02 އެޕްރީލް 2020
އާމިރު ޚާނާ އެކު ފިލްމެއްގައި މަސައްކަތްކުރަން ޕްލޭންތަކެއް ކުރަމުން އަންނަ ކަމަށާއި އެއީ އެކީގައި މަސައްކަތްކޮށްލަން ވަރަށް ބޭނުންވާ އެކްޓަރެއް ކަމަށް ކަންގަނާ ރަނާވަތު ބުނެފި އެވެ.
އާމިރު ޚާނާ އެކު ފިލްމެއްގައި މަސައްކަތްކުރަން ޕްލޭންތަކެއް ކުރަމުން އަންނަ ކަމަށާއި އެއީ އެކީގައި މަސައްކަތްކޮށްލަން ވަރަށް ބޭނުންވާ އެކްޓަރެއް ކަމަށް ކަންގަނާ ރަނާވަތު ބުނެފި އެވެ.
ޕިންކްވިލާ އަށް ވީޑިއޯ ކޯލް މެދުވެރިކޮށް ދިން އިންޓަވިއުއްގައި ކަންގަނާ ބުނީ އޭނާ އާމިރާ އެކު ކުޅެން ބޭނުން ވަނީ ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދިލިޕް ކުމާރާއި މަދޫބާލާގެ ލޯބީގެ ގުޅުމުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ދިލިޕްގެ ރޯލަށް އާމިރު ވަރަށް ފިޓްވާނެ. އަދި އަހަންނަށް މަދޫބާލާގެ ރޯލް ކުޅެވިދާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް." ކަންގަނާ ބުންޏެވެ.
މިހާރު އުމުރުން 97 އަހަރުގެ ދިލިޕަކީ ކުރީގެ މަޝްހޫރު ބަތަލާ ސާއިރާ ބާނޫގެ ފިރިމީހާ އެވެ. އަދި އެ ދެ މީހުން ކައިވެނިކުރުމުގެ ކުރިން ދިލިޕާއި މަދޫބާލާގެ ލޯބީގެ ވާހަކަ އަކީ އިންޑިއާގައި ވަރަށް މަޝްހޫރުވި ވާހަކައެކެވެ. ދިލިޕާ އެކު ހިންދީ ސިނަމާގެ އެންމެ މޮޅު އެއް ފިލްމުގެ ގޮތުގައި ފާހަގަކުރެވޭ 1960 ގެ "މުގްލޭ އާޒަމް" ކުޅުނު މަދޫބާލާ ވަނީ ވަރަށް ޒުވާން އުމުރުގައި 1969 ގައި މަރުވެފަ އެވެ.
ކަންގަނާ ބުނިގޮތުގައި އާމިރާ އެކު މަސައްކަތްކުރަން ބޭނުން ވަނީ އޭނާ އަކީ ވަރަށް ހުނަރުވެރި އެކްޓަރަކަށްވެފައި، އަބަދު ވެސް ކޮންޓެންޓްގެ ގޮތުން ވަރުގަދަ ފިލްމުތައް ކުޅޭ ތަރިއަކަށްވާތީ އެވެ.
ތިން ފަހަރަށް ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ބަތަލާ ބުނިގޮތުގައި މަޝްހޫރު އެކްޓަރަކާ އެކު ފިލްމެއް ކުޅެން ލިބުނަސް، މާ ބޮޑު އޮއްޓަރެއް ނެތް، އަދި ކުޅެން ލިބޭ ކެރެކްޓާގައި މާ ބޮޑު ބުރަދަނެއް ނެތް ފިލްމުތަކަށް އޭނާ ދުވަހަކު ވެސް އެއްބަހެއް ނުވާނެ އެވެ. އެގޮތުން ޝާހްރުކް ޚާނާ އެކު ކުޅެން ލިބުނު ފިލްމަކާއި 2015 ގައި ރިލީޒްކުރި ސަލްމާން ޚާންގެ "ސުލްތާން" އިން ލިބުނު ފުރުސަތު ވެސް ދޫކޮށްލި ކަމަށް ބުންޏެވެ.
