Roadha Mihaaru
ސްކިލް ޑިވެލޮޕްމަންޓް ޕްލޭން ހަދަނީ އިންޑިޔާއާ ގުޅިގެން

ސްކިލް ޑިވެލޮޕްމަންޓް މާސްޓަ ޕްލޭން ތައްޔާރުކުރަން އިންޑިއާގެ ކޯޕަރޭޝަނަކާ އެކު ސޮއިކޮށްފި

18 މެއި 2020

ރާއްޖޭގެ ސްކިލް ޑިވެލޮޕްމަންޓް މާސްޓަ ޕްލޭން ތައްޔާރުކުރަން، އިންޑިއާގެ ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ސްކިލް ޑިވެލޮޕްމަންޓް މާސްޓަ ޕްލޭން ތައްޔާރުކުރަން، އިންޑިއާގެ ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފަސް އަހަރަށް އަމާޒުކޮށްގެން ހަދާ ޕްލޭންގެ މަސައްކަތް، މިއަހަރުގެ ތިން ވަނަ ކުއާޓަރަށް ދާއިރު ނިމޭނެ ކަމަށެވެ. އެ ޕްލޭން ތައްޔާރުކުރަނީ ސަރުކާރުގެ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ޕޮލިސީތަކާ އެއްގޮތަށެވެ.

މި ޕްރޮޖެކްޓަށް ހަރަދުކުރާނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އަދި ވޯލްޑް ބޭންކާއެކު ކުރިއަށްގެންދާ "މީރީ ޕްރޮޖެކްޓު"ގެ ތެރެއިންނެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ރާއްޖެއަށް ބޭނުންވާ ހުނަރާއި މަސައްކަތުގެ ތަމްރީނު ލިބިފައިވާ ޒުވާން ޖީލެއް ބިނާކުރަން ކުރާ އެ މަސައްކަތަކީ ރާއްޖޭގެ އިގުތިސޯދު ހިންގުމުގައި ޒުވާނުންގެ ހަކަތަ އިތުރުކޮށް ވަޒީފާގެ ބާޒާރާއި ވިޔަފާރިކޮށްގެން ނަފާ ހޯދަން ޒުވާނުންނަށް ގިނަގުނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ޕްރޮޖެކްޓެއް ކަމަށެވެ.

އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސްޓިއަރިން ކޮމެޓީގެ ލަފައާ މަޝްވަރާގެ މަތިންނެވެ. ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މަސައްކަތްކުރާނީ ޓިވެޓް އޮތޯރިޓީއާ އެކުގަ އެވެ. މާސްޓަޕްލޭން ތައްޔާރުކުރާއިރު އެކި ދާއިރާތަކުގެ ކަމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއެކުގައި ވެސް މަޝްވަރާކުރާނެ އެވެ.

މި ކޮންސަލްޓަންސީ ކުރިއަށްގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މަސައްކަތްކުރާނީ ސްކިލް ސެކްޓާތައް އެނަލައިޒްކުރުމާއި ރިސާޗަށެވެ. ދެ ވަނަ ފިޔަވަހީގައި މާސްޓަ ޕްލޭން ތައްޔާރުކުރުމާއި ސްޓްރެޓެޖީތައް ކަނޑައެޅުމުގެ މަސައްކަތްތައް ކުރާނެ އެވެ.