27 މެއި 2020
އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ ބިލާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ ބިލާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކޮށްފައިވާތީ، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ބިލް ހުށަހެޅީ ސަރުކާރުންނެވެ. އެކަމަކު ގާނޫނުއަސާސީ އަށް އެ ބަދަލު ގެނައުމާ މެދު ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުމުން އެ ކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން އޮތީ ހުށަހަޅައިފަ އެވެ.
ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ހުށަހެޅުއްވި އެ ބިލް ބަލައިގަނެ، މުޅި މަޖިލިސް ހިމެނޭ ކޮމޓީއަކަށް ފޮނުވަން ފާސްކުރީ 61 މެމްބަރުންގެ ވޯޓުންނެވެ.
އެ ބިލާ މެދު ސުޕްރީމް ކޯޓުގެ ލަފައަށް އެދުމަށް މެމްބަރު ހަނިމާދޫ ދާއިރާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްވީ 61 މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
މިރޭގެ ޖަލްސާގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ބިލާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިފައިވާތީ އެ ކޯޓުގެ ލަފައެއް ލިބެންދެން މަޖިލީހުގެ ޖަލްސާ އެއްކޮށް ހުއްޓާ ނުލައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އޭގެ ބަދަލުގައި މިރޭގެ ޖަލްސާ ވަގުތީ ގޮތުން މެދުކަނޑުއްވައްލައްވަނީ ކަމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން ވަރަށް އަވަހަށް އެކަމުގައި ލަފައެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ރަނުން ރަނަށް އަޅުގަނޑުމެންނަށް މިކަން ކޮށް ނިންމޭނެ،" ނަޝީދު
"މިހާރު މި އޮޮތް ހާލަތުގައި އެކަށީގެންވަނީ މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު އެ ކޯޓުން އެ ލަފާ ލިބުން. އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ މިރޭގެ ޖަލްސާ އަޅުގަނޑު މެދުކަނޑައޭ ލާނީ، ހުއްޓައެއް ނުލާނަމޭ. އަޅުގަނޑުމެން ހުޅުވައިގެންނޭ މި ތިބީ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ބިލުގެ މަސައްކަތް މަޖިލީހުގައި މަޑުޖައްސާލާފައިި ނޯންނާނެ އެވެ. އެ ބިލުގެ ކަންކަން ކުރިއަށް ގެންދިޔައީ ރައްޔިތުންނަށް އެ ބިލާ މެދު މައުލޫމާތު ލިބުމުގެ ފުރުސަތު ދެއްވުމަށް ފަހު، މަޖިލީހުުގެ ގަވާއިދުގެ ތެރެއިން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށް ނަޝީދު ވިދާޅުވި އެވެ. ގާނޫނީ ލަސްކަމެއް ނާންނާނެހެން އެ މަސައްކަތް ނިންމަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ރަނުން ރަނަށް އަޅުގަނޑުމެންނަށް މިކަން ކޮށް ނިންމޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ބިލާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ނިންމިއިރު، އެ ބިލަށް ވޯޓު ދޭން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ރޭ ވަނީ ވިޕްލައިނެއް ވެސް ނެރެފަ އެވެ. އެކަމަކު އެ ބިލާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން މިއަދުގެ ޖަލްސާގައި ވެސް ވާހަކަ ދެއްކެވި އެވެ.
ވަގުތީ ކައުންސިލްގެ ބާރު ހަނިކުރާ ބިލް ތަސްދީގުކޮށްފި
ކައުންސިލަރުންގެ ބާރުތަކެއް ހަނިކޮށް، ގާނޫނީ ހައްލެއް
ސުޕްރީމް ކޯޓުން ލަފާ ދިނީ ގާނޫނުއަސާސީ އިސްލާހުކުރަން
ވަގުތީ ކައުންސިލްގެ ބާރު ބޭނުންކުރަން ޚާއްސަ އުސޫލެއް
ގާނޫނުއަސާސީގައި އަތްނުލައި މިކަން ކުރާނީ ކިހިނެއް؟
އިންތިހާބުގެ ތައްޔާރީ ސިއްހީ ކުއްލި ނުރައްކާ ނިމުމުން
"ކައުންސިލްތައް ނުލިބުމުން ގާނޫނު ބަދަލުކުރުން ހުތުރު"
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
އެމްޑީޕީގެ ލާމަރުކަޒީ ހާއްޔަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ
އިންތިޚާބަށް ހުޅުވާލުން: މައްސަލަ ބަލައެއްނުގަތް