ކަންގަނާ ބުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ފަހުން ބަތަލާއަކަށް އަނުޝްކާ ޝަރުމާ ލައިގެން ގެނެސްދިން "ސުލްތާން" ދޫކޮށްލުމުން ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ދެން ދުވަހަކު ވެސް އެ ސްޓޫޑިއޯގެ ފިލްމަކުން ފުރުސަތެއް ނުދޭނެ ކަމަށް ބުނެފައިވެ އެވެ.
މިހާރު ޑައިރެކްޝަނަށް ވެސް ނުކުމެފައިވާ ކަންގަނާ ބުނީ އޭނާ ރަންވީރު ސިންގް އާއި ރަންބީރް ކަޕޫރާ އެކު ވެސް މަސައްކަތްކުރަން ބޭނުން ކަމަށެވެ. އެކަމަކު އެ ދެ މީހުންނާ އެކު ކުޅެން ލިބުނު ފިލްމުތަކެއް ވެސް ދޫކޮށްލި ކަމަށް ބުންޏެވެ.
ރަންވީރާ އެކު ކުޅެން ލިބުނު ފިލްމަކީ ސަންޖޭ ލީލާ ބަންސާލީ 2018 ގައި ގެނެސްދިން "ޕަދުމާވަތު" އެވެ. އެ ފިލްމު ކަންގަނާ ދޫކޮށްލީ "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" ކުޅެންވެގެންނެވެ.
ކަންގަނާ ބުނީ އޭނާ މިހާރު ރަންވީރާ އެކު ފިލްމެއް ކުޅޭ ނަމަ ބޭނުން ވަނީ 2018 ގައި ބްރެޑްލީ ކޫޕާ އާއި ލޭޑީ ގާގާ ކުޅުނު "އަ ސްޓާ އިޒް ބޯން" ކަހަލަ ފިލްމެއް ކުޅެން ކަމަށެވެ.
ރަންބީރާ އެކު ކުޅެން ކަންގަނާ އަށް ފުރުސަތު ލިބުނު ފިލްމަކީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ 2018 ގައި ގެނެސްދިން "ސަންޖޫ" އެވެ. އެ ފިލްމު ގަބޫލުނުކުރި ސަބަބާ ބެހޭ ގޮތުން ކަންގަނާ ބުނީ އޭގައި ބަތަލާއަކާ މާ އޮއްޓަރު ހުރި ރޯލެއް ނެތް ކަމަށެވެ.
އެކަމަކު މިހާރު ރަންބީރާ އެކު ފިލްމެއްގައި މަސައްކަތްކުރާ ނަމަ ބޭނުން ވަނީ 1973 ގައި އަމީތާބު ބައްޗަނާއި އަންހެނުން ޖާޔާ ބައްޗަން ކުޅުނު "އަބިމާން" ކަހަލަ ފިލްމެއް ކަމަށް ބުންޏެވެ.
އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފު ޕަދުމާ ޝްރީ ވެސް މިހާރު ލިބުނު ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" އެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ ޖޫން 26 ގަ އެވެ.
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
"އެނިމަލް"ގެ ޑައިރެކްޓަރަށް ބޮލީވުޑުން ބަހުގެ ހަމަލާ
ވިކީ އަށް "ޕަދުމާވަތު" ގެއްލުނީ ދީޕިކާއާ ހެދި
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބަންސާލީގެ ކާމިޔާބު ކެރިއަރަށް 25 އަހަރު
އާމިރުގެ "ޕީކޭ" ގެ ސީކްއެލް ރަންބީރާ އެކު ހަދާނެ
"ބައިޖޫ ބަވްރާ" ގައި ރަންބީރް، އާލިއާ އަދި ދީޕިކާ؟
ޑްރަގްގެ ތުހުމަތުގައި ބައެއް ތަރިންނާ ސުވާލުކުރަނީ
"ބައިޖޫ ބަވްރާ" ގައި ރަންބީރާއި ދީޕިކާ؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް