Roadha Mihaaru
ކުއްޖަކާ ބެހެން އުޅުނު އިސްލާމް ޓީޗަރަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކާ ބެހެން އުޅުނު އިސްލާމް ޓީޗަރަކު ވެސް ހައްޔަރުކޮށްފި

10 ޖޫން 2020

އުތުރުގެ ރަށެއްގެ އިސްލާމް ޓީޗަރަކު، އޭނާ ކިޔަވައިދޭ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އުތުރުގެ ރަށެއްގެ އިސްލާމް ޓީޗަރަކު، އޭނާ ކިޔަވައިދޭ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވުމާއެކު ފުލުހުންނާއި ޖެންޑާއިން ވަނީ އެ ރަށަށް ގޮސް މައްސަލަ ބަލަން ފަށައިފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި ފުލުހުން ގޮސް، ފިރިހެން ޓީޗަރު ހައްޔަރުކޮށްފައިވާކަން އެނގިފައިވެ އެވެ.

ކުޑަކުދިންނާ ގުޅޭ ޖިންސީ އަނިޔާގެ މައްސަލަތަކުގައި، އެ ކުދިންގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެވެ އެވެ. އެ ފަދަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކުރުމަކީ ގާނޫނީ ކުށެކެވެ. އުތުރުގެ އެހެން ރަށެއްގައި ހިންގާ ގުރުއާން ކްލާހެއްގައި ކިޔަވާ ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ވެސް ފިރިހެން ޓީޗަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި 28 އަހަރުގެ އެ ޓީޗަރުގެ ޝިކާރައަކަށްވި ދަރިވަރުންގެ ތެރޭގައި އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ފިރިހެން ކުދިން ހިމެނެ އެވެ. އަދި އެކަން އޭނާ ކުރަނީ ކުދިން ކިޔަވަން ދިޔުމުން ކަމަށް އެނގިފައި ވެ އެވެ.