Roadha Mihaaru
40 އަށް ވުރެ ގިނަ ސިފައިން ޕޮޒިޓިވްވެއްޖެ

40 އަށް ވުރެ ގިނަ ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

12 މެއި 2020

މިހާތަނަށް 40 އަށް ވުރެ ގިނަ ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

މިހާތަނަށް 40 އަށް ވުރެ ގިނަ ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އެމްއެންޑީއެފަކީ މިހާތަނަށް އެންމެ ގިނަ މީހުން އެއް މުއައްސަސާއަކުން އެ ބައްޔަށް ޕޮޒިޓިވްވި ތަން ކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑް-19 އިން ދިވެހިން ސަލާމަތް ކުރުމަށް އެންމެ ކުރީ ސަފަށް ސިފައިން ނުކުތީ އެކަން އެނިގެން ކަމަށާއި ސިފައިންގެ މީހުން އަދިވެސް އެ ބައްޔަށް ޕޮޒިޓިވް ވާނެ ކަމަށެވެ.

"އެހެން ނަމަވެސް ސިފައިން ރައްކާތެރިކުރުމަށްޓަައި ފޯސް ޕްރޮޓެކްޝަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރީ. އޭގެ ތެރޭގައި އެންމެ ބޭސިކް މިހުރި ކަންކަން އެންމެ ކުރިއްސުރެ ފެށިގެން ސިފައިން އެވެއާ ކުރުމާއި ސިފައިން ޓްރެއިން ކުރުމާއި އޭގެ އިތުރުން ވަކިވަކިން ސިފައިންގެ ތެރޭގައި ވެސް އައިސޮލޭޓްކޮށް، ކަރަންޓީން ކުރުމާއި މިހުރި ކަންމަށް ވެސް ވާހަކަ ދެއްކެވި، މަޝްވަރާ ކުރެވި، އެ ފިޔަވަޅުތައް އެޅެމުން ދަނީ،" ޝަމާލް ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް 897 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އޭގެ ތެރެއިން 302 މީހުންނަކީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ވެސް ސިފައިންގެ މީހެކެވެ. އެއީ އިނގިރޭސި ވިލާތުގައި ތަމްރީނެއް ނިންމާފައި މާލެ އައި ތަނުން ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި މީހެކެވެ. އެކަމަކު، އޭނާ ވަނީ އެ ބަލިން މިހާރު ރަނގަޅުވެ ސިފައިންގެ ޑިއުޓީ އަށް ނުކުމެފަ އެވެ.

"އަޅުގަނޑުމެން ނަގަންޖެހޭ ރިސްކަކަށް ނޫނިއްޔާ މީހަކަށް ކަމެއް ވެދާނެތީ އެ ކަމަކަށް އަޅުގަނޑުމެން ނުވިސްނާނަން. އަޅުގަނޑުމެންގެ ލީޑަޝިޕްގެ މިހުރި ވިސްނުން އެންމެ ތިރީގެ ޓްރޫޕްގެ ވެސް މިއަދު ވެސް ހުރީ: މޭޖަ ޖެނެރަލް ޝަމާލް

މޭޖަ ޝަމާލް ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅޭ ތަފާތު ކަންކަމުގައި ސިފައިން އެހީތެރިވެ، މަސައްކަތް ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

"އެހެން ނަމަވެސް ރިސްކަށް އެކްސްޕޯސް ވާނެ،" އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 ގެ ސާޖަކަށް ދާއިރު، އެހެން މުއައްސަސާތަކާ އެކު އެންމެ އިސްވެ މަސައްކަތް ކުރާނީ ސިފައިން ކަމަށާއި އެ މީހުން ތީބީ ތައްޔާރަށް ކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިވެހިންނާއި ގައުމު ސަލާމަތްކޮށް، އާންމު ހާލަތަކަށް ގެންނަން ސިފައިން ތިބީ ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ކަމަށެވެ.

