02 މާޗް 2020
ލަންޑަން (މާޗް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުވި މެޗަށް ފަހު އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ރަތް ކާޑެއް ދެއްކިއިރު، ފަހަތުން އަރައި ވުލްވްސް އިން 3-2 އިން ޓޮޓެންހަމް ބަލިކުރުމުން ޝަކުވާއެއްކުރަން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލަންޑަން (މާޗް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުވި މެޗަށް ފަހު އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ރަތް ކާޑެއް ދެއްކިއިރު، ފަހަތުން އަރައި ވުލްވްސް އިން 3-2 އިން ޓޮޓެންހަމް ބަލިކުރުމުން ޝަކުވާއެއްކުރަން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ރޭގެ މެޗުތަކުން ޔުނައިޓެޑާއި ޓޮޓެންހަމަށް މޮޅުނެވުމުން ގަދަ ހަތަރެއްގެ ރޭހުގައި މި ހަފްތާގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ވުލްވްސް އަށެވެ. ހަތަރު ވަނައިގައި 28 މެޗުން 45 ޕޮއިންޓް ހޯދައިގެން ޗެލްސީ އޮތްއިރު، ފަސް ވަނައިގައި އޮތް ޔުނައިޓެޑާއި ހަ ވަނައިގައި އޮތް ވުލްވްސް އަށް ވަނީ 28 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމް ހަތް ވަނަ އަށް ވެއްޓުނުއިރު، އެ ޓީމަށް 28 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. އެވަޓަން 11 ވަނައިގައި އޮތީ 28 މެޗުން 37 ޕޮއިންޓާ އެކު އެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މެޗު ފަށައިގެން މާ ގިނައިރެއްނުވެ އެ ޓީމަށް ލީޑުނަގައިދިނީ ޒުވާން ފޯވާޑް ޑޮމިނިކް ކަލްވެޓް ލެވިން އެވެ. އޭނާ މި ލަނޑު ޖެހީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ހެދި ބޮޑު ގޯހަކުންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. މެޗުގެ އިތުރު ވަގުތުގައި އެވަޓަންގެ ކަލްވެޓް ލެވިން ޖެހި ބޯޅައެއް ޔުނައިޓެޑްގެ ހެރީ މެގުއާގައި ޖެހިފައި ގޯލަށް ވަނުމުން އެވަޓަން އިން މެޗުން މޮޅުވީ ކަމަށް ބަލައި ވަރަށް އުފާފާޅުކުރި އެވެ. އެކަމަކު އެ ގޯލު ބަލައިނުގަންނަން ރެފްރީ ނިންމުމުން އެވަޓަން އިން ވަރަށް ނުރުހުން ފާޅުކުރި އެވެ. ރެފްރީ އެ ލަނޑު ގަބޫލުނުކުރީ އޮފްސައިޑްގައި އިން އެވަޓަންގެ ގިލްފީ ސިގަޑްސަންގެ ސަބަބުން ޔުނައިޓެޑްގެ ކީޕަރު ޑެހެއާ އަށް އެ ބޯޅަ ނުފެންނާނެ ކަމަށް ބަލައިފަ އެވެ.
ރެފްރީގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރަން މެޗަށް ފަހު އަންޗެލޮޓީ ދަނޑަށް އަރައި ވާހަކަ ދައްކަން ފެށުމުން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑެއް ދައްކައިފަ އެވެ. މިއާ އެކު އަންނަ ހަފްތާގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި އަންޗެލޮޓީ އަށް ބެންޗުގައި ނުހުރެވޭނެ އެވެ.
