17 އޮކްޓޯބަރ 2016
ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އައި ފަސް މަހުގެ ތުއްތު ކުއްޖާ މަރުވުމުގައި އެ ތަނުގެ މުވައްޒަފެއްގެ އިހުމާލެއް އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އައި ފަސް މަހުގެ ތުއްތު ކުއްޖާ މަރުވުމުގައި އެ ތަނުގެ މުވައްޒަފެއްގެ އިހުމާލެއް އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުއްޖާ މަރުވި ސަބަބު ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން ތަހުގީގުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެ ކަމަށް ވެސް ބުންޏެވެ.
"މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ކަން ހިނގާފައިވާ ގޮތެއް ބަލައި، މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް މިމިނިސްޓްރީން އަޅާނެކަމުގެ ޔަގީންކަން އަރުވަން،" އެ ބަޔާނުގައި ބުންޏެވެ.
މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާ ނުލާތީ، ވަރަށް ކުއްލި ގޮތަކަށެވެ.
އެ ބަޔާނުގައި ޖެންޑާ މިނިސްޓްރީން ވަނީ އެތަނުން ބަލަހައްޓަމުން އަންނަ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން ދީފަ އެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ނުވަ އަހަރުން ދަށުގެ ކުދިން ބަލަހައްޓަން ހާއްސަ އެ މަރުކަޒު ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެތަން އިމާރާތްކުރީ ޔޫއޭއީގެ ވިޔަފާރިވެރިއެއްގެ ހަރަދުގަ އެވެ. އެ މަރުކަޒުގައި މިހާރު ވެސް 85 ކުދިން އަންނަނީ ބަލަހައްޓަމުންނެވެ.
"ހިޔާގައި ކުއްޖާ މަރުވި މައްސަލަ ތަހުގީގުކޮށް ނުނިމޭ"
ތުއްތުކުއްޖާގެ މަރުގައި "ޝައްކުތަކެއް އެބަހުރި"
ކުޑަކުދިންގެ ހިޔާގައި ތުއްތު ކުއްޖަކު މަރުވެއްޖެ
ވޭމަންޑޫ ސެންޓަރުގެ ކުއްޖެއްގެ މައްސަލަ ހޫނުވެއްޖެ
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި
ކުއްޖަކާ އެކު ފިލަން އުޅުނު މީހަކު އަލުން ހައްޔަރު
އަނިޔާވި ކުއްޖާއަށް ފަރުވާދީ ފިޔަވަޅު އަޅަނީ
ކުދިންތަކެއް އެހެންކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަނީ
ހިޔާގެ އިސްވެރިން ޖަވާބުދާރީކުރުވަން ޖިނާއީ ތަހުގީގަކަށް