Roadha Mihaaru
ފައިސަލް ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް

ފައިސަލް ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް

17 ފެބުރުއަރީ 2020

ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާނަކަށް ހުންނެވި ފައިސަލް އާދަމް މިއަދު އައްޔަންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާނަކަށް ހުންނެވި ފައިސަލް އާދަމް މިއަދު އައްޔަންކުރައްވައިފި އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް މީގެ ކުރިން ދާއިމީކޮށް ބޭފުޅަކު އައްޔަންކޮށްފައެއް ނުވެ އެވެ. އެ މަގާމަށް އެކި ބޭފުޅުން އައްޔަންކުރަމުން އައީ ވަގުތީ ގޮތުންނެވެ.

އެ ކޯޓުގެ ރަޖިސްޓްރާއަށް މިދިޔަ މަހު އައްޔަންކުރީ ސުޕްރީމް ކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި ރައުފާ ހައިދަރު އެވެ. އޭނާ ވަނީ އޭޕްރީލް 8، 2013 އިން ފެށިގެން މެއި 7، 2014 އާ ހަމައަށް ވަގުތީ ގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. ފައިސަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކުގައި ފުލުސް އޮފީހަށް ހާޒިރުކުރުވި ބޭފުޅެކެވެ. އޭނާ ހާޒިރުކޮށް ގިނަ އިރުތަކެއް ވަންދެން ބޭންދި އެވެ.