Roadha Mihaaru
ކަނޑުހުޅުދޫގައި އިހުމާލުވި މައިންބަފައިންނަށް ދައުވާ

ކަނޑުހުޅުދޫ ތުއްތު ކުއްޖަކަށް އިހުމާލުވި ކަމުގެ ދައުވާ މައިންބަފައިންނަށް

27 ފެބުރުއަރީ 2020

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް އިހުމާލުވުމުގެ ދައުވާ، އެ ކުއްޖާގެ މައިންބަފައިންނަށް ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް އިހުމާލުވުމުގެ ދައުވާ، އެ ކުއްޖާގެ މައިންބަފައިންނަށް ކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި ޓްވީޓެއްގައި ބުނީ ކަނޑުހުޅުދޫގައި ކުއްޖަކަށް ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުމުގެ ދައުވާ އާއި މަންމައަކަށް ނުވަތަ ބައްޕައަކަށް ވެ ހުރެ ގާނޫނުލްއުގޫބާތުގެ 414 ވަނަ މާއްދާގެ 130 ވަނަ ބާބުގައި އޮތް ކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ދައުވާ ވެސް ކޮށްފައި ވެ އެވެ.

މި މަހު އަމަލުކުރަން ފެށި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން، ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ކުށެކެވެ. އެހެންވެ މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ މައުލޫމާތު ހާމައެއް ނުކުރެވޭނެ އެވެ.

ކަނޑުހުޅުދޫގައި ކުއްޖަކަށް ގޯނާކުރިކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ ދެ ފިރިހެނުންނަށް ވެސް ކޮށްފައި ވެ އެވެ.