Roadha Mihaaru
އީސީ އަށް އަކްރަމް އައްޔަން ކުރައްވައިފި

އިލެކްޝަންސް ކޮމިޝަނަށް އަނެއްކާ ވެސް އަކްރަމް އައްޔަން ކުރައްވައިފި

23 މާޗް 2020

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ މިހާރު ނައިބު ރައީސް އަހުމަދު އަކްރަމް މިއަދު އައްޔަން ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ މިހާރު ނައިބު ރައީސް އަހުމަދު އަކްރަމް މިއަދު އައްޔަން ކުރައްވައިފި އެވެ.

އަކްރަމްގެ މެމްބަރު ކަމުގެ ދައުރު ހަމަވާތީ އެ މަގާމަށް އަނެއްކާ ވެސް އޭނާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގަ އެވެ. އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވިއިރު، ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް އަކްރަމްގެ ނަމެވެ.

އަކްރަމް އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ އަށް މަގާމުގެ ހުވައިލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ދެން ތިއްބެވީ އަކްރަމްގެ އިތުރުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި މެމްބަރު އިސްމާއިލް ހަބީބާއި އަލީ ނަޝާތާއި ފުއާދު ތައުފީގެވެ.