Roadha Mihaaru
މާލެ-ވިލިމާލެ ފެރީ ދަތުރުތަކުގެ އަދަދު އިތުރުކޮށްފި

މާލެ-ވިލިމާލެ ފެރީ ދަތުރުތަކުގެ އަދަދު އިތުރުކޮށްފި

07 ޖޫން 2020

އެމްޓީސީސީން ވިލިމާލެ އާއި މާލެ އާ ދެމެދު ކުރާ ފެރީ ދަތުރުތައް އިތުރުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޓީސީސީން ވިލިމާލެ އާއި މާލެ އާ ދެމެދު ކުރާ ފެރީ ދަތުރުތައް އިތުރުކޮށްފި އެވެ.

އެމްޓީސީސީން މި ބަދަލު ގެނެސްފައިވަނީ މާލެ ސަރަހައްދުގެ ލޮކްޑައުނަށް ގެނެސްފައިވާ ލުއިތަކާ އެކު އެވެ. އިއްޔެއިން ފެށިގެން ފެރީގެ ދަތުރުތައް އިތުރުކޮށްފައިވާ އިރު އަތޮޅުތަކުގަ އާއި ވިލިމާލެ އާއި ގުޅިފަޅާއި ތިލަފުށީގައި ދަތުރު ކުރާ ކާގޯ ފެރީތަކުގެ އަދަދު ވެސް ވަނީ އިތުރުކޮށްފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ވެސް ހާލަތު ބެލުމަށްފަހު ފެރީ ދަތުރުތައް އިތުރުކުރަމުން އަންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މިގެނައި ބަދަލާ އެކު ދުވާލެއްގެ މައްޗަށް ވިލިމާލެ އާއި މާލެ އާ ދެމެދު 20 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހިދުމަތްތައް މެދުކަނޑައިލުމަށް ފަހު މިދިޔަ މަހުގެ ތެރޭގައި އެމްޓީސީސީން ވަނީ އެއް ރަށުން އަނެއް ރަށަށް މުދާ އުފުލުމުގައި ދިމާވާ ދަތިތައް ހައްލުކުރަން އަތޮޅު ކައުންސިލްތަކާ ގުޅިގެން މުދާ އުފުލާ ފެރީތައް ބާއްވައިފަ އެވެ.