"އެ ގޯލު ބަލައިނުގަންނަން ޖެހޭ ސަބަބެއް ނެތް. އެއީ އޮފްސައިޑްގައި ވިޔަސް ސިގަޑްސަން އިނީ އިށީދެގެން. އޭނަ ކުޅުމަކަށް ހުރަހެއް ނާޅާ. ޑެހެއާ އަށް ބޯޅަ ނުފެންނަ ހިސާބެއްގައެއް ނޫން ހުރީ. އަނެއްކޮޅުން އެއީ ޔުނައިޓެޑްގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައި އައި ބޯޅައެއް. މިއީ ބަލައިގަނެވޭނެ ނިންމުމެއް ނޫން،" ތަޖުރިބާކާރު ކޯޗު އަންޗެލޮޓީ ބުންޏެވެ.
ޓޮޓެންހަމް ކޯޗު ހޯސޭ މޮރީނިއޯ. -- ފޮޓޯ: އޭއެފްޕީ
ޓޮޓެންހަމުން ދެ ފަހަރު ލީޑުނެގި މެޗުގައި ރޭ ވުލްވްސް އިން މޮޅުވީ ފަހަތުން އަރަ އެވެ. ޓޮޓެންހަމްގެ ކޯޗު މޮރީނިއޯ ބުނީ ޖެހިލުމެއްނެތި ރަނގަޅަށް ކުޅުނު ޓީމު މޮޅުވުމުން ކުރަން ޖެހޭ ޝަކުވާއެއް އޮވެގެން ނުވާނެ ކަމަށެވެ.
"އެ މީހުން (ވުލްވްސް) ދެ ފަހަރު ފަަހަތަށް ދިޔައީމަ ވެސް ހަމަ ހިތްވަރު ނެރެގެން މެޗަށް އެނބުރި އައީ. އަހަރެމެން ތިބީ މާ މަޑުމައިތިރިކޮށް. އެއީ ރަނގަޅު ގޮތެއް ނޫން. މެޗުން މޮޅުވުމުގެ ރޫހު ހުރިހާ ގޮތަކުން ފެންނަން ވާނެ. ފައުލެއް ކުރިޔަސް ލަނޑެއް ޖެހިޔަސް ފޯކަސް ހުންނަންވާނީ މޮޅުވާން. ވުލްވްސް ކުޅުނީ އެހެން. އެ ފަދަ ގޮތަކަށް އަހަރެމެންނަށް ނުކުޅެވޭ. އެހެންވީމަ ދެއްކޭނެ ވާހަކައެއް ނެތް،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ އެއްވެސް ހާލެއްގައި ޓޮޓެންހަމްގެ މުހިއްމު ދެ ފޯވާޑުން ކަމަށްވާ ހެރީ ކޭން އާއި ސޮން ހެއުން މިން ނުލައި މެޗުތައް ކުޅެން ޖެހުމުގެ ޝަކުވާ ވެސް ނުކުރާނެ ކަމަށެވެ.
ޓޮޓެންހަމުން ފަހަތުން އަރައި ޔުނައިޓެޑާ އެއްވަރުކޮށްފި
ޗެލްސީ މޮޅެއްނުވި، ކޮންޓޭގެ ފާޑުކިޔުން ޓޮޓެންހަމަށް
ޗެލްސީން ހަނިގޮތަކަށް އެވަޓަން ބަލިކޮށްފި
ޓޮޓެންހަމްގެ ފުރަތަމަ މެޗުގައި ރިޗާލިސަންއަށް ނުކުޅެވޭނެ
ފަހަތުން އަރައި މޮޅުވެ، ޓޮޓެންހަމް ގަދަ ހަތަރެއްގައި
ޕްރިމިއާ ލީގުގައި 270 މެޗުން، ކޭން 176 ލަނޑު
އެވަޓަން ބަލިކޮށް، ސިޓީ އަލުން ދެވަނަ އަށް
މެޗު ނުކުޅެވޭނަމަ ކުރިން އަންގަންޖެހޭނެ: މޮރީނިއޯ
ކްލޮޕް ކުރި ތައުރީފަށް މޮރީނިއޯ އެއްބަހެއްނުވި
ބަދަލު ހިފުމުގެ ރޫހެއް ނެތް: މޮރީނިއޯ