02 ޖޫން 2016
ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި މަހުގެ ދައުރު ބޮޑެވެ. ގަރުދިޔަ އާއި ބަތެވެ. ކުޅިމަހާއި ރޮށްޓެވެ. ރިހާކުރާއި ރޮށި ނޫނީ ބަތެވެ. އެކި ވައްތަރުތަކުގެ މަސްހުނިން ފެށިގެން މަސްބަތެވެ. ދިވެހިންގެ ލޭނާރުގެ ގޮތުގައި ބަލާ މަސްވެރިކަމުން ލިބޭ ނަފާއާ އެއްވަރަށް ސުފުރާމަތި ފަޅުފިލުވާލަ ދިނުމުގައި މަހަށް ވުރެ މުހިންމު އެއްޗެއް ނެތެވެ.
ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި މަހުގެ ދައުރު ބޮޑެވެ. ގަރުދިޔަ އާއި ބަތެވެ. ކުޅިމަހާއި ރޮށްޓެވެ. ރިހާކުރާއި ރޮށި ނޫނީ ބަތެވެ. އެކި ވައްތަރުތަކުގެ މަސްހުނިން ފެށިގެން މަސްބަތެވެ. ދިވެހިންގެ ލޭނާރުގެ ގޮތުގައި ބަލާ މަސްވެރިކަމުން ލިބޭ ނަފާއާ އެއްވަރަށް ސުފުރާމަތި ފަޅުފިލުވާލަ ދިނުމުގައި މަހަށް ވުރެ މުހިންމު އެއްޗެއް ނެތެވެ.
ރޯދަ މަހު ކެއުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލާ އެކު އެންމެ ބޮޑަށް ބޭނުންޖެހޭ އެކައްޗަކީ ވެސް މަހުގެ ބާވަތްތަކެވެ. މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތައް މި ދުވަސްވަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް އިންތިހާ އަށް ބިޒީވެ އެވެ. އާއްމުންނަށް ބޭނުން ވާނެ މަހުގެ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ގޮތް ހެދުމުގަ އެވެ. އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށެވެ.
މި އަހަރުގެ ރޯދަ މަހަށް ދުވަސް ގުނަމުން ދާއިރު، ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން މަސްދަޅު ކޭހާއި ރޯދަ އަށް ހާއްސަކޮށްގެން އެ ކުންފުނިން ކިރައިގެން ވިއްކަން ނެރޭ ބާވަތްތައް ކަސްޓަމަރުންނަށް ހުސް ނުކޮށް ލިބޭވަރު ކޮށްދިނުމަށް ވަނީ ތައްޔާރުވެފަ އެވެ.
"ދަޅުގައި މަސް ބަންދުކޮށް، ފޮނުވަންޖެހޭ ހުރިހާ ތަނަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް މިހާރު މި ކުރަނީ. އަދި ފިހާރައިގައި ކިރައިގެން ވިއްކާ ބާވަތްތައް މި އަހަރު ވެސް ލިބެން ހުންނާނެ. އެގޮތުން ހަނާ ކުރި މަސް، ސްޓާ ފްރައި، ކުޅި މަސް، ޓޫނާ ޕިއްޒާ އަދި ބާބަކިއު ފަރު މަސް ފަދަ ބާވަތްތައް ހުންނާނެ،" މިފްކޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އައިޝަތު ރިއާޒާ ވިދާޅުވި އެވެ.
މާލެ:30 މޭ 2016، ދޯންޏެއްގެ ވަތުތެރޭ މަސްފިނި ކޮށްފައި. މިފްކޯ އިން ރޯދަ މަހު ގަނޑުކުރި މަހާއި ތާޒާ މަސް ވެސް ލިބޭނެ .-- ފޮޓޯ:ނިޝާން އަލީ /މިހާރު
ކޫއްޑޫ އާއި ފެލިވަރުގައި މަސް ބަންދުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް އެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ އެ ކުންފުނިން ފަށާފަ އެވެ. ރިއާޒާ ވިދާޅުވި ގޮތުގައި މުޅި ރޯދަ މަހު، އެ ކުންފުނީގެ އުފެއްދުންތައް އެއް އަގެއްގައި ހުރިހާ ކަސްޓަމަރުންނަށް ވެސް ލިބެން ހުންނާނެ އެވެ. އަދި ރަށްރަށުގައި "ގޭދޮށު ފިހާރަ"ތަކުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފިހާރަތަކަށް ހާއްސަ ޑިސްކައުންޓް އަގުތަކެއްގައި މަސްދަޅު ކޭސް ވިއްކާ އިރު، ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދެނީ އިޖުތިމާއީ ޒިންމާއެއް ކަމަށް ބަލައިގެން. އެހެންވެ، އަގަށް އެއްވެސް ބަދަލެއް ނައިސް، މުޅި ރޯދަ މަހު ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް އަޅުގަނޑުމެންގެ އުފެއްދުންތައް ލިބޭނެ" ރިއާޒާ ވިދާޅުވި އެވެ.
މިފްކޯގެ ތެޔޮ މަސް ދަޅު ކޭހެއްގައި 48 ދަޅު ހިމެނޭއިރު، ކޭހެއް ވިއްކަނީ 779ރ. އަށެވެ. އަދި ހަމަ އެ ވަރަށް ދަޅު ހިމެނޭ ފެން މަސް ދަޅު ކޭހެއް ލިބެން ހުންނާނީ 739ރ. އަށެވެ.
މާދަމާ އިން ފެށިގެން މިފްކޯ މަސްދަޅުގެ އަގު ބޮޑުވަނީ
މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދިނީ މިދިޔައަހަރު
މިފްކޯ އުވާލާ، ސަރުކާރުން މަސް ގަންނާނެ ކަމެއް ނެތް!
ސަރުކާރުން މަސް ގަތުން ހުއްޓާލަންޖެހޭ: ނަޝީދު
ބާނާ ހުރިހާމަހަކަށް ރަނގަޅު އަގުހޯދަން އިންވެސްޓްކުރަނީ
ކަނޑުއޮތްގިރީގައި އަލުން މަސް ބަންދު ކުރަން ފަށަނީ
ފެލިވަރުގެ 200 ވަޒީފާއަށް ހުޅުވާލައިފި
މިފްކޯ؛ ދެން އޮތީ އެސްޓީއޯ ނޫން ބާ؟
ފިނިކުރި މަސް ގަންނަ އަގު މިފްކޯއިން ބޮޑުކޮށްފި
މިފްކޯގެ ސީއީއޯއަކަށް ބޭރުގެ ބޭފުޅަކު އައްޔަންކޮށްފި