26 މެއި 2020
ކޮވިޑް-19 ފެތުރޭތީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލާފައި އޮތުމަށް ފަހު، ހާއްސަ އިންތިޒާމުތަކަކާ އެކު، މިއަދު ޖަލްސާތައް ފަށައި ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.
ކޮވިޑް-19 ފެތުރޭތީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލާފައި އޮތުމަށް ފަހު، ހާއްސަ އިންތިޒާމުތަކަކާ އެކު، މިއަދު ޖަލްސާތައް ފަށައި ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.
ތަޅުމުގައި ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން ފާޑުކިޔުން އަމާޒުވި ނަމަވެސް 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ ޖަލްސާ ހެނދުނު 11:00 ގައި ފެށީ 47 މެމްބަރުންނާ އެކު އެވެ. މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ހުރިހާ މެމްބަރުންނާއި އިދާރީ މުވައްޒަފުން ވެސް ތިބީ މާސްކް އަޅައިގެންނެވެ. ކުރިއާ ޚިލާފަށް ކޮންމެ މެމްބަރަކަށް މޭޒެެއް ކަނޑައަޅާފައި ހުރިއިރު، އެ ބޭފުޅުން ތިއްބެވީ ދުރުމިން ބަހައްޓައިގެންނެވެ. އަނެއްބައި މެމްބަރުން ތިއްބެވީ މޭޒެއް ނެތި ގޮނޑީގައި ދުރުދުރުގަ އެވެ.
Council memberun ge dhauru ithuru kuran sarukaarun husha helhi bill agenda koffi
The most trusted news source in the Maldives
Mihaaru
ދައުރުދަންމަން ގާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާހު އެޖެންޑާ ކުރުން
މިއަދުގެ ޖަލްސާގެ ހާޒިރީ އިއްވަވަމުން ނަޝީދު ވިދާޅުވީ، ފަސް މެމްބަރަކު ދިރިއުޅުއްވާ ގެ މޮނީޓަރިންގެ ހާލަތުގައި ހުރުމުން އެ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް ނުވާ ކަމަށެވެ. މީގެ އިތުރުން ތިން މެމްބަރަކު ތިއްބެވީ ނަޝީދު ވިދާޅުވި ގޮތުގައި ސަލާމުގަ އެވެ.
މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލް، މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަމުން ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ، އެ އިސްލާހާ އެކު އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިއްބެވި ކައުންސިލަރުންގެ މަގާމު އޮންނާނެ ކަމަށެވެ.
ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައި ވަނިކޮށް، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ޚާއްސަ ގާނޫނެއް އެކަމަށް ފާސްކުރުމުގެ ބިލެއް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ކުރިން މަޖިލީހަށް ހުށަހެޅުއްވި އެވެ. އެކަމަކު ގާނޫނުއަސާސީ އިސްލާހު ނުކޮށް، އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބުނެ ފާޑުކިޔުންތައް އޮތީ އެކަމަށް އަމާޒުވެފަ އެވެ. ހަސަން ލަތީފްގެ ބިލްގެ މައްސަލައިގައި އެތައް ދުވަހެއް ބޭކާރު ގޮތުގައި ހޭދަވެފައިވާ ކަމަށް ބައެއް މެމްބަރުން ވެސް ވިދާޅުވެ އެވެ.
މަޖިލިސް މެމްބަރުން މިއަދުގެ ޖަލްސާގައި: މެމްބަރުން ތިއްބެވީ ހާއްސަ އިންތިޒާމެއްގެ ތެރެއިން ދުރުދުރުގައި-- ފޮޓޯ: މަޖިލިސް
ކައުންސިލްތަކުގެ މުއްދަތު ދަންމަން ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހެޅިއިރު، ހަސަން ލަތީފްގެ ބިލް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ. އެކަމަކު ގާނޫނުއަސާސީގައި ކައުންސިލް މެމްބަރުންގެ ދައުރު ކަނޑައަޅާފައި ވަނިކޮށް، ގާނޫނުއަސާސީ އިސްލާހު ކުރުމެއް ނެތި، އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް އޮތީ ލަފާ ދެއްވައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރުމުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެކަމަކު މިހާރު ތިބި ކައުންސިިލް މެމްބަރުންގެ ދައުރު އަންނަ މަހުގެ ތިނެއްގައި ހަމަވުމުގެ ކުރިން އެ މަގާމުތަކާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.
Majileehuge thalhumugai jalsa beyvveynee vaki kanthahthakeh furihama koggen kan HPA in a'gaifi
The most trusted news source in the Maldives
Mihaaru
ހާއްސަ އިންތިޒާމުތަކެއްގެ ދަށުން މަޖިލިސް ބާއްވަން ހުއްދަ ދިނުން
އޮންލައިންކޮށް ބާއްވަމުން އައި ޖަލްސާތައް މިއަދު ޗެމްބަރުގައި ފަށާފައިވާއިރު، ފުރަތަމަ އެކަން އެގޮތަށް ކުރަން ނަޝީދު ނިންމެވީ އެޗްޕީއޭގެ ހުއްދައާ ނުލަ އެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނިކޮށް، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެމްބަރުން ހިމެނޭގޮތަށް ބައެއް މެމްބަރުން ވަނީ ޖަލްސާއަށް ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އެޗްޕީއޭ އިން ފަހުން ކަނޑައެޅި ވަކި ކަންތައްތަކެއް މަޖިލީހުގެ އިދާރާ އިން ފުރިހަމަ ކުރުމުން ހުއްދަ ދޭން ނިންމައި ފުލުހުން ވަނީ މެމްބަރުން ޖަލްސާ އަށް ވަޑައިގަތުމުގެ ހުއްދަ ދީފަ އެވެ.
ކައުންސިލަރުންގެ ބާރުތަކެއް ހަނިކޮށް، ގާނޫނީ ހައްލެއް
އިދިކޮޅުގެ "އާނބަސް" ނުލިބުމުން ވޯޓު ހޯމަދުވަހުގެ ރޭ
މަޖިލިސް: މައިނޯރިޓީ ލީޑަރުގެ ޖަވާބެއްގެ އިންތިޒާރުގައި
އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕްލައިނާ ޚިލާފުވެއްޖެ
ގާނޫނު އަސާސީ އިސްލާހުކުރަން އެމްޑީޕީން ނިންމައިފި
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
ކައުންސިލްތަކުގެ ދައުރު ދަންމާލާ އިސްލާހު ފާސްކޮށްފި
ގާނޫނުއަސާސީ އިސްލާހުކުރުން މިރޭ ދަންވަރު 1:30 ގައި
ސުޕްރީމް ކޯޓުން ލަފާ ދިނީ ގާނޫނުއަސާސީ އިސްލާހުކުރަން
މަޖިލީހުގެ ޖަލްސާއެއް މިރޭ ވެސް ބާއްވަނީ