"އެހެންވީމާ ސިފައިންގެ ތެރޭގައި ހިތްވަރާއި ޖޯޝާއި މޯޓިވޭޝަން ވަރަށް ހައި. ސިފައިން މިކަމުގައި ތިބީ އެހެން މުއައްސަސާތަކާ އެކީގައި ވަރަށް ފޯރީގައި މަސައްކަތް ކުރަން،" ޗީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނަގަންޖެހޭ ރިސްކަކަށް ނޫނިއްޔާ މީހަކަށް ކަމެއް ވެދާނެތީ އެ ކަމަކަށް އަޅުގަނޑުމެން ނުވިސްނާނަން. އަޅުގަނޑުމެންގެ ލީޑަޝިޕްގެ މިހުރި ވިސްނުން އެންމެ ތިރީގެ ޓްރޫޕްގެ ވެސް މިއަދު ވެސް ހުރީ. އެ މީހުންގެ މޯޓިވޭޝަން ވެސް ހުރީ އިރާދަކުރެއްވިއްޔާ މިކަމަށް ކުރިމަތިލައިގެން އެންމެ ފަހު މީހާއާ ހަމައަށް ވެސް، އަޅުގަނޑުމެންގެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވިޔަސް މި ކަމުގައި އަޅުގަނޑުމެން ތިބޭނީ ފަހަތަށް ނުޖެހި، ބާރަށް ކުރިއަށް ދާން."

އޭނާ ވިދާޅުވީ، ސާޖަކަށް ތައްޔާރުވުމަށްޓަކައި އެކްޝަން ޕްލޭން ހެދުމުގައި ސިފައިންގެ ގިނަ ބަޔަކު ހަރަކާތްތެރިވާ ކަމަށެވެ. އެ ޕްލޭން ތަންފީޒު ކުރުމުގައި ވެސް ސިފައިން ހަރަކާތްތެރިވާނެ ކަމަށް ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ކަރަންޓީން ކުރި ސިފައިން މިހާރު ޑިއުޓީ އަށް ނުކުމެފައިވާ ކަމަށެވެ. އެހެންވެ، ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށް ތަކުރާރުކޮށް، މޭޖަ ޖެނެރަލް ޝަމާލް ވިދާޅުވި އެވެ.

"މިސާލަކަށް ކޮވިޑް ޕޭޝަންޓެއް ނިޔާވެއްޖިއްޔާ އެ ދޭންޖެހޭ ހުރިހާ ޚިދުމަތްތައް، ކަށުކަމާކެމީގެ ކަންތައްތަކާއި މި ހުރިހާ ކަމެއް ކުރުމަށް ވެސް އަޅުގަނޑުމެން ކުރީބައިގައި ޓްރެއިންވި. ވަކިން ޚާއްސަކޮށް އަންހެން ސިފައިން ވެސް މި ކަމަށް ޓްރެއިންވި،" ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 ގެ ސާޖަކަށް ދާއިރު، އެހެން މުއައްސަސާތަކާ އެކު އެންމެ އިސްވެ މަސައްކަތް ކުރާނީ ސިފައިން ކަމަށާއި އެ މީހުން ތީބީ ތައްޔާރަށް ކަމަށެވެ.

އޭނާ ވަނީ ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި އެންމެ ކުރީ ސަފުގައި އުޅޭ ސިފައިންނަށް ސިފައިންގެ ވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅުގައި ޚާއްސަ ޝުކުރެއް ދަންނަވައިފަ އެވެ. އޭނާ ވިދާޅުވީ، ސިފައިންގެ އެއްވެސް މީހަކު ގެ އަށް ނުދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. ޚާއްސަކޮށް ކަރަންޓީން ފެސިލިޓީތަކުގައި ތިބި ސިފައިން އާއިލާތަކާ ހަމައަށް ނުދާތާ ދެ މަހެއްހާ ދުވަސް ވެދާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އާއިލާތަކުން މި ކަހަލަ ދަނޑިވަޅެއްގައި ވެވަޑައިގަންނަވާ ގުރުބާނީ ވެސް އަޅުގަނޑު ފާހަގަކޮށްލަން. އާއިލާތަކަށް ވެސް މި ދަނޑިވަޅުގައި އަޅުގަނޑު ޝުކުރު އަދާކުރަން ބޭނުން،" ޝަމާލް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ފަށާފައިވާ ބޮޑު އޮޕަރޭޝަންގެ ގާތްގަނޑަކަށް ހުރިހާ ކަމެއްގައި ސިފައިން ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި ކަރަންޓީން ފެސިލިޓީތައް ބެލެހެއްޓުމާއި ދަތުރުފަތުރާއި އެންއީއޯސީގެ އެތެރޭގެ ކަންކަން ހިމެނެ އެވެ.