29 އެޕްރީލް 2020
ކޮވިޑް-19 އަށް ރާއްޖެ އިން އެންމެ ފުރަތަމަ ޕޮޒިޓިވް މީހަކު ފެނުނު ކުރެއްދޫ ރިސޯޓުގެ މުވައްޒަފުން އަދިވެސް ރަށުން ފޭބުމުގެ ހުއްދަ ނުދީ ލަސްވާ ސަބަބު އޮޅުންފިލުވައިދޭން އެ ރިސޯޓުގެ ގާނޫނީ ޓީމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގައި އެދިއްޖެ އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން އެންމެ ފުރަތަމަ ޕޮޒިޓިވް މީހަކު ފެނުނު ކުރެއްދޫ ރިސޯޓުގެ މުވައްޒަފުން އަދިވެސް ރަށުން ފޭބުމުގެ ހުއްދަ ނުދީ ލަސްވާ ސަބަބު އޮޅުންފިލުވައިދޭން އެ ރިސޯޓުގެ ގާނޫނީ ޓީމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގައި އެދިއްޖެ އެވެ.
މި މައްސަލައިގައި ކުރެއްދޫ ރިސޯޓުގެ ގާނޫނީ ވަކީލުންނަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހުސިނާއި އޭސީސީގެ ކުރީގެ ރައީސް، ނައިބު ރައީސް މުއައްވިޒް ރަޝީދު އަދި ވަކީލު ހަސަން ފަލާހެވެ.
ކުރެއްދޫގެ ގާނޫނީ ޓީމުން، ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު މައިމޫނާ އަށް ފޮނުވި ސިޓީގައި ވަނީ، ކުރެއްދޫގައި ތާށިވި މުވައްޒަފުންނާއި މެނޭޖްމަންޓަށް ވެސް އެޗްޕީއޭއިން ރަނގަޅަށް މައުލޫމާތު ހިއްސާނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރިސޯޓުތަކުން މީހުން ފޭބުމުގެ ގަވާއިދު އާންމުކޮށްފައިވާއިރު، ބައްޔަށް ޕޮޒިޓިވް މީހަކު ފެންނަތާ 28 ދުވަސް ފަހުން ރިސޯޓުން މީހުން ފޭބުމުގެ ހުއްދަ ދޭން ޖެހެ އެވެ.
އެކަމަކު ކުރެއްދުއާ މެދު އަމަލުކުރަމުންދާ ގޮތް ތަފާތު ކަމަށް ވަކީލުންގެ ސިޓީގައިވެ އެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި ކުރެއްދުއާ މެދު ވަކި ޚާއްސަ ގޮތަކަށް އެޗްޕީއޭ އިން އަމަލުކުރަމުން އަންނަކަން އެނގުނީ ވެސް ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އޭގެ ކުރިން އެކަން ރިސޯޓާ ހިއްސާކޮށްފައި ނުވާ ކަމުގެ ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.
ކުރެއްދުއަކީ ރާއްޖޭގައި ކޮވިޑް-19 ގެ އެންމެ ފުރަތަމަ އިމްޕޯޓެޑް ކޭސް ފެނުނު ރިސޯޓު ކަމަށްވުމާ އެކު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގު)ގެ ނިންމުމަކަށް ވީ ހުރިހާ މުވައްޒަފުން ބައްޔަށް ޓެސްޓް ކުރުމެވެ. އެ ޓެސްޓް ހަދަން މި މަހުގެ 14 ގައި އެޗްޕީއޭގެ ޓީމެއް އެ ރަށަށް ގޮސް ބައެއް މީހުންގެ ސާމްޕަލް ނެގި އެވެ. އެންމެންގެ ސާމްޕަލް ނުނެގުނީ، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވާ ގޮތުގައި، މާލެ އިން އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ހުށަހެޅުމުން ކުރެއްދޫގައި ތިބި ރެޕިޑް ރެސްޕޯންސް ޓީމު މާލެ ގެންނަން ޖެހުމުންނެވެ. ރިސޯޓުގައި 650 މުވައްޒަފުން ތިއްބައި ބައެއް މުވައްޒަފުންގެ ސާމްޕަލް ނަގައި، އަނެއް ބައެއްގެ ސާމްޕަލް ނުނަގައި ލަސްވާ ސަބަބާ ހެދި ވެސް ގާނޫނީ ޓީމުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އެ ރިސޯޓުން ނެގި ސާމްޕަލްތައް ޓެސްޓްކޮށްފައިވާ އިރު ނަތީޖާ ނެގެޓިވް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ކުރެއްދޫގައި ބާކީ ތިބި މުވައްޒަފުންގެ ސާމްޕަލް ނެގޭނެ ދުވަހެއް އެޗްޕީއޭ އިން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ގާނޫނީ ޓީމުގެ ސިޓީގައި ބުނެފައި ވަނީ އެޗްޕީއޭގެ އަމަލުތަކާ ހެދި ރިސޯޓުގައި ތިބި މުވައްޒަފުންގެ ހުރިހާ ކަމަކަށް މެނޭޖްމަންޓުން ކޮންމެ ދުވަހަކު ވެސް ފައިސާ ހޭދަކުރަން ޖެހުމާ އެކު މެނޭޖްމަންޓަށް މައުލޫމާތު ނުދޭތީ މުވައްޒަފުން އެދޭ ކަންކަން އޮޅުންފިލުވައިދޭން ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓަކު ވައިރަހަށް ޕޮޒިޓިވްވި ކަން އެނގުނީ އޭނާ ރާއްޖެ އިން އިޓަލީއަށް ދިޔަ ފަހުންނެވެ. އެ ޓޫރިސްޓު ފުރައިގެން ދިޔަ ފަހުން، އެ ރިސޯޓުން ފުރަތަމަ ޕޮޒިޓިވްވީ އޭނާ އަށް ފަރުވާދިން 49 އަހަރުގެ ބިދޭސީ ޑޮކްޓަރެވެ. އެ ރިސޯޓުގައި ބަލި ފެތުރިފައި އޮވެދާނެ ކަމަށް ބަލައި ހެދި ކޮންޓްރެކްޓް ޓްރޭސިންގައި އެކަހަރިކުރި މީހުންގެ ތެރެއިން، ހަަތަރު މީހަކު ވެސް ބައްޔަށް ޕޮޒިޓިވްވި އެވެ. މި އެންމެން ވެސް މިހާރު ވަނީ ރަނގަޅުވެފަ އެވެ.
ކުރެއްދު އަށް އަރައިފޭބުމުގެ ހުއްދަ ދީފި
ޓެގުން ނިންމީ ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓުނުކުރަން
ވަކީލު ޒަނީން ނިޔާވެއްޖެ
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ޕޮޒިޓީވްވީ މީހުން މަދު: ޓެސްޓުކުރި ވަރު ވެސް މަދު
ހަރުކަށި ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދަންމާލައިފި
ދެދުވަސް ކުރީގެ ކޭސްތަކާ އެކު ކޮވިޑްގެ 1،091 ކޭސް
ރާއްޖެ އަންނަން 96 ގަޑިއިރު ނުވާ ޓެސްޓެއް ބޭނުންވޭ
ރަށުގެ60%އަށް ވެކްސިން ދީފިނަމަ ޓެސްޓް ބޭނުމެއް ނޫން
ކާފިއު އުވާލައި ލުއިތަކެއް ދީފި