13 ފެބުރުއަރީ 2020
ވެކްސިންގެ އެންމެ ޑޯޒަކުން ވެސް ރަހިމަށް ޖެހޭ ކެންސަރުން ރައްކާތެރިވެވިދާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ވެކްސިންގެ އެންމެ ޑޯޒަކުން ވެސް ރަހިމަށް ޖެހޭ ކެންސަރުން ރައްކާތެރިވެވިދާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
އެމެރިކަން ކެންސަ ސޮސައިޓީގެ ކެންސަ ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނީ ދެވޭ އެންމެ ހިއުމަންޕެޕިލޯމާވައިރަސް (އެޗްޕީވީ) ވެކްސިންގެ އެންމެ ޑޯޒަކުން ވެސް ރަހިމުގެ ކެންސަރުން ރައްކާތެރިވެވިދާނެކަން ފަހުގެ ހޯދުމަކުން ސާބިތުވެފައިވާ ކަމަށާއި މިއީ ރަހިމުގެ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
This study examined the assoc. b/w varying numbers of HPV vaccine doses and the risk of CIN II/III and ASC-H/HSIL, & found that receipt of either 1, 2, or 3 HPV vaccine doses between the ages of 15 and 19 was associated with a lower risk of CIN II/III. https://t.co/bwPXZ00pcI pic.twitter.com/pEVUIgj54q
— ACS Journal Cancer (@JournalCancer) February 10, 2020
މި ދިރާސާ 133,082 އަންހެނުންނާއި އަންހެން ކުދިން ބައިވެރިކޮށްގެން ހަދާފައިވާއިރު، ފާހަގަކުރެވުނު މައިގަނޑު ކަމަކީ އެއް ޑޯޒްގެ ވެކްސިން ދީގެން އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ރަހިމުގެ ކެންސަރުން ރައްކާތެރިވެފައިވާ ކަމެވެ.
This editorial discusses public health implications of an article in this issue of Cancer by Rodriguez et al, who have found estimated equal effectiveness associated with 1, 2, and 3 doses of an HPV vaccine against precancerous cervical lesions. https://t.co/ZcdUOJtais
— ACS Journal Cancer (@JournalCancer) February 10, 2020
އެގޮތުން އުމުރުން 15-19 އަހަރާ ދެމެދުގެ އަންހެނުންނަށް އެޗްޕީވީގެ އެންމެ ޑޯޒެއް ނުވަތަ އެކަކަށް ވުރެ ގިނަ ޑޯޒް ދިން އަންހެނުންނާ އަޅާބަލާ އިރު، އެއްގޮތަކަށް ވެސް ވެކްސިން ނުނަގާ އަންހެނުންނާ އަޅާބަލާއިރު ރަހިމުގެ ކެންސަރަށް މަގުފަހިވާ ކަންކަމުން ރައްކާތެރިކޮށްދޭ ކަމެވެ.
މި ދިރާސާ ވެފައިވަނީ ރަހިމުގެ ކެންސަރާ ދެކޮޅަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ބަލި ނައްތައިލަން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އެހީއަކަށެވެ.
ދިރާސާ ހެދުމުގައި މަސައްކަތްކުރެއްވި ޓެކްސަސް ޔުނިވަސިޓީގެ ޑރ. އަނާ ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި އެ މީހުންގެ ހޯދުންތަކުން ކަށަވަރުވި އެންމެ މުހިއްމު ކަމަކީ ދުރާލައި، ރައްކާތެރިކަން ހޯދަން މަސައްކަތްކޮށްފި ނަމަ އަންހެނުންނަށް ރަހިމުގެ ކެންސަރުން ރައްކާތެރިވެވިދާނެ ކަމެވެ. އެހެންވެ ޅައުމުރުގައި ވެކްސިންގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.
"އަދި މިއީ ހޭލުންތެރިކަން އުފެއްދުން ވަރަށް މުހިއްމު ކަމެއް ވެސް. ހާއްސަކޮށް އަންހެނުންނާއި އަންހެން ކުދިންނަށް މިކަމުގެ މައުލޫމާތު ފޯރުކޮށް ދިނުން ވަރަށް ބޭނުންތެރި." އޭނާ ވިދާޅުވި އެވެ.
އަނާ ވިދާޅުވި ގޮތުގައި ދެވޭ އެޗްޕީވީގެ އެންމެ ޑޯޒަކުން ވެސް ރައްކާތެރިކަން ހޯދޭކަން ކަށަވަރުވެފައިވާ އިރު، އެކަމަށް ހާއްސަކޮށްގެން މިހާރު ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އަދި އެއީ ގިނަ ޑޯޒްތަކެއް ނަގަން ކުރަން ޖެހޭ ހަރަދާއި އެކަމަށް ހޭދަކުރާ ވަގުތު ވެސް ސަލާމަތްކުރެވޭނެ ކަމެކެވެ.
"އެހެންވީމަ މިއީ ހާއްސަކޮށް ފަގީރު ނުވަތަ މެދުފަންތީގެ ގައުތަކުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް." އޭނާ ވިދާޅުވި އެވެ.
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ފުޓްބޯޅާގައި ބޮލުންޖެހުން މަނާކުރުމުގެ ލަފައެއް
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
މެލޭރިއާ ވެކްސިންގެ ޓެސްޓްތަކުން އުންމީދީ ނަތީޖާތަކެއް
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
އާ ވޭރިއަންޓް ވެކްސިނަށް ގުޑާ ކަމުގެ އިތުރު ހެކި
ދުޅަހެޔޮ ދިރިއުޅުމަކުން އުމުރު ދިގުވޭ
މޫނުގައި ޖަހާ ފުށުން ރަހިމުގެ ކެންސަރު ޖެހޭތަ؟
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި
ކުޑަކަމުދާ ތަކެތިން ޕްރޮސްޓޭޓް ކެންސަރު ދެނެގަންނަނީ