Roadha Mihaaru

ސަލީމް، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް

ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައި މިހާތަނަށް ހުންނެވި އަހުމަދު ސަލީމް، އެމްބެސެޑާ އެޓް ލާޖް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

ސަލީމް، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

05 ފެބުރުއަރީ 2020

ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައި މިހާތަނަށް ހުންނެވި އަހުމަދު ސަލީމް، އެމްބެސެޑާ އެޓް ލާޖް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ސަލީމް އެ މަގާމަށް އައްޔަން ކުރެއްވިކަމުގެ ފަތްކޮޅު އަރުއްވައިފަ އެވެ.

އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހި ސަރުކާރުގެ މަންދޫބެއްގެ ގޮތުން، ބައިނަލްއަގްވާމީ އެކި ކަންކަމުގައި ދިވެހި ސަރުކާރު ތަމްސީލް ކުރެއްވުމެވެ.

ސަލީމް ވަނީ ސާކްގެ ސެކެޓްރީ ޖެނެރަލްގެ މަގާމާއި އެމެރިކާގައި ހުންނަ ރާއްޖޭގެ މިޝަންގަ އާއި ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ވަނީ ޚާރިޖީ ދާއިރާގައި 21 އަހަރު ޚިދުމަތް ކުރައްވައިފަ އެވެ.