Roadha Mihaaru
ނޭޕާލުގައި ދިވެހި 17 ދަރިވަރަކު ތާށިވެފައި

ނޭޕާލުގައި ދިވެހި 17 ދަރިވަރަކު ތާށިވެފައި ތިބޭތާ ހަތަރު ދުވަސް

24 މާޗް 2020

ކޮވިޑް-19 ރާއްޖޭގައި އިތުރަށް ފެތުރިދާނެތީ އެހީތެރިވުމަށް ގެންނަން ނިންމި ނޭޕާލުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ތެރެއިން 17 ކުއްޖަކު ރާއްޖެ ނާދެވި އެއާޕޯޓްގައި ތާށިވެފައި ތިބޭތާ ހަތަރު ދުވަސް ވެފައިވާ ކަމަށް އެ ދަރިވަރުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 ރާއްޖޭގައި އިތުރަށް ފެތުރިދާނެތީ އެހީތެރިވުމަށް ގެންނަން ނިންމި ނޭޕާލުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ތެރެއިން 17 ކުއްޖަކު ރާއްޖެ ނާދެވި އެއާޕޯޓްގައި ތާށިވެފައި ތިބޭތާ ހަތަރު ދުވަސް ވެފައިވާ ކަމަށް އެ ދަރިވަރުން މިއަދު ބުނެފި އެވެ.

ނޭޕާލުގައި މިހާރު ކިޔަވަން ތިބި ޑޮކްޓަރުންގެ ތެރެއިން، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒްވުމަށް ކިޔަވާ 40 އަށް ވުރެ ގިނަ ޑޮކްޓަރުން އެބަތިއްބެވެ. އަދި މެޑިސިން ކިޔަވައި ނިންމައި އިންޓާންޝިޕް ހަދާ ދަރިވަރުން ވެސް ހިމެނެ އެވެ. ސަރުކާރުން ވަނީ މި ހާލަތުގައި އެހީތެރިވުމަށް އެ ކުދިން ރާއްޖެ އައުމަށް އެދިފަ އެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން ވަނީ ރާއްޖެ އައިސްފަ އެވެ.

Nepal gai Doctor kan kiyavaa Dhivehin Raajje genesfi

Nepal gai Doctor kan kiyavaa Dhivehin Raajje genesfi

The most trusted news source in the Maldives

Mihaaru

ނޭޕާލުން ބައެއް ދަރިވަރުން ރާއްޖެ ގެނައުން--

ކަތުމަންޑޫގައި މި ވަގުތު ތާށިވެފައި ހުރި ދިވެހި ކިޔަވާ ކުއްޖަކު ބުނީ މިދިޔަ ހުކުރު ދުވަހު އެ މީހުން ރާއްޖެ އައުމަށް ފުރަން ދިޔައީ ސަރުކާރުން އެދުމުން ކަމަށެވެ. ނަމަވެސް ފްލައިޓް ކެންސަލްވެ ނުފުރިތިއްބާ އެއާޕޯޓް ބަންދުކޮށް ގައުމު ލޮކްޑައުން ކުރީ ކަމަށް އޭނާ ބުންޏެވެ.

މިއަދުން ފެށިގެން ނޭޕާލް ވަނީ ހަފްތާއެއްގެ މުއްދަތަށް ލޮކްޑައުން ކޮށްފަ އެވެ. އެހެންވެ އެ ގައުމުން ބޭރަށް ދެވޭނެ ގޮތެއް ނެތެވެ.

"މިތާނގައި ނެތް ހެދޭނެ ގޮތެއް. އެނބުރި ސިޓީއަށް ދެވޭކަށް ވެސް ނެތް. ހުރިހާ ތަނެއް ހުރީ ބަންދުކޮށްފައި. ފިހާރަތައް ވެސް ހޮޓާތައް ވެސް ބަންދުކޮށްފައި،" ޑޮކްޓަރުކަން ކިޔަވާ އެ ދަރިވަރު ބުންޏެވެ.

އެ 17 ދަރިވަރުން ވޭތުވެދިޔަ ހަތަރު ދުވަހު ޒަރޫރީ ބޭނުންތައް ވެސް ފުއްދަމުން އައީ ވަރަށް ދަތިކޮށް ކަމަށް އޭނާ ބުންޏެވެ.

"ވާންވީ ގޮތެއް އެއްވެސް ގޮތަކަށް ނޭންގޭ. މިތާ ސްޓަކް ވެފައި މިތިބީ،"

އެ ދަރިވަރުންނާ ގުޅޭގޮތުން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އެފަދަ ދަތިތައް ކުރިމަތިވަނީ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދު ކުރުމުގެ ސަބަބުން އެއާލައިންތަކުން ދަތުރުތައް ހުއްޓާލާފައިވާތީ ކަމަށެވެ. ނޭޕާލް ކުދިންނާ ގުޅޭގޮތުން ސީދާ ޖަވާބެއް ނުދެއްވަ އެވެ.