް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު، އިސްތިއުފާ ދެއްވުމާ ގުޅިގެން ވަހީދު ރައީސްކަމާ ހަވާލުވެވަޑައިގަތުމުން އެމްޑީޕީގެ ވެރިކަން ބަދަލުކުރުމުގެ އަޑީގައި ހުންނެވީ ވަހީދު ކަމަށް އެ ޕާޓީން ތުހުމަތު ކުރެ އެވެ. އަދި އޭގެ ފަހުން ރާއްޖޭގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކުގެ ޒިންމާ ނަންގަވަން ޖެހޭނީ ވަހީދު ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
އާލީޑަޝިޕަކާއެކު، އަދިވެސް އެމްޑީޕީ ބަލިކުރެވޭނެ:އުމަރު
ރައީސް ވަހީދުގެ ސިޔާސީ ހަޔާތްޕުޅު ކުރު ގޮތަކަށް
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
"ސިޔާސީ މައިދާނަށް މި ނުކުތީ ޑިމޮކްރަސީ ނެތިގެންދާތީ"
އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ: އިދިކޮޅަށް ވާނީ ފަސޭހަ
ވޯޓު ފޮށި ފަޅާލައިގެން ހައްޔަރުކުރީ ޕީޕީއެމް މީހެއް!
ފުރުސަތެއް ލިބިއްޖެ ނަމަ ނަޝީދު ވަކިކުރާނަން: ސަލީމް