02 ޖޫން 2020
މާލެތެރޭގައި ކޮވިޑް-19 ފެތުރެެން ފެށި ފަހުން މިއަދަކީ ޕޮޒިޓިވް ކޭސްތައް އެންމެ މަދު އެހެންމެ އެ ބަލިން އެންމެ ގިނަ މީހުން ރަނގަޅުވިކަން އިއުލާނުކުރި އެއް ދުވަހަށް ވެއްޖެ އެވެ.
މާލެތެރޭގައި ކޮވިޑް-19 ފެތުރެެން ފެށި ފަހުން މިއަދަކީ ޕޮޒިޓިވް ކޭސްތައް އެންމެ މަދު އެހެންމެ އެ ބަލިން އެންމެ ގިނަ މީހުން ރަނގަޅުވިކަން އިއުލާނުކުރި އެއް ދުވަހަށް ވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދަކީ 12 ކަމަށާއި 120 މީހަކު ޑަބަލް ނެގެޓިވްވެ، ބަލިން ރަނގަޅުވި ކަމުގެ ނަތީޖާ ވެސް އެ ވަގުތުގެ ތެރޭގައި ލިބިފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި 12 މީހުންގެ ތެރެއިން 11 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ އިންޑިއާ މީހެކެވެ.
މިރޭގެ ޕްރެސް ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިހާރު ހުރި ކޭސްތަކަށް ބަލާއިރު ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ 27 ޕަސެންޓް ވަނީ ރަނގަޅުވެފައި ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި ކުރިން ފެނުނު ކްލަސްޓާތަކާ އެއްވެސް ގުޅުމެއް ނެތް 82 މީހަކު ހިމެނޭ ކަަމަށެވެ. އަފްޒަލް ވިދާޅުވި ގޮތުގައި. ވަކިވަކި ކޭސްތަކާ ގުޅޭ ކޮންޓެކްޓްތައް ހޯދަން ތިން ދުވަސް ވަންދެން ވަރަށް ބުރަކޮށް މަސައްކަތް ކުރި އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ.
"އެހެން ނަމަވެސް ކޮންމެ ދުވަހަކީ ވެސް އަަލަށް ކޭސްތަކެއް ފެންނަ ދުވަހަކަށް ވާތީ ވަކި ހިސާބަކަަށް ބެލުމަށް ފަހު، ދެން އޭރަކު އެންމެ ފަހުން އައިސް ހުރި ކޭސްތަކަށް ހުރިހާ ސަމާލުކަމެއް ދެވިގެން މިދަނީ،" އަފްޒަލް ވިދާޅުވި އެވެ.
އެ އަދަދަށް ބަލާއިރު މިއީ ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެންމެ މަދު ކޭސްތައް ފެނުނު ދުވަހެވެ. މި ތިން ހަފުތާގެ ތެރޭގައި ދެން އެންމެ މަދު ކޭސްތައް ފެނުނީ އިއްޔެ އެވެ. އެއީ އިއްޔެ ނޫން އިހަށް ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިއްޔެގެ ހަވީރު 6:00 އާ ހަމައަށް 14 ކޭސް އެވެ. ދެން އެންމެ މަދުން ފެނުނު ދުވަހު 19 ކޭސް ފެނިފައިވެ އެވެ.
މި ތިން ހަފުތާގެ ތެރޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ދުވަހުގެ އަދަދަކީ 127 އެވެ. އެކަމަކު އެއީ ސާމްޕަލްތައް ޕްރޮސެސްކުރުމުގައި އައި ލަސްކަމެއްގެ ސަބަބުން އެއްވި އަދަދެކެވެ. ދެން އެންމެ ގިނަ ކޭސްތައް އައި ދުވަހު ފެނިފައި ވަނީ 90 ކޭސް އެވެ.
މިހާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާރު ރަނގަޅު ނުވެ ތިބީ 1،226 މީހެކެވެ. އެ ބަލީގައި ހަތް މީހަކު މަރުވި އިރު ރަނގަޅުވި މީހުންގެ އަދަދަކީ 608 އެވެ.
ބިރު ބޮޑުވެއްޖެ، ފަރުވާކުޑަކޮށް ނުލާ!
ބަލިން ސަލާމަތް ވަންދެން ލޮކްޑައުންގައި ނުތިބެވޭނެ
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
ދުވަސްވީ މީހުންނާއެކީ އެހެން މީހުން ބޭރަށްނުދާން އެދެފި
ލޮކްޑައުން ލުއިކުރަން 50 ކޭސް ގިނައެއްނޫން: އެޗްޕީއޭ
ލޮކްޑައުން ލުއިކުރާނީ އާންމުގެ ތައްޔާރީއަށް ބަލާފައި
ނިއު ނޯމަލްގައި ދެތިން މަހު އުޅެން ޖެހިދާނެ: އަފްޒަލް
ލޮކްޑައުން ތެރޭގައި ޕީކަށް ނުދާނެ: ޑރ. އަފްޒަލް
ލޮކްޑައުން އަށް ފަހު ވެސް މި ބައްޔާ އެކު އުޅެން ޖެހޭ
ހައި ރިސްކް މީހުންގެ ކޮވިޑް ކޭސްތައް ގިނަވެއްޖެ