14 ޖޫން 2020
ހަމުގެ ކުލަ އަށް ނިސްބަތްކޮށް، ނަސްލީ ގޮތުން ކުރާ ތަފާތުތަކާ ދެކޮޅަށް އެމެރިކާގެ ކުންފުނި ބޭންޑް-އެއިޑުން ހާއްސަ ބޭސްމަލަން ކަލެކްޝަނެއް ނެރެން ނިންމައިފި އެވެ.
ހަމުގެ ކުލަ އަށް ނިސްބަތްކޮށް، ނަސްލީ ގޮތުން ކުރާ ތަފާތުތަކާ ދެކޮޅަށް އެމެރިކާގެ ކުންފުނި ބޭންޑް-އެއިޑުން ހާއްސަ ބޭސްމަލަން ކަލެކްޝަނެއް ނެރެން ނިންމައިފި އެވެ.
މަޝްހޫރު ކުންފުނި ޖޯންސަން އެންޑް ޖޯންސަންގެ ދަށުން ހިންގާ ބޭންޑް-އެއިޑުން ބުނީ އެކި މީހުންގެ ހަމުގެ ކުލައާ ގުޅޭ ގޮތަށް ނެރޭ ބޭސްމަލަން ކަލެކްޝަނުގައި ފަސް ޝޭޑެއް ހިމެނޭނެ ކަމަށެވެ. އަދި މިކަމަކީ ސީދާ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ކުރާ މަސައްކަތަށް ތާއީދުކޮށް، އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން ނެރޭ އެއްޗެއް ކަމަށް ބުންޏެވެ.
މި ވާހަކަ ބޭންޑް-އެއިޑުން އިންސްޓަގްރާމްގައި ހިއްސާކުރުމުން ބައެއް މީހުން ވަނި އެ ކުންފުންޏަށް ފާޑު ވެސް ކިޔައިފަ އެވެ. ސަބަބަކީ ކުރިން ވެސް މިފަދަ ކަލެކްޝަނެއް ނެރެން މީގެ އެތައް އަހަރެއް ކުރިން އެ ކުންފުންޏަށް ގިނަ ބަޔަކު ޕެޓިޝަން ހަދައި ގޮވައިލި ނަމަވެސް، އެކަމަށް އެކަށީގެންވާ އިޖާބައެއް ދީފައި ނެތުމެވެ.
ބޭންޑް-އެއިޑަކީ ގަރުނެއްވީ ތާރީހެއް އޮތް ކުންފުންޏެވެ. އެ ކުންފުނި އުފެދުނީ 1920 ގަ އެވެ.
އެކި މީހުންގެ ހަމުގެ ކުލަ ރަމްޒުކޮށްދޭ ގޮތަށް ބޭސްމަލަން ކަލެކްޝަނެއް ނެރޭކަން އިއުލާންކުރުމުގެ އިތުރަށް ބޭންޑް-އެއިޑުން ވަނީ އެމެރިކާގެ ފުލުހުންތަކެއް އެ ގައުމުގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޯއިޑް ކިޔާ މީހަކު އަނިޔާވެރި ގޮތަކަށް މަރައިލުމާ ގުޅިގެން އެކަމާ ދެކޮޅަށް "ބްލެކް ލައިވްސް މެޓާ" ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނަށް ފައިސާ ހަދިޔާކުރަން ވެސް ނިންމައިފަ އެވެ.
ބޭންޑް-އެއިޑަކީ ހަމުގެ ކުލަ ރަމްޒުކޮށްދޭ ގޮތަށް ބޭސްމަލަން ނެރޭ ފުރަތަމަ ކުންފުންޏެއް ނޫނެވެ. މި އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގެ ޓެސްކޯ އިން ވެސް ވަނީ މިފަދަ ކަލެކްޝަނެއް ނެރެފަ އެވެ. އޭގައި ތިން ޝޭޑެއް އެކުލެވެ އެވެ.
ޖޯޖް ފްލޮއިޑް މަރާލި ފުލުސް މީހާ 22 އަހަރަށް ޖަލަށް
ފްލޮއިޑު މަރާލި ފުލުސް މީހާގެ މައްޗަށް ކުށްސާބިތުވެއްޖެ
ޕެރަމެޑިކް ދިޔައިރު ފްލޮއިޑުގެ ވިންދެއް ނެތް
ފްލޮއިޑުގެ އާދޭސް ފުލުސް މީހާގެ ބޮޑީކެމް އިން
ފްލޮއިޑުގެ ފަހު ނުވަ މިނިޓް ޝަރީއަތަށް ކިޔައިދީފި
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެޕަލްގެ ބޮޑު ޕްރޮޖެކްޓެއް
ނެޓްފްލިކްސް އިން ކަޅު ނަސްލަށް އިންވެސްޓްކުރަނީ
ޓްރަމްޕާއެކު ފައްޅިއަށް ދެވުނީތީ ހިތާމަކުރަން: ޖެނެރަލް
ޑިކްޝަނަރީން "ރޭސިޒަމް" އަލުން މާނަކުރަނީ
ނަސްލީ ތަފާތު ކުރުމާ އެމެރިކާ ދެކޮޅުކަން ދައްކައިދެނީ