13 އޯގަސްޓް 2017
ނޭޕާލަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާއިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު މި ވަގުތު ރަނގަޅު ކަމަށް ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ނޮން ރެސިޑެންޓަލް ސަފީރު، އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޕާލަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާއިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު މި ވަގުތު ރަނގަޅު ކަމަށް ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ނޮން ރެސިޑެންޓަލް ސަފީރު، އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވި ބިރާތުނަގަރުގައި 33 ދަރިވަރުން އުޅޭއިރު، އިއްޔެއިންސުރެ އެ ސަރަހައްދުގައި ކަރަންޓު ނެތް ކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ފޯން ނެޓްވޯކަށް މައްސަލަ ދިމާވެ، މުވާސަލާތީ ގުޅުންތަކަށް ބުރުއަރާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު ސަލީމް ވިދާޅުވީ ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅުކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
ނޭޕާލްގައި 200 އެއްހާ ދިވެހިން އުޅޭއިރު، އޭގެ ތެރެއިން 80 ދަރިވަރުން އުޅެނީ ވެރިރަށް ކަތަމަންޑޫގަ އެވެ.
ދިވެހި ދަރިވަރުން ތިބޭ ނޯބަލް މެޑިކަލް ކޮލެޖް ހޮސްޓެލްގައި ރޭ ފެންބޮޑުވި އިރު އެ މީހުން ހިފާ ގެންގުޅޭ ސާމާނު ވަނީ ހަލާކުވެފަ އެވެ. އެ ދަރިވަރުން ފަހުން ވަނީ މަތީ ފަންގިފިލާތަކަށް ބަދަލުކޮށްފަ އެވެ.
ސަލީމް ވިދާޅުވީ ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، ކަރަންޓު ނެތުމުގެ ދަތިކަން ނޫން އެހެން ދައްޗެއް މި ވަގުތު ދިމާނުވާ ކަމަށެވެ.
ނޭޕާލަށް ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން މަދުވެގެން 25 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރެ އެވެ.
ނޭޕާލްގައި ފެންބޮޑުވެ ބައެއް ދިވެހިން ހާލުގައި ޖެހިއްޖެ
ނޭޕާލުގައި ދިވެހި 17 ދަރިވަރަކު ތާށިވެފައި
ނޭޕާލްގައި ފެންބޮޑުވެ، 170 މަރު
ނޭޕާލްގައި ފެންބޮޑުވެ 59 މީހުން މަރުވެއްޖެ
ރިޓްޒް ސެލޫން ހިންގާ ރަޖަނީ ޑީޕޯޓްކޮށްފި
ނޭޕާލުގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ރަހީނު ކުރި މައްސަލަ؛ ދޫކޮށްލި މީހާ އަލުން ހައްޔަރަށް
އިންޑިއާ، ނޭޕާލުން ވެސް ލޭބަރުން ގެނެވޭ ގޮތް ހަދައިފި
ނޭޕާލްގައި ތާށިވި ދިވެހި ޑޮކްޓަރުންނަށް އުއްމީދެއް
ނޭޕާލުގައި ތިބި ދިވެހިން ގެނެވޭނީ ބޯޑަރު ހުޅުވުމުން