Roadha Mihaaru

އިސް ސަފުގައި މަސައްކަތް ކުރާ 199 މީހަކު ޕޮޒިޓިވް

ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތް ކުރާ 199 މީހުން ބައްޔަށް ޕޮޒިޓިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ 199 މީހުން ޕޮޒިޓިވް
ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު

17 މެއި 2020

ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތް ކުރާ 199 މީހުން ބައްޔަށް ޕޮޒިޓިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންނާއި ސެކިއުރިޓީ މުވައްޒަފުންނާއި އެކިއެކި ޒަރޫރީ ބޭނުންތަކުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ހިމެނޭ ކަމަށެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި 40 އަށް ވުރެން ގިނަ ސިފައިން ހިމެނޭ ކަމަށް އެމްއެންޑީއެފުން ކުރިން ވެސް ބުނެފައި ވެ އެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި މި ބައްޔަށް ޕޮޒިޓިވް މީހަކު މާލެ އިން ފެނިފައިވާ އިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،078 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 59 މީހުން ވަނީ މިހާތަނަށް ރަނގަޅުވެފަ އެވެ.

މި ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މިހާތަނަށް 1390 މީހުން ކަރަންޓީންކޮށްފައިރު، 972 މީހުން ވަނީ އައިސޮލޭޓްކޮށްފަ އެވެ.